ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދީފި

Nov 13, 2026, 5:11 PM
"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

ރަސްމާލެއިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ އެއްވުމަކީ މުޒާހަރާއެއް ނޫން ކަމަށާއި އެ ތަނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައިވާނެ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ބުނެފި އެވެ.

އެ ހަރަކާތުން މިހެން ބުނީ، އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ ގާނޫނީ އިމުގެ ތެރެއިން އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ބަޔާނެއް ނެރެ އިލްތިމާސްކޮށްފައި ވަނިކޮށެވެ.

މި ބަޔާނާ ގުޅިގެން ކަންކަން ސާފުކޮށްދޭން ފުލުހުންގެ އިދާރާއަށް ހާޒިރުވެ މަޝްވަރާކުރުމަށް ފަހު އެ ހަރަކާތުގެ އިސް ބޭފުޅުން ވިދާޅުވީ، ފުލުހުންގެ ކަންބޮޑުވުންތަކަށް ޔަގީންކަން ދީފައިވާނެ ކަމަށެވެ. އެ ގޮތުން މިއީ އެއްވެސް ހަމަނުޖެހުމެއް ނުވަތަ ކުރިމަތިލުމެއް ނޯންނާނެ، ހަމައެކަނި ޝުއޫރު ފާޅުކޮށްލުމަށް ބާއްވާ ސުލްހަވެރި އެއްވުމެއް ކަމަށް މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

Advertisement

"މިއީ މުޒާހަރާއެއް ވެސް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި އެ ތަނަށް ހުރިހާ ރައްޔިތުން އެއްވެލައި، 10:30 ހާއިރު ޝުއޫރު ފާޅުކޮށް ނިންމާލާފައި ދާން. އެއްވެސް ކުރިމަތިލުމެއް ނޯންނާނެ. އެހެންވެ ކުޑަކުދިންނާއި ޒުވާނުން އަދި ސީނިއާ ސިޓިޒަނުން ވެސް ވަޑައިގަތުމަށް އަޅުގަނޑުމެން ދައުވަތު އަރުވަން." އޭނާ ވިދާޅުވި އެވެ. 

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ވަނީ މިއީ އެއްވެސް ސިޔާސީ ބޭނުމެއްގައި ބާއްވާ އެއްވުމެއް ނޫން ކަމަށެވެ. އެއާ ހިލާފަށް، އެ ހަރަކާތުން ބުނާ ގޮތުގައި، މިއީ ގައުމުގެ ބިން ބޭރު ބަޔަކަށް ވިއްކުމާ ދެކޮޅަށް ރައްޔިތުންގެ އަޑު އިއްވުމަށް ބާއްވާ ހަރަކާތެކެވެ. މިހެންވެ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާއި، ސިފައިންނާއި ފުލުހުން ވެސް ޑިއުޓީގައި ނޫޅޭ ވަގުތުތަކުގައި މި އެއްވުމުގައި ބައިވެރިވުމަށް އެ ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން، މި އެއްވުން ކެންސަލްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އަލީ ހުސެއިން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރިން ވެސް ޕްލޭންކުރި ގޮތަށް މިރޭ 8:30 ގައި އެއްވުން ފެށޭނެ ކަމަށެވެ. އަދި އެއްވުން ކުރިއަށްދާނީ ގާތްގަނޑަކަށް ދެ ގަޑިއިރަށް ކަމަށާއި ރޭގަނޑު 10:30 ހާއިރު އެއްވުން ނިންމާލާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވުން ކެންސަލެއް ނުވޭ. ޕްލޭންކޮށްފައި އޮތް ގޮތަށް މިރޭ 8:30 ގައި ކުރިއަށްދާނެ. ވަކިން ހާއްސަކޮށް އަލައްބާރަށާއި އީގަލް ހިލްސްގެ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ މެސެޖު ދޭން ދިވެހިން މިކަމާ ނުރުހޭކަން، އަދި ދިވެހިންގެ ބިން ބޭރު ބަޔަކަށް ނުދެވޭނެކަން." އަލީ ހުސެއިން ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް ބާއްވާ މި އެއްވުމަށް އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން ސިޔާސީ އިސް ލީޑަރުން ވަނީ ތާއީދުކޮށްފަ އެވެ. މި ހަރަކާތުން ވަނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން އަޑުއުލާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ރަސްމާލެ ޑީލު މަޑު ޖައްސާލަން ގޮވާލައި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އީގަލް ހިލްސްގެ ވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އެ މަޝްރޫއު މަޑުޖައްސާލުމަށް ވަނީ ގޮވާލާފައި. މި ސިޓީގައި ބިން ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

Newsletter

Get the latest news delivered straight to your inbox