ވޯޓުލާންދާ އެންމެން ވެސް ހުރިހާ ވޯޓު ކަރުދާހެއް ނަގަން އިލްތިމާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އަދި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާސްކޮޅާ މީހަކު ހަވާލުވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އަދި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާސްކޮޅާ މީހަކު ހަވާލުވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ވޯޓުލާންދާ ހުރިހާ އެންމެން ވެސް މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާސްކޮޅުތައް ނެގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިލްތިމާސްކޮށްފި އެވެ.

ޓްރާންސްޕޭރެންސީން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދުގެ ވޯޓުލުމުގެ ކަންކަން އެ ޖަމިއްޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން، 15 އަތޮޅެއްގައި އެ ޖަމިއްޔާގެ މޮނީޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ ވޯޓުލާންދާ މީހަކު ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެއް ވޯޓު ނުލާން ބޭނުންވާ ހާލަތުގައި އެމީހެއްގެ މައުލޫމާތު އާންމު ކުރަން ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށެވެ.

އެ ނިންމުމަކީ ކުރިއާލައި ރައްޔިތުންނަށާއި އިންތިހާބުގެ މަސްލަހަތުވެރިންނަށާއި އިންތިހާބު ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އޮފިޝަލުންނަށް ތަމްރީނުތަކުގައި ކިޔާދެވިފައި ނުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ނިންމުމުގެ ސަބަބުން އެކި ވޯޓުލާ މަރުކަޒުތަކުގެ އިދާރީ ރޭވުންތަކާއި ވޯޓުގެ އިޖުރާއަތުގައި ތަފާތުތަކެއް ހުރެ އޮޅުންއެރުމުގެ ފުރުސަތު ބޮޑުވެ ރައްޔިތުންގެ ވޯޓުގެ ސިއްރުކަން ގެއްލުމަކީ ޓްރާންސްޕޭރެންސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.

"ޓްރާންސްޕޭރެންސީ މޯލްޑިވްސް ބާރުއަޅަނީ ވޯޓުލާން ދާ ފަރާތްތަކުން ހުރިހާ ވޯޓު ކަރުދާހެއް ހޯދުމަށް އެދި، އެ ފަރާތްތަކުގެ ވޯޓުލާން ބޭނުންވާ ގޮތް ވޯޓުލާ ބޫތުގައި އިހުތިޔާރު ކުރުމަށެވެ. ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލާ މީހަކު ވޯޓުލުމަށް ނުވަތަ ނުލާން ނިންމާ ނިންމުމެއް، ވޯޓުލާ އޮފިޝަލުންނަށް އަންގާ އޮބްޒާވަރުންނަށް އިއުލާނުކުރާކަށް ނުޖެހޭނެކަން ފާހަގަ ކުރަން،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ ވީހާ ވެސް ގިނަ މީހުން ނުކުމެ، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ޓްރާންސްޕޭރެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދުގެ ވޯޓުލުމަށްފަހު ވެސް ސުލްހަވެރިކަމާއެކު ހަމަޖެހުން ގާއިމުކުރެވިފައި އޮތްކަން ކަށަވަރު ކުރުަމަށް ކަމާބެހޭ އިދާރާތަކަށް ޓްރާންސްޕޭރެންސީން އިލްތިމާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox