ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެއް ފަހަރު

ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ: އިންތިހާބުގައި ވޯޓުލާ މަރުކަޒަށް ގޮސް އެއް އިންތިހާބަށް ވޯޓުލުމަށްފަހު، ފަހުން އަނެއްކާ ހިޔާލު ބަދަލުވިޔަސް ދެވަނަ އިންތިހާބަށް ވޯޓުލާން ފުރުސަތު ނުލިބޭނެ ކަމަށް އިލެކްޝަނުން ބުނޭ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ: އިންތިހާބުގައި ވޯޓުލާ މަރުކަޒަށް ގޮސް އެއް އިންތިހާބަށް ވޯޓުލުމަށްފަހު، ފަހުން އަނެއްކާ ހިޔާލު ބަދަލުވިޔަސް ދެވަނަ އިންތިހާބަށް ވޯޓުލާން ފުރުސަތު ނުލިބޭނެ ކަމަށް އިލެކްޝަނުން ބުނޭ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެއްފަހަރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އިލެކްޝަންސްގެ ނައިބުރައީސް އަދި ތަރުޖަމާނު އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ ވޯޓުލާ މަރުކަޒަށް ގޮސް އެއް އިންތިހާބަށް ވޯޓުލާފައި، ވޯޓުނުލާ އިންތިހާބަށް ފަހުން ވޯޓުލާން ފުރުސަތު ނުލިބޭނެ ކަމަށެވެ. 

"ނުލިބޭނެ. އެ ފުރުސަތެއް ނުލިބޭނެ. އޭރަށް އޮންނާނީ ހަމަ އިނގިލީގެ ފާހަނގަ ޖަހައި ސިސްޓަމްގައި ހުރިހާ އެއްޗެެއް ކައުންޓުކޮށް ނިމިފައި. ވޯޓުލާ މަރުކަޒުން ނުކުމެފައި ދެވަނަ ފަހަރަކަށް ގޮސްފައި ވޯޓުލާކަށް ނުލިބޭނެ،" ސޮލާހު ވިދާޅުވި އެވެ. 

Advertisement

މިގޮތުން އިންތިހާބުގައި އެއް އިންތިހާބެއްގައި ވޯޓުލުމަށްފަހު މަރުކަޒުން ނުކުތުމުމަށްފަހު، ފަހުން ހިޔާލު ބަދަލުވެގެން ހުރިހާ އިންތިހާބެއްގައި ވޯޓުލާން ބޭނުންވިޔަސް އެ ފުރުސަތު ނުލިބޭނެ ކަމަށް ސޮލާހު ވިދާޅުވި އެވެ.  

އިންތިހާބުގައި ވޯޓުލާން ޖުމްލަ ތިން ކަރުދާސްކޮޅެއް ދޭނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކަރުދާސްކޮޅާއި ޑަބްލިއުޑީސީ އިންތިހާބުގެ ކަރުދާސްކޮޅުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސްކޮޅެވެ. 

ވޯޓުލާން ދާ މީހަކަށް އެ މީހަކު ބޭނުންވާ އިންތިހާބަކަށް އެކަނި ވޯޓުލުމުގެ އިހުތިޔާރު ލިބިގެންވެ އެވެ. މިގޮތުން އެމީހަކު ވޯޓުނުލާ އިންތިހާބެއް މަރުކަޒުގައި އިއުލާންކުރާނެ އެވެ. 

މިއަދު ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 ޖަހާއިރަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1592 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. 

މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބިފައިވެ އެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox