އިރުތިޝާމް އާދަމް

6 ލިޔުން

ވިޔަފާރި ބަނދަރުގެ މަސައްކަތް އެމެރިކާއިން ބަލައިފިހަބަރު

ވިޔަފާރި ބަނދަރުގެ މަސައްކަތް އެމެރިކާއިން ބަލައިފި

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތިލަފުށީގައި ކުރިއަށްގެންދާ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް އެމެރިކާގެ އިސްވެރިއަކު އެމްޕީއެލްއާ ބައްދަލުކުރައްވައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި އެމެރިކާއަށް ބައިވެރިވެވޭނެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ތިލަފުށީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދަނީ ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލުކޮށްގެންނެވެ.

އިރުތިޝާމްގެ ފުރަތަމަ ރަސްމީ ދަތުރު އިންޑިއާއަށްހަބަރު

އިރުތިޝާމްގެ ފުރަތަމަ ރަސްމީ ދަތުރު އިންޑިއާއަށް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.