
ފާތިމަތު ސާޔާ އަހުމަދު
ސީނިއާ ޖާނަލިސްޓް
ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.
4141 ލިޔުން
ކޮލަމްއަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ
ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.
ހަބަރު"ރަސްމާލެއަށް ރިއަލް އެސްޓޭޓް ގާނޫނު ބޭނުންވާތީ ސުވާލު އުފެދޭ"
ރަސްމާލެ މަޝްރޫއަކީ ފަތުރުވެރިކަމުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނާއިރު، އެ މަޝްރޫއަށް އާ ރިއަލް އެސްޓޭޓް ގާނޫނެއް ބޭނުންވާތީ ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއިލް ސުވާލު އުފައްދަވައިފި. އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ އީގަލް ހިލްސް ކުންފުންޏަށް ބޮޑު ބިމެއް ދިނުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމާއި، އެއްބަސްވުމުގެ ތަފްސީލުތައް ސިއްރުކޮށްފައިވާތީ
ދުނިޔެފިލިޕީންސް ފެރީގައި ރޯވެ މަރުވި މީހުންގެ އަދަދު 30 އަށް
ފިލިޕީންސްގެ "އެމްވީ ޖޫން އެސްޓަ" ފެރީގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 35 އަށް އަރާފައިވާއިރު، ގެއްލިފައިވާ 50 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޯސްޓްގާޑުން ބުނާ ގޮތުގައި ގިނަ ހަށިގަނޑުތައް ފެނިފައިވަނީ ބޯޓުގެ ނިދާ ސަރަހައްދުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
