ރާއްޖެ-އެމެރިކާ ގުޅުން
130 ލިޔުން
ހަބަރުއެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އައިސްއާއެކު އެމްއޯޔޫއެއް
ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އަދި އައިސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަބަރުވިޔަފާރި ބަނދަރުގެ މަސައްކަތް އެމެރިކާއިން ބަލައިފި
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތިލަފުށީގައި ކުރިއަށްގެންދާ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް އެމެރިކާގެ އިސްވެރިއަކު އެމްޕީއެލްއާ ބައްދަލުކުރައްވައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި އެމެރިކާއަށް ބައިވެރިވެވޭނެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ތިލަފުށީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދަނީ ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލުކޮށްގެންނެވެ.
