ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

Nov 27, 2026, 7:48 AM
ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުނި، ރައިންމެޓަލްގެ ލޯގޯއެއް.

ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުނި، ރައިންމެޓަލްގެ ލޯގޯއެއް.

ކުވައިތުގައި ހުރި މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މަރުވި ދެ މީހުންނަކީ ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ރައިންމެޓަލްގައި މަސައްކަތް ކުރަމުންދިޔަ ދެ ޓެކްނީޝަނުންނެވެ.

ކުވައިތުގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތަކެއް ދެނެގަނެ، ވައިގެ ތެރޭގައި ގޮއްވާލުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓުނު ބައިތަކުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީގެ ދެ މީހުންގެ އިތުރުން ކުވައިތު ރައްޔިތަކާއި ޕާކިސްތާނު ރައްޔިތެކެވެ.

މި ހަމަލާ ދީފައި މިވަނީ، އެމެރިކާގެ ސިފައިން ތިބޭ ކުވައިތުގެ އެއާބޭސްއަކަށް އީރާނުން ރޭގަނޑު ދިން ޑްރޯން ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ކުވައިތުން ބުނިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ކުވައިތަށް އަމާޒުކޮށް ދިން މިފަދަ ފުރަތަމަ ހަމަލާތަކެވެ.

ފަހަކަށް އައިސް އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި، މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން، މި ހަނގުރާމަ ބޮޑުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފަ އެވެ.

މި ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސިފައިން ތިބޭ ގަލްފުގެ އަރަބި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ ފުރަން އަންގައިފި

ސްވިޒަލެންޑުން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، ޕިޔޮންގްޔަންގްގައި ހުންނަ ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ 48 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް އުތުރު ކޮރެއާއިން އަންގައިފިއެވެ. މި ފިޔަވަޅަކީ އުތުރު ކޮރެއާގެ ކުޑަކުދިންގެ ކޭމްޕަކާ ދެކޮޅަށް ސްވިޒަލެންޑުން އެޅި ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އެ ގައުމުގެ އިސްތިގުލާލަށް އުނިކަން ލިބޭ ކަމަށް ބުނެ އެޅި ފިޔަވަޅެކެވެ.

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

Newsletter

Get the latest news delivered straight to your inbox