އެޗްޑީސީއިން ބޮޑު ލޯނެއް ނަގައިގެން ރަސްމާލެ ހިއްކުން އިންޑިއާ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކަށް

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ދައުލަތުން ހަރަދުނުކޮށް ކުރިއަށް ގެންދަން ރޭވި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ޕްލޭން ފެއިލްވެ، މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނު ނަގައިގެން އެ ބިން ހިއްކުން އިންޑިއާ އާއި ޗައިނާގެ ކުންފުނިތަކަކާ ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު، 18 ގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ.

ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އާއި ހުޅުމާލެއިން 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިގު މުއްދަތަށް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމަން ކަނޑައެޅި އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ %2.5 އެވެ.

Advertisement

އޭގެ ފަހުން ރަސްމާލެ ހިއްކުމުގެ އިތުރު މަސައްކަތެއް ފެށިފައި ނެތަސް، އިތުރު ހަތް ސައިޓު ހިއްކަން އީއައިއޭ ހަދާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އާންމުކޮށްފަ އެވެ. އެ ސައިޓުތަކުގެ ޖުމްލަ ބޮޑުމިނަކީ 256 ހެކްޓަރެވެ. ސްޓޭޖް އެކެއްގައި ހިމެނޭ މި ސައިޓުތައް ހިއްކާ ނިންމޭނެ ކަމަށް އީއައިއޭގައި ބުނެފައިވަނީ މަސައްކަތް ފަށާތާ މަދުވެގެން ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ.

މީގެތެރެއިން ސައިޓު ޑީ، ޖީ، އަދި އެލް، ހިއްކަން ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ އެވެ. ބާކީ ހަތަރު ސައިޓު ކަމަށްވާ އޭ، ބީ، އެޗް، އައި، އަދި ކޭ، ހިއްކަން ހަވާލުކުރީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ)

މޯހަން މުތާއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް އެކްސްޕޯޓު ކުންފުންޏެވެ. އެ ކުންފުނި ރާއްޖޭގައި މަޝްހޫރު ވެފައިވަނީ ހިލައާއި ހިލަވެލި އަދި އެހެން ގިނަ ބާވަތްތަކެއް ފުޅާދާއިރާ އެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެއްގެ ގޮތުގަ އެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ފޭސް ދޭއްގެ މަގުތައް ވެސް ހެދީ އެމްއެމްއީ ހިމެނޭ ޖޮއިންޓް ވެންޗާ އަކުންނެވެ. ބައެއް ރަށްރަށުގައި އިންޑިއާގެ އެހީގެ ދަށުން ހިންގި އެކި ތަރައްގީގެ މަޝްރޫއުތައްވެސް މޯހަން މުތާއާ މީގެ ކުރިން ހަވާލުކޮށްފައިވެ އެވެ.

މޯހަން މުތާއިން ރާއްޖޭގައި ރިސޯޓެއް ވެސް ހަދަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ސުރޭޝް މުތާއާ ހަވާލާދީ 'ދަ ހިންދޫ ބިޒްނަސްލައިން' އިން ރިޕޯޓުކޮށްފައިވެ އެވެ.

ރަސްމާލެ އިން އެ ކުންފުންޏާ ހަވާލުކުރި ސައިޓު ޑީ، ޖީ، އަދި އެލް، ހިއްކާ ނިންމޭނެ ކަމަށް ލަފާކޮށްފައި ވަނީ 14 މަހުންނެވެ.

ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ)

ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަކީ އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނިން އިމާރާތް ކުރުމުގެ އެކި މަޝްރޫއުތައް ހިންގާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ އެކި ގައުމުތަކުގައި ރެއިލްވޭތައް ގާއިމުކޮށް ހިންގުމަށެވެ.

މީގެ ކުރިން ސީއާރުސީސީ އިން ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިޔަ ކަމެއް ނޭނގެ އެވެ. އަދި އެ ކުންފުނިން ބިން ހިއްކުމުގެ މަޝްރޫއެއް ހިންގާފައިވާކަން ވެސް ސާފެއް ނުވެ އެވެ. ރަސްމާލެއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ސައިޓު އޭ، ބީ، އެޗް، އައި، އަދި ކޭ، ގެ މަސައްކަތް ނިންމަން ލަފާކޮށްފައި ވަނީ 17 މަހުންނެވެ.

މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެޗްޑީސީން ބޮޑު ލޯނެއް ނަގައިގެން

ސަރުކާރުން މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅުން ރަސްމާލެ ހިއްކަން ފެށީ، ފުރަތަމަ މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭގޮތަށެވެ.

އެގޮތަށް ސަރުކާރުން ނިންމީ، މި މަޝްރޫއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އޭރު އޮތް މަޖިލީހުން އުނިކުރުމާ ގުޅިގެންނެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށް ކަމަށެވެ.

ނަމަވެސް ފުރަތަމަ ހިއްކަން ފެށި ސައިޓު ޖޭ ނިންމަން ސީއެމްސީސީއަށް 77 މިލިއަން ރުފިޔާ ދިނެވެ. އޭރު އޮތީ މުޅީ މަޝްރޫއަށް ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ސީއެމްސީސީ އިން ހަރަދުކުރާ ގޮތަށެވެ.

އެންމެ ފަހުން ހެދި އީއައިއޭގައި ބުނެފައިވާ ގޮތުން މަޝްރޫއަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.

ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެންވެސް ހަރުދުވާނެ،" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަނާކުރިތާ ފަސް އަހަރުވީ ޕްލާސްޓިކް ހޮޅި ހުއްދަކޮށްފި

ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ސަރުކާރުން އަލުން ހުއްދަ ދީފި. މީގެ އިތުރުން، ވަކި ސައިޒުތަކެއްގެ ފެންފުޅި އާއި ބުއިންތައް ބަންދުކުރާ ޕްލާސްޓިކް ފުޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ.

ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަން އަންނަ، ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އެދުނު

ކުރީގެ ސަރުކާރުން ނެގި ދަރަންޏެއްގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އެކަމަށް އިންކާރުކުރި. މީގެ ކުރިން އެކި ފަހަރުމަތިން މި ދަރަނި ރޯލްއޯވާކޮށްދީފައިވާއިރު، މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި އެރި 49 މިލިއަން ޑޮލަރު ވެސް ދ

ޔޭޔޭ ޕެކެޓަށް އަޅައިގެން ބޭރު ފައިސާ ބޭރުކުރަން އުޅުނު މައްަސަލައ

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހަ ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކުރި. ސީރިއަލް ޕެކެޓްތަކުގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނޭ.

ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަނެއް ނޫން: މުއިއްޒު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކެނޑި މައްސަލަ ނުބަލާ

ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ވަގަށް ކަނޑާލި މައްސަލަ ފުލުހުން ބަލަމުން ނުދާކަން އެ މުއައްސަސާއިން ބުނި. ސިޓީ ކައުންސިލުން އެ ގަސް ކަނޑާލި ބަޔަކު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ފްލެޓް އެޅުމާއި ގަސް ކެނޑުމާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތު.

ހުލާސާކޮށް އިއްޔެ: ބޭންކިން ނިޒާމުގެ ޑޮލަރުގެ ދަތިކަން

ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ. ސިޔާސީ ގޮތުން ޕީއެންސީން 2028 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ހާބަރު ސަރަހައްދު ތަރައްގީކުރުމަށް އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

Newsletter

Get the latest news delivered straight to your inbox