އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

Apr 3, 2026, 4:11 PM
VIA. -- Photo: MACL

VIA. -- Photo: MACL

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ ސަޕްލައި ބުރޫއަރައި، ތެލާއި ތެލުގެ އުފެއްދުންތަކުން އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި، މޯލްޑިލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. 

އެމްއޭސީއެލްއިން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ 1.99 ޑޮލަރަށް އުފުލިފަ އެވެ.

މިއީ ފެބްރުއަރީ 28، ގައި އިރާނު ހަނގުރާމަ ފެށުނު ފަހުން މިއީ ޖެޓް ފިއުލްގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. އެ ހަނގުރާމަ ފެށުމުގެ ކުރިން ޖެޓް ފިއުލް ލީޓަރެއް ވިއްކަމުން ދިޔައީ 1.19197 ޑޮލަރަށެވެ.

Advertisement

ނަމަވެސް، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އަގުތައް އުފުލިފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ؛

  • މާޗު 9: 1.69 ޑޮލަރަށް
  • މާޗު 28: 1.85 ޑޮލަރަށް 
  • އޭޕްރީލް 3 (މިއަދު): 1.99 ޑޮލަރަށް 

މި ބަދަލުތަކާއެކު، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޖެޓް ފިއުލްގެ އަގަށް ވަނީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ބޮޑުވުމެއް އައިސްފަ އެވެ.

ޖެޓް ފިއުލްގެ އަގު އުފުލުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށާއި ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއާލައިންތަކުގެ ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ތެލަށް ހޭދަވާތީ، ތެލުގެ އަގު އުފުލުމަކީ އެއާލައިންތަކުން ފިއުލް ސާޗާޖް ބޮޑުކޮށް، ޓިކެޓުގެ އަގު އުފުލަން މަޖުބޫރުވާނެ ކަމެކެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުކޮށް، މުޅި އިގްތިސާދަށް އޭގެ އަސަރު ކުރާނެ އެވެ. 

"މިއީ އިންޑަސްޓްރީ އަށް އަދި ރާއްޖޭގެ ޓޫރިޒަމަށް ވެސް ގެއްލުން ލިބޭނެ ކަމެއް. ޖެޓް ފިއުލުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ޓިކެޓުގެ އަގަށް އަންނާނެ،" އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ޖެޓް ފިއުލްގެ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ނުލިބުނެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ، ފައިދާ ލާފައި ނޫނީ ޖެޓް ފިއުލް ނުވިއްކަން އެމްއޭސީއެލްއަށް އިރުޝާދު ދީފައިވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox