ޓްރަމްޕްގެ ކެމްޕޭން ވީޑިއޯތަކުން ޓެއިލާ ސުވިފްޓްގެ ލަވަތައް އުނިކޮށްފި

Aug 10, 2026, 9:00 AM
ޓެއިލާ ސްވިފްޓް.

ޓެއިލާ ސްވިފްޓް.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސުވިފްޓްގެ ދެ ލަވައެއް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ޓީމާއި ވައިޓް ހައުސް އިން ވޭތުވެދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކެއްގައި ބޭނުންކުރުމަށް ފަހު، އެ ވީޑިއޯތަކުން ލަވަތައް އުނިކޮށްފި އެވެ.

ޓްރަމްޕާ ބެހޭ ގޮތުން ސުވިފްޓް ފަހަކަށް އައިސް އެއްވެސް ވާހަކައެއް ދައްކާފައި ނުވި ނަމަވެސް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދުކުރީ ޓްރަމްޕްގެ ވާދަވެރިޔާ، އޭރުގެ ނައިބު ރައީސް ކަމަލާ ހެރިސް އަށެވެ. އަދި 2020 ވަނަ އަހަރުގެ ކެމްޕޭން ދުވަސްވަރު ސުވިފްޓް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އޭނާ ރައީސްކަމަށް އަންނަން އެމެރިކާގެ ރައްޔިތުން ބޭނުންނުވާކަން ޓްރަމްޕަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ތަކުރާރުކޮށް ސުވިފްޓަށް ފާޑުވިދާޅުވެފަ އެވެ. ސުވިފްޓް، ކަމަލާ ހެރިސްއަށް ތާއީދުކުރި ފަހުން ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ "ޓެއިލާ ސުވިފްޓް ދެކެ އިންތިހާއަށް ފޫހިވާ" ކަމަށެވެ. އަދި މިދިޔަ އަހަރު ޓްރަމްޕް ލިޔުއްވާފައިވަނީ، އޭނާ ސުވިފްޓް ދެކެ ފޫހިވާ ކަމަށް ބުނި ފަހުން، ސުވިފްޓްގެ މަގުބޫލުކަން ގެއްލިފައިވާކަން އެއްވެސް މީހަކަށް ފާހަގަކުރެވޭތޯ އެވެ.

Advertisement

ސަބްރީނާ ކާޕެންޓާ އާއި އަރިއާނާ ގްރާންޑޭ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު އެތައް ފަންނާނުންނެއް ވަނީ، އެ މީހުންގެ ލަވަތައް ޓްރަމްޕްގެ ސަރުކާރުން ބޭނުން ނުކުރުމަށް އެދިފަ އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ޓްރަމްޕްގެ މުވާސަލާތީ ޓީމުން ދަނީ މަޝްހޫރު އެތައް ލަވަތަކެއް ބޭނުންކޮށްގެން ވީޑިއޯތައް އާންމުކުރަމުންނެވެ. އޭގެ ތެރޭގައި އިމިގްރޭޝަން ހަރުކަށި ކުރުމާއި، އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަންތަކާއި، ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅޭ މަންޒަރުތައް ހިމެނޭ ވީޑިއޯތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox