އެމެރިކާ ސަރުކާރާއެކު ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް

May 19, 2026, 1:20 PM
ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް ފޮރިން މިނިސްޓްރީން ކޮށްފި އެވެ.

އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓު ސެކްރެޓަރީ ނިކޯލް ޗޫލިކް ގެންދަވަނީ ރާއްޖެއަށް ދަތުރެއް ކުރައްވަމުންނެވެ.

އޭނާ ވަނީ އިއްޔެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަޝްވަރާ ކުރީ ދެ ގައުމުން އިތުރަށް ގުޅުން ބަދަހިކުރުމަށެވެ.

"މެރިޓައިމް ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް،" ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވެ އެވެ. 

ނިކޯލް ވަނީ އިއްޔެ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަހުމަދު ލަތީފްއާ ވެސް ބައްދަލުކުރައްވާފަ އެވެ. ސަރަހައްދީ ސެކިއުރިޓީ އާއި އިގުތިސާދީ ކުރިއެރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެމެރިކާގެ އެމްބަސީން ބުނެފައިވެ އެވެ. 

ނިކޯލް ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އޭނާ ވަނީ އެ ގައުމުގެ ބޯޑާ ޕެޓްރޯލްގެ ނެޝަނަލް ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. 

މި ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިވެހިރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ ވެސް މިދިޔަ މާޗު މަހު ޑިފެންސް މިނިސްޓަރާ ވެސް ބައްދަލުކުރެއްވި އެވެ. އޭނާއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox