ސަރުކާރުގެ އަމާޒަކީ ރާއްޖޭންނާއި ރާއްޖޭން ބޭރުން ދިވެހި ދަރިވަރުންނަށް ތައުލީމު ފުރުސަތުތައް އިތުރުކުރުން: ރައީސް

Jul 19, 2022, 7:02 PM
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްއާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެވޭ ކަމަކަށް އޮތީ ތައުލީމީ ހުނަރުވެރި ޖީލެއް ބިނާ ކުރުން ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން." ރައީސް ސޯލިހް ވިދާޅުވި އެވެ.

މި ފުރުސަތުތައް އިތުރު ކުރުމަށް ޓަކައި ސަރުކާރުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި ދަރިވަރުން މަދު ރަށްރަށުގައި ސެޓެލައިޓް ސްކޫލްތައް ގާއިމްކޮށް އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި އެ ރަށެއްގައި ތިބެގެން އިބްތިދާއީ ތައުލީމު ހޯދުމުގެ ފުރުސަތު ގާއިމް ކުރެވިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ފަހުން އިތުރު ރަށްރަށުގައި ސާނަވީ އަދި މަތީ ސަނާވީ ތައުލީމު ފެށިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ފުރަތަމަ ޑިގްރީ ހިލޭ ފޯރުކޮށްދިނުމުގެ ސިޔާސަތާއި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް ކުޑަކުރުމުން އިތުރު ދަރިވަރުންނަށް އެ ފުރުސަތުތައް ލިބިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރަށްރަށުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއާ ކޮލެޖްތައް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާއިރު އެ މަރުކަޒުތައް މެދުވެރިކޮށް ޒުވާނުންނަށް އިތުރު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރު ފުރުސަތުތަކެއް ގާއިމްވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސަތަށް ގެނުވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި އަދި މިކުރެވޭ ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް، އެއް ކަމަކީ އެއް އަހަރުން އަނެއް އަހަރަށް ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އައުން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް މިރޭ ހާސިލް ކުރީ ހަ ދަރިވަރުންނަކީ ވެސް އަންހެން ދަރިވަރުންނެވެ. އެއީ މާލެ ސިޓީގެ ސީ.އެޗް.އެސް.އީގެ ފަސް ދަރިވަރަކާއި، ހދ. ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެކެވެ.

ރައީސް ވަނީ އެ ދަރިވަރުންނަށް ބައެއް ކަންކަމަށް އިލްތިމާސް ކުރައްވައިފަ އެވެ. އެ ގޮތުން، އިގްތިސޯދީ މައްސަލަތަކާއި ސިއްހީ ކާރިސާތަކާއި ތިމާވެށީގެ އަސަރުތަކާއި ދީނީ ގޮތުން ފަތުރަމުންދާ ނުރަނގަޅު ފިކުރުތަކަށް ދަރިވަރުން ސަމާލުވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox