ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލްގެ ސަސްޕެންޝަން މައްސަލަ އަށް ލުޔެއް ނުލިބުނު

Oct 16, 2026, 11:24 AM
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ނޭޕާލްގެ ފުޓްބޯޅަ ސަޕޯޓަރެއް.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ނޭޕާލްގެ ފުޓްބޯޅަ ސަޕޯޓަރެއް.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ޒިއުރިކް (އޮކްޓޫބަރު 16) - އިއްޔެ ނިމިގެންދިޔަ ފީފާ ކައުންސިލް ބައްދަލުވުމުގައި، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި އޮތް ނޭޕާލްގެ މައްސަލަ އަށް ލުޔެއް ނުލިބި، ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. 

ފީފާ ކައުންސިލް ބައްދަލުވުމަށް ފަހު، އެ ފެޑެރޭޝަނުން އާންމުކުރި އެއްވެސް މީޑިއާ ބަޔާނެއްގައި ނޭޕާލްގެ ވާހަކަ މިހާތަނަށް ހިމަނާފައިނުވެ އެެވެ. 

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު، ފީފާ އިން ނޭޕާލް ސަސްޕެންޑްކުރީ، އޭގެ ކުރިން ހިނގައިދިޔަ ހަމަ މަހުގެ ތެރޭގައި، އެ ގަައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގައި ހުރި މައްސަލަތައް ނޭޕާލް ސަރުކާރާ ގުޅިގެން ހައްލުކުރަން ދިން އެއްވެސް ފުރުސަތެއްގައި ފީފާގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބާފައިނުވާތީ އެވެ.

ފީފާ އިން އަދިވެސް ނޭޕާލަށް އަންގާފައި އޮތީ، ފީފާ އިން ދީފައިވާ އިރުޝާދާ އެއްގޮތަށް، އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަން (އަަންފާ)ގެ ކަންކަން ހަމަމަގަށް ގެނައުމަށެވެ. އަދި، އަންފާގެ އަސާސީ ގަވާއިދާ އެއްގޮތަށް، ސަރުކާރުގެ ނުފޫޒެއް ފޯރުވުމެއް ނެތި، ހުރި މައްސަލަތަކަށް ހައްލެއް ގެނެސްގެން މެނުވީ، ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލުމުގެ ފުރުސަތެއް ނެތެވެ. 

އަންނަ މަހު، ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުުގެ ފުރުސަތު ނޭޕާލަށް ދޭން ނިންމީ، މިދިޔަ މަހުގެ ނިޔަލަށް ފީފާ ސަސްޕެންޝަނުން ސަލާމަތްވެގެންނެވެ. އެކަމަކު، ނޭޕަލަށް ދިން މުއްދަތުގެ ތެރޭގައި، އެ ގައުމަށް ސަސްޕެންޝަނުގެ މައްސަލައިގައި ހައްލެއް ނުހޯދި، 15 ވަަނަ ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުގެ ބައިވެރިވުމެއް ނޯންނާނެ އެވެ.

މިއީ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ނޭޕާލް ނުލައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުުޅުނު ނޭޕާލް، އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ފީފާގެ ސަސްޕެންޝަނުގައި އޮތް ނޭޕާލުން ޑޮމެސްޓިކް ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ. އެކަމަކު، ފީފާގެ ސަސްޕެންޝަން އޮއްވައި، ނޭޕާލް ފުޓްބޯޅަ އަށް ފަންޑުކުރުމާއި އެކި އެކި ހަރަދުތައް ހަމަޖެއްސުމުގައި މި ވަގުތު ހުރި ގޮންޖެހުން ބޮޑެވެ. 

މިދިޔަ އަހަރުތަކުގައި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއް ވަނީ ފީފާގެ ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، އިންޑިއާ، ހަފްތާއެއްހާ ދުވަހަށް ފީފާގެ ސަސްޕެންޝަންގައި އޮތްއިރު، ސްރީ ލަންކާ އަށް ސަސްޕެންޝަން ހާލަތުން އަރައިގަނެވުނީ، ހަތް މަހަށް ފަހު އެވެ. އަދި، ޕާކިސްތާނަކީ މި ސަަރަހައްދުގައި އެކި ފަހަރު މަތިން ފީފާގެ ސަސްޕެންޝަން އަތުވެފައިވާ ގައުމެކެވެ. އެކަމަކު، އެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު ވެސް މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox