ހަމާސް

6 ލިޔުން

ފަހުގެ

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެދުނިޔެ

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔޫއޭއީގެ ރައީސްއާ ބައްދަލުކޮށްފިދުނިޔެ

ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔޫއޭއީގެ ރައީސްއާ ބައްދަލުކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔޫއޭއީގެ ރައީސްއާ ބައްދަލުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ދަތުރު ކުރައްވާފައިވަނީ އޮކްޓޯބަރު 7 ގެ ހަމަލާގެ ކުރިން ޔޫއޭއީން އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ނަތަންޔާހޫއަށް ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ދަތުރާ ގުޅޭގޮތުން ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.