ކޮލަމްބިއާ ޔުނިވާސިޓީ
2 ލިޔުން
ފަހުގެ
ދުނިޔެފަލަސްތީނަށް ތާއީދުކުރާ ދަރިވަރުން ޑީޕޯޓްކުރުމާ ދެކޮޅަށް ހުކުމެއް
ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކާ ބޭރުގެ ދަރިވަރުން ޑީޕޯޓްކުރުމަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އެމެރިކާގެ ފަނޑިޔާރަކު ކަނޑައަޅުއްވައިފިއެވެ. ފަނޑިޔާރުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ސަރުކާރުން ބޭނުންނުވާ ފިކުރުތައް ފާޅުކުރާ މީހުންނަށް އަމާޒުކޮށް ފިޔަވަޅު އެޅުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ވިސާ ކެންސަލްކޮށް ދަރިވަރުން ހައްޔަރުކުރަން ފެށުމާ ގުޅިގެން "ދަ ސްޓެންފޯޑް ޑެއިލީ" ނޫހުގެ ފަރާތުންނެވެ.
ދުނިޔެފަލަސްތީނު ދަރިވަރުން ކޮލަމްބިއާ ޔުނިވާސިޓީއާ ދެކޮޅަށް ކޯޓަށް
ފަލަސްތީނު ދަރިވަރުންނާއި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅެ، ފުރައްސާރައިން ރައްކާތެރިކޮށްދިނުމަށް ކޮލަމްބިއާ ޔުނިވާސިޓީން ނުކުޅެދިފައިވާ ކަމަށް ބުނެ އެ ތަނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި ދައުވާގައި ޔުނިވާސިޓީން ވަކި ފަރާތަކަށް ޖެހިގެން ދަރިވަރުންނަށް އަދަބުދޭ ކަމަށް ބުނާއިރު، ޔުނިވާސިޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
