ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

Nov 26, 2026, 7:01 AM
ހޮރްމޫޒް ކަނޑުއޮޅި. -- ފޮޓޯ: ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅި. -- ފޮޓޯ: ރޮއިޓާސް

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުގެ މަގުން ކުރާ ވިޔަފާރިތަކަށް ހުރަސްއެޅި ނަމަވެސް އެކަމާ މެދު ތެހެރާނުން ކަންބޮޑުނުވާ ކަމަށާއި، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އީރާނުން ބުނެފި އެވެ. މީގެ

ވޭތުވެދިޔަ ނުވަ މަސް ދުވަހު އީރާނުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެ ގައުމަށް ކުރިމަތިނުވާ ވަރަށް ތަކެތީގެ އަގުތައް ވަނީ އުފުލިފަ އެވެ. ވަކިން ހާއްސަކޮށް ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުގެ މަގުން މުދާ އެތެރެކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފެށީ މިދިޔަ ޖުލައި މަހު އެވެ. އަދި އީރާނުގެ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އުފުލުން ހުއްޓުވުމަށްޓަކައި "ޓާސްކް ފޯސް އަޔަން ގޭޓް" ގެ ނަމުގައި ހާއްސަ ފައުޖެއް އެކުލަވައިލިކަން މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އިއުލާންކޮށްފަ އެވެ.

އީރާނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ރިޒާ އާރެފް ވިދާޅުވީ، ދެކުނުގެ ބަނދަރުތައް ނޫން އެހެން ބޯޑަރުތަކުން މުދާ ބޭލުމާއި ކްލިއަރެންސް ހެދުން އިތުރުވެފައިވުމަކީ، ދުޝްމަނުން ކަނޑުގެ މަގުން ކުރިމަތިކުރާ ހުރަސްތަކާ މެދު އީރާނުން ކަންބޮޑުނުވާކަމުގެ ހެކިދޭ މެސެޖެއް ކަމަށެވެ.

ކާބޯތަކެތީގެ ރިޒާވް ވަރުގަދަ ކަމަށާއި މުދާ ސަޕްލައި ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އާރެފް ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ތަފާސްހިސާބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އާރެފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަސާސީ މުދަލުގެ އަގުތައް އުފުލުނު ނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، ބަޖެޓުގެ ވަސީލަތްތަކާއި ހަކަތައިން ސަލާމަތްކުރެވޭ ފައިސާ، ފަގީރު އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

އީރާނުގެ ތަފާސްހިސާބުތަކާ ބެހޭ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުގެ މުދަލާއި ހިދުމަތުގެ އަގުތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 88.7 އިންސައްތަ މައްޗަށް ގޮސްފަ އެވެ. އަދި އަހަރީ އިންފްލޭޝަން ރޭޓް 76.8 އިންސައްތައަށް އަރާފައިވާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ 112.6 އިންސައްތަ އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox