ހަސަން ޒަރީރަކީ މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅެކެވެ. ދިވެހިބަހާއި ތާރީހަށް އޭނާގެ ހިތުގައި އޮތީ ހާއްސަ ލޯތްބެކެވެ. ދިވެހިރާއްޖޭގެ ތާރީހާއި އާދަކާދަތަކާމެދު މިހާރުގެ ޖީލު ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަސަން ޒަރީރު މަސައްކަތް ކުރައްވަނީ އެއީ އޭނާއަށް ލިބޭ ހާއްސަ އުފަލެއް ކަމުގައި ދެކިގެންނެވެ.