ފަލަސްތީނު ދަރިވަރުން ކޮލަމްބިއާ ޔުނިވާސިޓީއާ ދެކޮޅަށް ކޯޓަށް

Aug 13, 2026, 10:49 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮލަމްބިއާ ޔުނިވާސިޓީން ފަލަސްތީނު ދަރިވަރުންނާއި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ، މިހާރުގެ އަދި ކުރީގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ގްރޫޕަކުން އެ ޔުނިވާސިޓީއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

އެ ދައުވާގައި ބުނެފައިވަނީ، ފަލަސްތީނަށް ނިސްބަތްވާ މީހުންނަށް ކުރިމަތިވި ފުރައްސާރަތަކުން އެ މީހުން ރައްކާތެރިކޮށްދިނުމަށް ޔުނިވާސިޓީން ނުކުޅެދިފައިވާ ކަމަށެވެ. އަދި "އިންސާފެއް ނެތް، ވަކި ފަރާތަކަށް ޖެހިފައިވާ އަދަބީ ފިޔަވަޅު އެޅުމުގެ އަޑުއެހުންތަކެއްގެ" ޒަރީއާއިން އެ މީހުންނަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އެ ދައުވާގައި ބަޔާންކޮށްފައިވެ އެވެ.

ކޮލަމްބިއާ ޔުނިވާސިޓީން މީގެ ކުރިން ވަނީ އެއްވެސް ބަޔަކާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. މި މައްސަލައާ ގުޅޭ ގޮތުން އެ ޔުނިވާސިޓީން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ރޮއިޓާސް ނިއުސް އެޖެންސީން ކުރި ސުވާލުތަކަށް ވެސް އެ ތަނުން ޖަވާބެއް ދީފައެއް ނުވެ އެވެ.

އޮކްޓޯބަރު 2023 ގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާއާ ގުޅިގެން، އިޒްރޭލުން ގާޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، ކޮލަމްބިއާ ޔުނިވާސިޓީގެ އިތުރުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދިޔަ އެވެ.

އެ މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދިޔައީ އިޒްރޭލަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމަށާއި، އިޒްރޭލަށް ތާއީދުކުރާ ކުންފުނިތަކުގައި ޔުނިވާސިޓީތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތައް އަނބުރާ ގެންދިއުމަށެވެ.

ފަލަސްތީނަށް ތާއީދުކޮށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ޔުނިވާސިޓީގެ މައި ލައިބްރަރީ ބަންދުކުރުމުގައި ބައިވެރިވި ކަމަށް ބުނެ، 2025 ވަނަ އަހަރުގެ މޭ މަހު ކޮލަމްބިއާ ޔުނިވާސިޓީން ވަނީ 65 އަށް ވުރެ ގިނަ ދަރިވަރުން ސަސްޕެންޑްކޮށްފަ އެވެ.

އެ މުޒާހަރާތައް ކުރިއަށްދިޔައީ، ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކުގައި ޔަހޫދީންނާ ދެކޮޅު އަމަލުތަކަށް ޔުނިވާސިޓީން ފުރުސަތުދޭ ކަމަށް ތުހުމަތުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފެޑަރަލް ފަންޑު ކަނޑާލުމާ ގުޅިގެން، އެ ފައިސާ އަލުން ހޯދުމަށް ސަރުކާރާއެކު ޔުނިވާސިޓީން މަޝްވަރާ ކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ބައެއް ޔަހޫދީ ޖަމާއަތްތަކުން ބުނާ ގޮތުގައި، އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުމާ ދެކޮޅު ހެދުމަކީ ޔަހޫދީންނާ ދެކޮޅުވުމެއް ނޫނެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމަކީ ހަރުކަށި ފިކުރަށް ތާއީދުކުރުން ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox