މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

Nov 27, 2026, 8:32 AM
ރެބެކާ ޓެއިލާ

ރެބެކާ ޓެއިލާ

އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓްގައި މާބަނޑު ކުށްވެރިއަކު ޑޮކްޓަރު އެޕޮއިންޓްމަންޓަކަށް ފަހު އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައި ފިލައިފި ކަމަށް އެ ސްޓޭޓްގެ ކަރެކްޝަންސް ޑިޕާޓްމަންޓުން ބުނެފި އެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 26 އަހަރުގެ ރެބެކާ ޓޭލާ "ޑޮޖް ޖާނީ" މަރުކާގެ ކާރުގެ ކޮންޓްރޯލް ހޯދައިގެން ފިލާފައިވަނީ، އޭނާ އާއި އިތުރު ކުށްވެރިއަކު ގޮވައިގެން ދަތުރުކުރި ޓީމު އަލްބަކާކީ ސިޓީން ކާބޯތަކެތި ގަތުމަށް މަޑުކޮށްލި ވަގުތުގަ އެވެ.

ނިއު މެކްސިކޯ ކަރެކްޝަންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ޓޭލާ ފިލަން ބޭނުންކުރި އުޅަނދާއި އޭނާ ލައިގެން ހުރި ޖަލު ޔުނީފޯމް ފަހުން ފެނިފައިވީ ނަމަވެސް، އޭނާ އަދިވެސް ފިލައިގެން އުޅޭތީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ އިދާރާއިން ފޭސްބުކް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓޭލާ ޖަލަށްލާފައިވަނީ ވައްކަން ކުރުމާއި ގެދޮރަށް ވަދެ ތަކެތި ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއްގަ އެވެ.

ބުދަ ދުވަހުގެ ހެނދުނު ޓޭލާ ކާރުގެ ކޮންޓްރޯލް ހޯދި ވަގުތު، އޭނާއާއެކު ޑޮކްޓަރު އެޕޮއިންޓްމަންޓަށް ދިޔަ އަނެއް ކުށްވެރިޔާއަށް ކާރުން ފޭބުމުގެ ފުރުސަތު ލިބުނު ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކަރެކްޝަންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ގިނަ އިދާރާތަކެއް ގުޅިގެން ޓޭލާ ހޯދުމުގެ އޮޕަރޭޝަނެއް މިހާރު ދަނީ ކުރިއަށެވެ. 

އަލްބަކާކީ ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓޭލާ މިހާރު އިނީ ދެވަނަ ޓްރައިމެސްޓާގަ އެވެ. އެހެންކަމުން، އޭނާ އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ބެލެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ބިޑި ފަދަ ވަސީލަތްތައް ބޭނުންކޮށްފައި ނުވާ ކަމަށް ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ ފުރަން އަންގައިފި

ސްވިޒަލެންޑުން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، ޕިޔޮންގްޔަންގްގައި ހުންނަ ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ 48 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް އުތުރު ކޮރެއާއިން އަންގައިފިއެވެ. މި ފިޔަވަޅަކީ އުތުރު ކޮރެއާގެ ކުޑަކުދިންގެ ކޭމްޕަކާ ދެކޮޅަށް ސްވިޒަލެންޑުން އެޅި ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އެ ގައުމުގެ އިސްތިގުލާލަށް އުނިކަން ލިބޭ ކަމަށް ބުނެ އެޅި ފިޔަވަޅެކެވެ.

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

Newsletter

Get the latest news delivered straight to your inbox