މިދިޔަ އަހަރު އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި އާއްމުންގެ 153 މީހުން މަރުވި

Aug 12, 2026, 11:33 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މިދިޔަ އަހަރު އެމެރިކާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ 153 މީހުން މަރުވެ، 243 މީހުން ވަނީ ޒަހަމްވެފައި ކަމަށް ޕެންޓަގަންގެ ތަހުގީގުތަކުން ދައްކައިފި އެވެ.

މިއީ 2024 ވަނަ އަހަރު އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ ދެ މީހުން މަރުވެ، ދެ މީހުން ޒަހަމްވި ކަމަށް ޕެންޓަގަންއިން ނެރުނު ރިޕޯޓާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅައި، އެ ގައުމުގެ މީޑިއާތަކުން އާންމުކޮށްފައިވާ ޕެންޓަގަންގެ ރިޕޯޓުގައި ބުނެފައިވަނީ، 2025 ވަނަ އަހަރު އާންމުން މަރުވެ އަދި ޒަހަމްވި ކަމަށް ރެކޯޑުކުރެވުނު ހާދިސާތަކަކީ ޔަމަނަށް އެމެރިކާއިން ދިން ތިން ހަމަލާއެއްގައި ހިނގާފައިވާ ކަންކަން ކަމަށެވެ.

Advertisement

ޕެންޓަގަންގެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޔަމަނަށް ދިން ތިން ހަމަލާއެއްގައި އާންމުންނަށް ގެއްލުން ލިބިފައިވާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަހުގީގުތަކުން ވަނީ ކަށަވަރުވެފަ އެވެ.

މީގެ އިތުރުން، ޔަމަނުގައި ހިނގާފައިވާ އިތުރު 15 ހާދިސާއަކާ ގުޅިގެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ރިޕޯޓުތަކާ ގުޅިގެން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެ މައްސަލަތައް ބަލަމުންދާ ކަމަށް ވެސް ޕެންޓަގަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޔަމަނަށް ދެމުންދާ ހަމަލާތަކުގެ މަގްސަދަކީ، އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިންގެ ގާބިލުކަން ކުޑަކުރުމެވެ.

ނަމަވެސް، ކެރީބިއަން ސަރަހައްދާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދަށް އެމެރިކާއިން ދިން ހަމަލާތަކުގައި މަރުވި ނުވަތަ ޒަހަމްވި އެއްވެސް މީހެއްގެ މައުލޫމާތު ޕެންޓަގަންގެ މި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އިރުމަތީ ޕެސިފިކް ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ހަމަލާދީފަ އެވެ. ޓްރަމްޕްގެ ސަރުކާރުން އެ އުޅަނދުތަކުގައި ތިބި މީހުން ސިފަކުރަނީ "މަސްތުވާތަކެތީގެ ޓެރަރިސްޓުން" ނުވަތަ "ނާކޯ-ޓެރަރިސްޓުން"ގެ ގޮތުގަ އެވެ.

ކޮންމެ ހަމަލާއަކަށް ފަހު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާ ސިފައިން އެފަދަ އުޅަނދުތަކަށް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދެކޭ ގޮތުގައި، އެމެރިކާގެ މި ހަމަލާތަކަކީ ގާނޫނީ އިމުން ބޭރުން މީހުން މެރުމުގެ އަމަލުތަކެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox