ހުލާސަކޮށް އިއްޔެ: ކެމްޕޭނު ނިންމުމާއި ޖެޓް ފިއުލް އަގުބޮޑުކުރުން

Apr 4, 2026, 7:02 AM
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތަކެއް ޕާކްކޮށްފައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތަކެއް ޕާކްކޮށްފައި.

ރާއްޖޭގެ ހަބަރުތަކުގެ ތެރެއިން އިއްޔެ އެންމެ ފާހަގަކޮށްލެވެނީ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ފެނިވަޑައިގެން، އެ މަނިކުފާނުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަ ފާސްކޮށްފައިވާ ބަދަލު ތަސްދީގުކުރަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިއަދު ނަގާ ވޯޓުގެ ކެމްޕޭނު ޕާޓީތަކުން އިއްޔެ ހަވީރު ނިންމާލުމެވެ. 

ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އިސްކޮށް ހުންނަވައިގެން ޕީއެންސީ މެންބަރުންނާއެކު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހިންގެވިއިރު، އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިޔައީ ކުރީގެ ދެ ރައީސުން ކަމުގައިވާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު ކުރީގައި ހުންނަވައިގެންނެވެ. 

މިއީ 2023 ގެ ރިޔާސީ އިންތިހާބާ ގުޅިގެން އުފެދުނު މައްސަލަތަކަށް ފަހު މި ދެ ބޭފުޅުން އެމްޑީޕީގެ މިފަދަ ހިނގާލުމެއްގައި އެކުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

އެމްއޭސީއެލްއިން ވިއްކާ ޗެޓްފިއުލް ވެސް އިއްޔެ ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ 1.99 ޑޮލަރަށް އުފުލިފަ އެވެ.

ތިރީގައި ވަނީ އިއްޔެ ހަބަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހަބަރުތަކެވެ. 

އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

އެމްއޭސީއެލްއިން ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.99 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، މިއީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ބަދަލު ގެނައި ތިންވަނަ ފަހަރު. މި ބަދަލާއެކު ތެލުގެ އަގު 67 އިންސައްތަ އުފުލިފައިވާއިރު، މީގެ ސަބަބުން ޓިކެޓްގެ އަގު ބޮޑުވެ ރާއްޖޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރޭ

ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ

ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު އުމުރުން 63 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ. އެ މީހާ މަރުވީ ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ނޭނގޭއިރު ވެސް އީސީން ދެކެނީ ރެފަރެންޑަމަށް ހޭލުންތެރި ކުރެވުނު ކަމަށް!

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި. އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައިވާ ކަމަށް.

މުއިއްޒުގެ ސުވާލެއް؛ މީގެ 19 އަހަރު ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގިއިރު ދިވެހިން މާ ތަސައްރަފު ފުދޭ ނޫންތޯ؟

ރާއްޖޭގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ތައްޔާރުވަމުންދާއިރު، މީގެ 19 އަހަރު ކުރިން އެފަދަ ވޯޓެއް ނެގިއިރު އަމަލުކުރި ގޮތަށްވުރެ މިހާރުގެ ކަންކަން ތަފާތުކަން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ނިޒާމީ ވޯޓު ނެގުމަށް އޭރުގެ ރައީސާއި ހާއްސަ މަޖިލީހުން ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، އޭރު ދިވެހިން މާ ބޮޑަށް ތަސައްރަފު ފުދިފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ރިޝްވަތުގެ ގޮތުގައި އުމުރާ ދަތުރެއް

މި ވާހަކައިން އެނގެނީ މުސްލިމުންގެ އަމަލުތައް ގޯސްވެ، ދީނާ ދުރަށް ދިއުމުން، މާތްﷲ އެބައިމީހުންގެ މައްޗަށް ދުޝްމަނުން ގަދަކުރައްވާކަން. އިލްމުވެރިޔާ ދެއްވި މިސާލަކީ، ބަކަރިތައް މަގުއޮޅުމުން އެ އެއްޗެހި އަނބުރާ ގެނައުމަށް ކުއްތާ ފޮނުވާ ފަދައިން، މުސްލިމުން އިސްލާހުކުރުމަށްޓަކައި ތަތާރުން ފަދަ ބަޔަކު ފޮނުއްވި. މިއީ މުސްލިމުން އަލުން ދީނަށް ރުޖޫއަވުމަށް ދެއްވާ ފުރުސަތެއް

ނޫނެކޭ ބުނަންވީ ގާނޫނުއަސާސީގެ ސަތޭކަ އެގާރައިގެ ދިފާއުގައި!

އިންތިހާބީ އޮޅިގަނޑު ބަޔާންކުރަނީ 111 ވަނަ މާއްދާގަ އެވެ. އެ މާއްދާ ބަދަލުކުރުމަށް ރެފަރެންޑަމަކަށް ދާކަށް ނުޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ސްޓޭމްޕް ޖަހައިދޭ މަޖިލީހުން އެކަން ކޮށްލީމާ ނިމުނީ އެވެ. އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދުމެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox