ހިޔާނާތުގެ ތުހުމަތުކޮށް އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

Nov 14, 2026, 9:03 AM
ރޭގެ އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ރޭގެ އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސްއަށް ބީލަމަކަށް ނުލައި އަދި ހިލޭ ރަސްމާލެ ދޫކޮށްލާއިރު، އެ މުއާމަލާތްތަކެއްގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ގޮވާލައްވައިފި އެވެ. ބްރަދާ އަބްދުﷲ އަކީ ކާކުކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ. 

ވިއްސާރަ އާއި ފުލުހުންގެ އިންޒާރުތަކާ އެކު ވެސް ރަސްމާލެ ޑީލާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު މި ގައުމުގެ އަގު ޑޮލަރުން ގުނަން ބޭނުންފުޅުވި ނަމަވެސް ދިވެހި ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށެވެ.

"ރައީސް މުއިއްޒަށް މި ގައުމަކީ ޑޮލަރުން ގުނޭ އެއްޗެއް ކަމަށް ވެދާނެ. މި ގައުމުގެ އަގަކީ ޑޮލަރު ކަމަށް މުއިއްޒަށް ވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ގައުމަކީ މި ގައުމުގެ 3،500 އަހަރުގެ ތާރީހު. އަޅުގަނޑުމެންގެ އިސްލާމްދީން މަތީގައި މި އޮތް 30 ޖީލުގެ ދީނުގެ އަހުލާގު،" އިމްރާން ވިދާޅުވި އެވެ.

"ބްރަދާ އަބްދުﷲ" އާއި އުޝާމަށް ކުރެއްވި ތުހުމަތުތައް

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ޑޮލަރެއްގެ އަގު މިހާރު 23ރ. އަށް މައްޗަށް އަރާފައިވާއިރު، މި މަޝްރޫއުއާ ގުޅިގެން ބޭންކަށް 500 މިލިއަން ޑޮލަރު ނުވަތަ 250 މިލިއަން ޑޮލަރު ލައިދިނުމަށް އަލައްބާރާ ބައްދަލުވި މި ގައުމު ދެކެ ލޯބިވާ މީހަކު އެދުމުން، "ބްރަދާ އަބްދުﷲ" އަށް އެތައް ފަހަރަކު ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށް އަލައްބާރު ބުނި ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.

އެ ވާހަކަތައް އިމްރާންއަށް ކިޔައި ދެއްވީ އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކަމަށް ވެސް އިމްރާން ފާހަގަ ކުރެއްވި އެވެ. 

"'އައި ހެވް ގިވެން ބްރަދާ އަބްދުﷲ ސޯ މެނީ ޓައިމްސް ސޯ މަޗް' [އަހަރެން ބްރަދާ އަބްދުﷲ އަށް ވަރަށް ގިނަ ފަހަރު ވަރަށް ގިނައިން ދީފިން]. ދެން [ބައްދަލުވުމުގައި އިން] އެހެން ބޭފުޅަކު ވިދާޅުވަނީ ކިހާވަރެއްތޯ؟ އެހާވަރަށް ބުނީމާ ބުނަނީ 'ދެޓް އިޒް އަ ބިގް ސީކްރެޓް' [އެއީ ވަރަށް ބޮޑު ސިއްރެއް]،" އިމްރާން ވިދާޅުވި އެވެ.

މި ތުހުމަތުތަކާ ގުޅުވައިގެން އިމްރާން ވަނީ ބަންޑާރަ ނައިބު އުޝާމާއި ބްރަދާ އަބުﷲ ބޭރުކުރުމަށް ނުވަތަ އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

މި ހިޔާނާތާ ގުޅިގެން އެ ދެ ބޭފުޅުން މަގާމުގައި ބޭތިއްބުމަކީ ހިޔާނާތުގައި މުއިއްޒުގެ ބައިވެރިވުން އޮތުން ކަމަށް  އިމްރާން ވިދާޅުވި އެވެ.

"އުޝާމް އިސްތިއުފާ! އުޝާމް އިސްތިއުފާ! މުއިއްޒު ޖެހޭނެ އެ ދެ މީހުން ސަރުކާރުން ބޭރުކުރަން،" އިމްރާން ވިދާޅުވި އެވެ. 

ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީ
ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީ

ސިޔާސީ ލީޑަރުންނަށް މެސެޖެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ރޭގެ އެއްވުމުގައި އިމްރާން ވިދާޅުވީ، ރަސްމާލެ މައްސަލައިގައި ސަރުކާރުން ކުރަން އުޅޭ ކަންކަން ހިނގައިފި ނަމަ، މި ގައުމުގައި ސިޔާސީ މަސައްކަތް ކުރާނެ ޕާޓީއެއް ވެސް އަދި ލީޑަރެއް ވެސް ނުހުންނާނެ ކަމަށެވެ. އޭރުން ރާއްޖޭގެ ހާލަތު ބަދަލުވާނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހުންނެވި ފަދަ ހާލަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޮބުވެތި ސިޔާސީ ލީޑަރުން، ތިޔަބޭފުޅުން ގަބޫލުކުރައްވާ މުއިއްޒު ހިންގަން އުޅޭ ޖަރީމާ ހިންގުމަށް ފަހުގައި ތިޔަބޭފުޅުން ސިޔާސީ މަސައްކަތް ކުރާކަށް މި ގައުމެއް ނޯންނާނެ. އޭރުން މިތާނގައި އޮންނާނީ ފަލަސްތީނުގެ ގޮތަށް މަހްމޫދު އައްބާސް. މުއިއްޒު، މަހްމޫދު އައްބާސްއަކަށް ހަދާފައި އަލައްބާރު ކައިރީ ކުޑަކަކޫ ޖައްސަވާފައި ދެން އެ ކުރާކަމެއް ކުރާނީ،" އިމްރާން ވިދާޅުވި އެވެ.

އެހެންކަމުން، އެމްޑީޕީ އާއި ޕީއެންއެފް ހިމެނޭހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ކެމްޕޭންތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ފަހު ރަސްމާލެ ޑީލް ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް އިމްރާން ގޮވާލެއްވި އެވެ.

ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް ވަޒަންވެރިކުރެވޭ ގޮތަށް މަޝްރޫއުތައް ހިންގަން އުޅޭތީ އެކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އެ ވޯޓާ ނުލައި އެންމެ އިންޗިއެއް ވެސް ކުރިއަށް ވަޑައިނުގެންނެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މުއިއްޒު ހީނުކުރައްވާ ބޮޑާވެލާފައި، ކިބުރުވެރިވެލާފައި ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަމޭ ބުނީމާ އަޅުގަނޑުމެން އިސްޖަހާލާނެ ކަމަށް. އަޅުގަނޑުމެން އިސްނުޖަހާލާނަން. އެންމެ އިންޗިއެއް ވެސް ކުރިއަށް ދެވޭނީ ފެންނަ ނުފެންނަ ވޯޓު ނަގައިގެން،" އިމްރާން ވިދާޅުވި އެވެ.

ގައުމުގެ ބިމުން އެންމެ އިންޗިއެއް ވެސް "ޒަޔަނިސްޓުންނަށް" ދޭތަން ތަން ބަލަން ނުތިބުމަކީ ސިފައިންގެ ހުވައާއެކު ގޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވެ، ގައުމީ ހަރަކާތަށް މައުލޫމާތު ފޯރުކޮށްދީ އެހީތެރިވާ ފުލުހުންނަށް އިމްރާން ޝުކުރު އަދާކުރައްވައި ސެލިއުޓް ކުރެއްވި އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.
ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.

މައްސަލައިގެ ފަސްމަންޒަރު

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަނީ އަބްދުﷲ މުއްތޮލިބް ހުންނެވި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އެހެންނަމަވެސް، ރަސްމާލެ ތަރައްގީ ކުރުމުގެ ނަމުގައި ބޭރުގެ އިންވެސްޓަރުންނަށް، ހާއްސަކޮށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް އެ ބިމުގެ 500 ހެކްޓަރު ދިނުމަށް ސެޕްޓެމްބަރު 21 ގައި ސޮއިކުރުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދެކޮޅު ހަދަހަދައި ތިއްބައި އެ މުއާމަލާތް ކުރިއަށް ގެންދިޔުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނެސް، އަދި ފާޑުކިޔާ ފަރާތްތަކަށް އަބުރުގެ ދައުވާ ކުރެވޭ ގޮތަށް ގާނޫނު ހެދުމަށް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ބޭއްވި އެއްވުން

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް ބިދޭސީން ވަޒަންވެރިކުރުވާތީ، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ "ގައުމީ ހަރަކާތް" ނަމުގައި ބޮޑު ރެލީއެއް ބާއްވާފައެވެ. މި އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ މި މަޝްރޫއު ހުއްޓާލުމަށް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

Newsletter

Get the latest news delivered straight to your inbox