ޗައިނާ-އެމެރިކާ

3 ލިޔުން

އެމެރިކާގެ ނިއުކްލިއާ ސައިންޓިސްޓަކު ޗައިނާ ޖަލުގައި ދެ އަހަރުދުނިޔެ

އެމެރިކާގެ ނިއުކްލިއާ ސައިންޓިސްޓަކު ޗައިނާ ޖަލުގައި ދެ އަހަރު

ޖާސޫސްކުރުމުގެ ތުހުމަތުގައި އެމެރިކާގެ ނިއުކްލިއާ ސައިންސްވެރިއެއް ކަމަށްވާ ޗެން ޔޫލިން ޗައިނާއިން ހައްޔަރުކޮށްގެން ގެންގުޅޭތާ ދެ އަހަރު ވެފައިވާތީ، އޭނާގެ އާއިލާއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އާއިލާއިން މި ތުހުމަތުތައް ދޮގުކުރި ނަމަވެސް، ޗައިނާ ސަރުކާރުން ބުނަނީ މި މައްސަލަ ކުރިއަށްދަނީ އެ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

ޓްރަމްޕް އިރާނަށް އަލުން ހަމަލާދޭން އިންޒާރު ދެއްވައިފިދުނިޔެ

ޓްރަމްޕް އިރާނަށް އަލުން ހަމަލާދޭން އިންޒާރު ދެއްވައިފި

އިރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެދެވޭ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އަލުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އިރާނުގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން އެގައުމުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، މިހާތަނަށް އެއްބަސްވެފައިވާ ކަންކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.