އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ 60 ޕަސެންޓު ދާއިރާތަކަށް ދޭން ފާސްކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން އަތް ހިއްލައި ވޯޓެއް ދެނީ. އެޕާޓީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ދޫކުރަން ރޭ ފާސްކުރި. ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއަޓް

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން އަތް ހިއްލައި ވޯޓެއް ދެނީ. އެޕާޓީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ދޫކުރަން ރޭ ފާސްކުރި. ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއަޓް

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓު، އެޕާޓީގެ އެކި ދާއިރާތަކާއި ގޮފިތަކަށް ދޫކުރަން ރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުމުގައި ފާސްކުރި ގަރާރުގައިވާ ގޮތުން ދާއިރާ ތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ބަހާނީ ދާއިރާތަކަށް ހަމަހަމަކޮށެވެ. އަދި، ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 ޕަސެންޓް ބަހައިލާނީ ދާއިރާގެ ރަށްތަކަށް ހަމަހަމަކޮށެވެ. އެކަމަކު ދާއިރާތަކަށް ދޫކުރާ ފައިސާގެ 45 ޕަސެންޓް ބަހާނީ ދާއިރާތަކުގައި މެމްބަރުން ތިބި ނިސްބަތުންނެވެ.

ދާއިރާތަކަށް ދޫކުރާ ފައިސާ (އެމްޑީޕީއަށް ދައުލަތުން ދޫކުރާ ފައިސާ)ގެ 60 ޕަސެންޓުގެ ތެރެއިން 10 ޕަސެންޓް ބަހައްޓާނީ އެގަރާރުގައިވާ ގޮތުން ވަކި ދާއިރާއަަކަށް ހާއްސަ ނުކޮށެވެ. އެއީ ދާއިރާއެއްގައި ކުރަން ޖެހިދާނެ، ކެމްޕޭން ފަދަ ހަރަކާތްތަކަށް ހަރަދުކުރުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރަކީ އެޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)ގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ) އާއި އެޕާޓީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ގުޅިވަޑައިގެން ހުށަހެޅުއްވި ގަރާރެކެވެ.

އިބްރާހީމް ވަހީދު "އަދަދު" އަށް ވިދާޅުވީ ރޭ ފާސްކުރި ގަރާރު ފާސްކުރުމުން، އެ ޕާޓީއަށް މިއަހަރު ދޫކޮށްފައި ހުރި ފައިސާ، ގަރާރުގައިވާ އުސޫލުން ދާއިރާތަކަށް ދޫކުރާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަހަރު 15.02 މިލިއަން ރުފިޔާ އެމްޑީޕީއަށް ދޫކޮށްފަ އެވެ.

" އެ [ފައިސާ] ދޫކުރާނެ އުސޫލެއް ރޭ ފާސްކުރީ. ދެން މިއަހަރު ލިބިފައި ހުރި ފައިސާވެސް ދޫކުރަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕިއަށް ދައުލަތުން ދޫކުރާ ފައިސާއިން ބަައެެއް އެޕާޓީގެ ދާއިރާތަކަށް ދޫކުރުމަކީ އެޕާޓީގެ ޗެެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމަގާމަށް ވަޑައިގަންވަން ކުރެއްވި ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ. އިބްރާހީމް ވަހީދަކީ އެ ކެމްޕޭންގައި ކެމްޕޭން މެނޭޖަރެވެ.

ފައްޔާޒު އޭރު ވިދާޅުވީ އެމްޑީޕީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓް ރަށްރަށަށް ބަހާލައިފި ނަމަ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގަން ކޮންމެވެސް ވަރެއްގެ އެހީތެރިކަމަކަށް ވާނެ ކަމަށެވެ. އެއީ އެޕާޓީއަށް ދައުލަތުން އަހަރަކު 12 މިލިއަން ވަރު ލިބޭތީ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox