އެމެރިކާގައި އަދާނީގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާތައް ބާތިލުކޮށްފި

Aug 11, 2026, 4:11 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ ރިޝްވަތާއި މަކަރާއި ހީލަތުގެ ޖިނާއީ ދައުވާތައް އެމެރިކާގެ ފަނޑިޔާރަކު ބާތިލުކޮށްފި އެވެ. 

އަދާނީގެ މައްޗަށް 2024 ވަނަ އަހަރު ތުހުމަތުކޮށްފައިވަނީ އިންޑިއާގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ކާމިޔާބު ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދިން ކަމަށާއި، އެކަމާ ގުޅޭގޮތުން އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އަދާނީ އާއި އޭނާގެ ކުންފުނިތަކުން ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފަ އެވެ.

ކޯޓުގެ މި ނިންމުމަށް އަދާނީ މަރުހަބާ ވިދާޅުވެފައިވާއިރު، އޭނާ ވިދާޅުވީ މި ނިންމުން ގަބޫލުކުރަނީ އަދުލު އިންސާފުގެ ނިޒާމަށް އޮތް "ނުހަނު ބޮޑު އިހުތިރާމަކާއެކު" ކަމަށެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ނިކޮލަސް ގަރައުފިސް ހޯމަ ދުވަހު ނެރުއްވި 47 ސަފުހާގެ އަމުރުގައި ވަނީ، އަދާނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި ހުށަހެޅުން ބަލައިގެންފަ އެވެ.

އެހެންނަމަވެސް، މި ނިންމުމާ ހަމައަށް ކަންތައްތައް ދިޔަ ގޮތަށް ފަނޑިޔާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފަނޑިޔާރު ވިދާޅުވީ، ޕްރިންސިޕަލް އެސޯސިއޭޓް ޑެޕިއުޓީ އެޓާނީ ޖެނެރަލް އާރް. ޓްރެންޓް މެކޮޓާ މި މައްސަލަ ބާތިލުކުރުމަށް އަދާނީގެ ވަކީލުންނާއެކު މަސައްކަތް ކުރެއްވީ، މި މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލުމުގައި އުޅުނު ޕްރޮސިކިއުޓަރުންނާއި ތަހުގީގީ އިދާރާތަކާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

ޖަޖް ގަރައުފިސް މި މަރުހަލާ ސިފަކުރެއްވީ "ވަރަށް އާދަޔާ ހިލާފު" ކަމެއްގެ ގޮތުގަ އެވެ. އަދި ތަހުގީގުގައި ސީދާ ބައިވެރިވި އޮފިޝަލުންގެ ނިންމުންތަކުގެ މައްޗަށް މެކޮޓާ އަމިއްލަ ނިންމެވުމެއް އިސްކުރައްވާފައިވާ ކަމަށް ފެންނަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މިދިޔަ މެއި މަހު ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާތައް ބާތިލުކުރަން އެދުނީ، ތުހުމަތު ކުރެވޭ ގިނަ އަމަލުތައް ހިނގާފައިވަނީ އެމެރިކާއިން ބޭރުގައި ކަމަށްވާތީ މައްސަލަ ކުރިއަށް ގެންދަން ދަތިވުމާއި، މި މައްސަލައަކީ މިހާރު އެ ޑިޕާޓްމަންޓުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ ކަމަށް ބުނެ އެވެ.

މި ހުށަހެޅުން ހުށަހެޅީ، އެމެރިކާގެ ލޯ ފާމެއް ކަމަށްވާ ސުލިވަން އެންޑް ކްރޮމްވެލްގެ ކޯ-ޗެއާ އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ވަކީލެއް ކަމަށްވާ ރޮބާޓް ޖޭ. ގިއުފްރާ ޖޫނިއާ އިސްވެ ހުންނަވައި އަދާނީގެ އާ ގާނޫނީ ޓީމެއް އެކުލަވާލި ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ގިއުފްރާ ވަނީ މި އަހަރުގެ ކުރީކޮޅު ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ ބައްދަލުކޮށް މި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ފުރަތަމަ، ފަނޑިޔާރު ޖަޖް ގަރައުފިސް ވަނީ ސަރުކާރުގެ މި ހުށަހެޅުމަށް ދެކޮޅު ހައްދަވާފަ އެވެ. މިދިޔަ ޖޫން މަހު އޭނާ ވިދާޅުވީ ދައުވާތައް ދޫކޮށްލަން ސަރުކާރުން ދެއްކި ސަބަބުތައް ނުފުދޭ ކަމަށާއި، އެކަމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް އަމުރުކުރެއްވި އެވެ.

މީގެ އިތުރުން، އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކޮށް 15,000 ވަޒީފާ އުފައްދާނެ ކަމަށް އަދާނީ ވެފައިވާ ވައުދުގެ ނުފޫޒު މި ނިންމުމަށް ފޯރާފައިވޭތޯ ވެސް ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.

އަދާނީ މި އިންވެސްޓްމަންޓް އިއުލާނު ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑޮނަލްޑް ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ފަހުން ރިޕޯޓްތައް ބުނި ގޮތުގައި، ޖަސްޓިސް ޑިޕާޓްމަންޓާއެކު މި މައްސަލައާ މެދު ކުރެވުނު މަޝްވަރާތަކުގައި އަދާނީގެ ވަކީލުން ވަނީ މި އިންވެސްޓްމަންޓުގެ ވާހަކަ ފާހަގަކޮށްފަ އެވެ.

ނަމަވެސް އަދާނީގެ ވަކީލުން ބުނެފައިވަނީ، އެ އިންވެސްޓްމަންޓަކީ ދައުވާތައް ބާތިލުކުރުމުގެ ބަދަލުގައި ހުށަހެޅި ކަމެއް ނޫން ކަމަށެވެ.

ފަނޑިޔާރު ގަރައުފިސް އެންމެ ފަހުން ނިންމެވީ، އެ އިންވެސްޓްމަންޓުގެ ސަބަބުން ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުމަށް ނުފޫޒެއް ފޯރާފައިވާކަން ސާބިތުނުވާ ކަމަށެވެ.

މި މައްސަލައަކީ އަދާނީ އާއި އޭނާގެ ކުންފުނިތަކާ ގުޅޭ ގޮތުން އެމެރިކާގައި ހިނގަމުންދާ އެހެން މައްސަލަތަކާ ވަކިން ހިނގި މައްސަލައެކެވެ.

މިދިޔަ މެއި މަހު، އިންވެސްޓަރުންނަށް މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ކުރި ތުހުމަތުތައް ހައްލުކުރުމަށް، ކުށަށް އިއުތިރާފުވުމެއް ނެތި، އަދާނީ 6 މިލިއަން ޑޮލަރު އަދި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ސާގަރް އަދާނީ 12 މިލިއަން ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން، އެ ގްރޫޕުގެ މައި ކުންފުނި ކަމަށްވާ އަދާނީ އެންޓަޕްރައިސަސް އިން ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ މަދަނީ ދައުވާތަކުން ސަލާމަތްވުމަށް 275 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފަ އެވެ.

އުމުރުން 64 އަހަރުގެ އަދާނީއަކީ ހަކަތަ، ބަނދަރު، އެއާޕޯޓް އަދި އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އަދާނީ ގްރޫޕުގެ ޗެއާމަނެވެ.

އޭނާއަކީ އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްގެ އިތުރުން، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. މި ދެ ބޭފުޅުންނަކީ ވެސް އިންޑިއާގެ ހުޅަނގު ގުޖުރާތު ސްޓޭޓަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox