ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

Nov 19, 2026, 5:15 PM
ސާފް ޗެމްޕިއަންޝިޕް 2021ގެ ފައިނަލްގައި ނޭޕާލްއާ އިންޑީއާ ވާދަކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ސާފް ޗެމްޕިއަންޝިޕް 2021ގެ ފައިނަލްގައި ނޭޕާލްއާ އިންޑީއާ ވާދަކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ބެންކޮކް، ތައިލެންޑް (ނޮވެމްބަރު 19) - ފީފާ އިން މަހެއްހާ ދުވަސް ތެރޭގައި ނޭޕާލް ފުޓްބޯލް ފެޑެރޭޝަން (އަންފާ) އަށް ދީފައިވާ ސަސްޕެންޝަން އުވާލާނެ ކަމަށް ބުނެފި އެވެ. 

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު، ފީފާ އިން ނޭޕާލް ސަސްޕެންޑްކުރީ، އޭގެ ކުރިން ހިނގައިދިޔަ ހަމަ މަހުގެ ތެރޭގައި، އެ ގަައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގައި ހުރި މައްސަލަތައް ނޭޕާލް ސަރުކާރާ ގުޅިގެން ހައްލުކުރަން ދިން އެއްވެސް ފުރުސަތެއްގައި ފީފާގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބާފައިނުވާތީ އެވެ. ސަސްޕެންޝަނުގެ ސަބަބުން މި މަހު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް ނުކުޅެވުނެވެ. މިއީ، ނޭޕާލަށް ސާފް ޗެމްޕިއަންޝިޕަކުން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. 

ސަސްޕެންޝަންގެ ހާލަތުން ނޭޕާލް ސަލާމަތްކުރުމުގެ ގޮތުން، ނޭޕާލް ސަރުކާރުގެ ފަރާތުން ސްޕޯޓްސް މިނިސްޓަރު، ސަސްމިތު ޕޮކަރެލް އާއި ސްޕޯޓްސް ކައުންސިލްގެ  ނައިބު ރައީސް ސިއްދީ ބިޔާންޖަންކަރު ހިމެނޭ ގޮތަށް ވަފުދެއް ވަނީ އޭއެފްސީ އެވޯޑް ހަފްލާގެ ހަވާސާގައި ފީފާ އާއި އޭއެފްސީގެ މަންދޫބުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. 

އެ ބައްދަލުވުމާ ގުޅޭގޮތުން، ބިޔާންޖަންކަރު ވިދާޅުވީ، ވަރަށް ފުޅާދާއިރާއެއްގައި ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާތައް ކުރެވުނު ކަމަށާއި މަހެއްހާ ދުވަސް ތެރޭ ސަސްޕެންޝަންގެ ހާލަތުން ސަލާމަތްވެވޭނެ ކަމަށެވެ. 

ނޭޕާލުގެ ސްޕޯޓްސް ކައުންސިލުން ވަނީ އަންފާ އަށް ދީފައިވާ ސަސްޕެންޝަން އުވާލައިފަ އެވެ. އަދި، އަންފާ އަށް ސަރުކާރުން ދެމުން އައި އެއްބާރުލުން ހުއްޓާލަން ނިންމާފައިވާ ނިންމުން ވެސް އަނބުރާ ގެނެސްފަ އެވެ. ނޭޕާލް ސަރުކާރުން އަންފާއާ މެދު ހިތްހަމަނުޖެހުންތައް ބޮޑުވީ، އަންފާގެ ވެރިންނާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮއްވައި، އިންތިހާބެއް ބާއްވަން މަސައްކަތް ކުރާތީ އެވެ. 

އެކަމަކު، ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލާނީ މިހާރު އޮތް ލީޑަޝިޕްގެ ދަށުން އާ އިންތިހާބެއް ބާއްވައިގެންނެވެ. 

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން ފެށުމުގެ ކުރިން ސަސްޕެންޝަން ހާލަތުން ސަލާމަތްވާން ނޭޕާލުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox