ރަސްމާލެއަށް ބިންކޮޅެއް ނުހިއްކަނީސް ސީއާރުސީސީއަށް އޮތީ 13 މިލިއަން ޑޮލަރު ދީފަ

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެ ފެންނަ ސެޓެލައިޓް ފޮޓޯއެއް: ސީއާރުސީސީއާ ހަވާލުކުރި ސައިޓުތަކާ ފަހުން ހަވާލުވީ އެމްއޭސީއެލްއިން --- ފޮޓޯ:

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެ ފެންނަ ސެޓެލައިޓް ފޮޓޯއެއް: ސީއާރުސީސީއާ ހަވާލުކުރި ސައިޓުތަކާ ފަހުން ހަވާލުވީ އެމްއޭސީއެލްއިން --- ފޮޓޯ:

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ފަސް ސައިޓެއް ހިއްކުމުގެ މަސައްކަތާ ހަވާލުވީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިން ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް، އެޑްވާންސުގެ ގޮތުގައި 13.2 މިލިއަން ޑޮލަރު ދީފައިވާ ކަން އެނގިއްޖެ އެވެ. 

ސީއާރުސީސީއަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކީ ސޮއިކުރި އެއްބަސްވުން ބާތިލުކޮށް، އެކި ސައިޓުތައް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހިއްކަން ނިންމިއިރު މަސައްކަތް ހަވާލުކުރި ކުންފުންޏެކެވެ.  އެ ކުންފުންޏާ ހަވާލުކުރީ ސައިޓު "އޭ" އާއި "ބީ" އާއި "އެޗް" ގެ އިތުރުން "އައި" އާއި "ކޭ" ހިމެނޭހެން 352 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

ނަމަވެސް ސީއާރުސީސީއަށް ކޮންޓްރެކްޓުގައި އެއްބަސްވި ގޮތަށް އެއްވެސް މަސައްކަތެއް ނުނިންމުނެވެ.

Advertisement

މި މުއާމަލާތުގެ ތަފުސީލުތައް އެނގުނީ އެކްސްގައި ހަރަކާތްތެރިވާ ވިސްލްބްލޮވަރު އެކައުންޓު "ހަސަން ކުރުސީ" އިން އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އަދަދު އިން ސައްހަކަން ކަށަަވަރުކޮށްފައިވާ އެ ރިޕޯޓަކީ ސީއާރުސީސީން ކުރި މަސައްކަތްތަކަށް 9.4 މިލިއަން ޑޮަލަރު ހައްގު ކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން "އިޕޮކް އެސޯސިއޭޓްސް" ލައްވާ އެޗްޑީސީން ތައްޔާރުކުރި މިނިވަން އިވެލުއޭޝަން ރިޕޯޓެކެވެ.

އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު ސޮއިކުރީ ސާވޭ އަދި ޑިޒަައިން މަރުހަލާއިން ފެށިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 265.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. އެއީ ތިން ބަޔަކަށް ބަހާލައިގެން މަސައްކަތްކޮށް، 18 މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. 

މި ގޮތަށް އެއްބަސްވުމަށް ފަހު އެ ކުންފުނިން އަމިއްލައަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ ކުންފުންޏަށް ނިންމުނީ ޕްރޮޖެކްޓުގެ ހަތަރު ޕަސެންޓު ކަމަށެވެ. އެކަމަކު ތައްޔާރީ މަސައްކަތްތަކަށް 6.2 މިލިއަން ޑޮލަރު އަދި ބިން ހިއްކުމުގެ މަސައްކަތްތަކަށް 3.2 މިލިއަން ޑޮލަރު ހައްގު ކަމަށް ސީއާރުސީސީން ވަނީ އެޗްޑީސީއަށް ފޮނުވި ބިލުގައި ބަޔާންކޮށްފަ އެވެ. 

ނަމަވެސް އެޕޮކްއިން ހެދި އިވެލުއޭޝަނުގައި ވަނީ ސީއާރުސީސީއަށް އަސްލު ނިންމުނީ މުޅި ޕްރޮޖެކްޓުގެ ތިން ޕަސެންޓު ކަމަށެވެ. އަދި ޕްރޮޖެކްޓުގައި އެއްބަސްވި ގޮތަށް އެއްވެސް ލައިން އައިޓަމެއްގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް އިވެލުއޭޝަނުން ދައްކަ އެވެ. 

އޭގެ އިތުރުން. ސީއާރުސީސީން ނިންމި ކަމަށް ބުނާ ބައެއް މަސައްކަތްތަކަކީ އެއްބަސްވުމުގައި ހުށަހެޅި ކުރެހުންތަކުގައި ބުނި ގޮތަށް ނިންމި މަސަައްކަތްތަކެއް ނޫން ކަމަށް ވެސް އިޕޮކުން ވަނީ ނިންމާފަ އެވެ.

އެޗްޑީސީއިން ބޮޑު ލޯނެއް ނަގައިގެން ރަސްމާލެ ހިއްކުން އިންޑިއާ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކަށް

މީގެތެރެއިން ސައިޓު ޑީ، ޖީ، އަދި އެލް، ހިއްކަން ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ. ބާކީ ހަތަރު ސައިޓު ކަމަށްވާ އޭ، ބީ، އެޗް، އައި، އަދި ކޭ، ހިއްކަން ހަވާލުކޮށްފައިވަނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ

މީގެ މިސާލެއްގެ ގޮތުގައި ރިޕޯޓުން ފާހަގަވަނީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ބުނީ ވަގުތީ ޖެޓީ އެވެ. ސީއާރުސީސީން މަސައްކަތްކޮށްފައި ވަނީ އެ ކުންފުނިން ފުށިދިއްގަރު ފަޅުން ހިއްކި ކުޑަ ޖެޓީއެއް އެއީ މި ވަގުތީ ޖެޓީ ކަމުގައި ބަލައިގަންނާށެވެ. ނަމަވެސް މި ޖެޓީއަކީ އެ ކުންފުނިން ހުށަހެޅި ކުރެހުންތަކުގައި ބުނި ގޮތަށް ހަދާފައި ހުރި ތަނެއް ނޫނެވެ. 

ހަމަ އެގޮތަށް، ސީއާރުސީސީން ވަނީ ފުށިދިއްގަރު ފަޅުގައި ހުރި މުރަކަތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ. މި މަސައްކަތަށް 2.6 މިލިއަން ޑޮލަރު ނަގާއިރު، އެއް ކަމަކަށް އެންމެ ގިނަ ފައިސާ ހޯދަން އެ ކުންފުނިން ބޭނުން ވަނީ ވެސް މި މަސައްކަތަށެވެ. 

މިހެން ނަމަވެސް ކޮންސަލްޓަންޓު ބެލިއިރު، މި ބުނާ މުރަކަތައް ބަދަލުކުރި ތަނެއް ސީއާރުސީސީން ހުށަހަޅާފައި ނެތެވެ. މިހެންކަމުން އެ މުރަކަތައް ބަދަލުކުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށް ބަޔާންކޮށް، އިޕޮކުން ލަފާދިނީ ފައިސާ ދިނުމުގެ ކުރިން މުރަކަތައް ބަދަލުކުރި ސަރަހައްދުތައް ދެނެގަންނާށެވެ. 

ސީއާރުސީސީން ކުރި މަސައްކަތްތަކުގެ ތެރެއިން ފަހުން އެ ސައިޓުތަކާ ހަވާލުވި ކޮންޓްރެކްޓަރަށް ބޭނުންކުރެވޭ ގޮތަށް ހުރި ތަންތަނުގެ އަގު މިލިއަން ޑޮރަލަށް ނާރާ ކަމަށް ވެސް ރިޕޯޓުން ދައްކަ އެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު މަަޝްވަރާކުރަމުން ދަނީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން ކުރަމުންދާ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގައި އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ އެޑްވާންސަށް 13.2 މިލިއަން ޑޮލަރުގެ ތެރެއިން ކުރި މަސައްކަތްތަކަށް އަގު ކެނޑުމަށް ފަހު ބާކީ ހޯދާށެވެ.

މިހެން ނަމަވެސް، އިވެލުއޭޝަނުގައި ކުޑަ އަގެއް ހުށަހަޅަން ކޮންސަލްޓަންޓު ލަފާ ދީފައި ވަނިކޮށް، އެ ކުންފުނީގެ ބޯޑުން ވަނީ ސީއާރުސީސީން ހުށަހެޅި އަގަށް އެއްބަސްވެފަ އެވެ. 

ރަސްމާލޭން އެންމެ ހެކްޓަރެއްގެ ބިން ވެސް ނުހިއްކޭ ސީއާރުސީސީއަށް މި އެތައް މިލިއަން ޑޮލަރެއް ދޭން އުޅޭއިރު،  ރަސްމާލޭން ސައިޓު "ޖޭ" ގެ ހުރިހާ މަސައްކަތެއް ނިންމަން އެޗްޑީސީން ހަރަދުކުރީ 21 މިލިއަން ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox