ނިމިދިޔަ ހަފްތާ: ޔޯގާ ހަރަކާތް ހުއްޓުވަން ހަމަނުޖެހުން، ބޮޑު ތަހުގީގެއް ފަށައި ގިނަ ބަޔަކު ހައްޔަރަށް

ނިމިދިޔަ ހަފްތާ: ޔޯގާ ހަރަކާތް ހުއްޓުވަން ހަމަނުޖެހުން، ބޮޑު ތަހުގީގެއް ފަށައި ގިނަ ބަޔަކު ހައްޔަރަށް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ބޮޑު ތަހުގީގެއް ފަށައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ.

މި މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެ އެވެ. އެ އެންމަނަށް ވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފަ އެވެ.

އެގޮތުން، ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ހަމައެހެންމެ، މުހައްމަދު ނަދީމް, ވީނަސް ކ. ތުލުސްދޫ, މުހައްމަދު މައުސޫމް, ހެޕީސައިޑް ތ. މަޑިފުށި, މުހައްމަދު ހުސެއިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަހުމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އަދި އަހުމަދު ނަސޫހު، ގއ. މާމެންދޫ، އަސްރަފީވިލާ އާއި އަބްދުﷲ ރިފާއު، ތ. ތިމަރަފުށި ނަރުގިސްވިލާ ވަނީ ދެ މަސް ދުވަހަށް ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ. ކަނުހުރާ ބަންދުކުރީ ފަސް ދުވަހަށެވެ.

މި މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ބައިވަރު ސެކިއުރިޓީ ބްރީޗްތަކެއް ހިނގަން މެދުވެރިވި ގޮތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެތަނުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އެ އޮޕަރޭޝަންގެ ހާއްސަ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަން ހަމީދު ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ، ހަރަދުތައް ފޫބައްދަން ދަތިވެފައިވާކަމަށް ބުނެ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އެންގީ ވެސް މިދިޔަ ހަފްތާގަ އެވެ.

އެގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ. އަދި، މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރަސްމީކޮށް ހަވާލުވީ ވެސް މިދިޔަ ހަފްތާގަ އެވެ. މިހާރު އެޗްޑީސީން އަންނަނީ މި އެޕާޓްމަންޓުތައް ގަންނަން ޝައުގުވެެރިކަން ހުރި މީހުންނަށް މޮކް އަޕް އެޕާޓްމަންޓު ދައްކާލަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ މި ދުވަސްވަރުގައި ދަތުރުފަތުރުތައް އިތުރުވާނެ ކަމަށް ވެސް ބެލެވޭތީ އެ ކަމުގައި ސަމާލުވާން އެޗްޕީއޭއިން އެދުނީ ވެސް މިދިޔަ ހަފްތާގަ އެވެ. ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އޭގެ ތެރޭގައި އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓްތައް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރުކުރާ އުޅަނދުތަކުގައި ވެސް މާސްކް އަޅަން އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދިވެހިރާއްޖޭގައި އަޅަން މަސައްކަތް ކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވާފައިނުވާނެ ކަމަށާއި އެހެންނަމަވެސް ޓޫރިޒަމް ލީޒްއެއްގެ ދަށުން ދޫކޮށްފައިވާ ފަޅުތަކުގައި ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ގާނޫނު ތަން ނުދޭ ކަމަށް އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވީ ނިމިދިޔަ ހަފްތާގަ އެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް މިއަދު އޭޖީ އޮފީހުން ބުންޏެވެ.

ޓޫރިޒަމު ސިނާއަތަށް ލިބެމުންދާ ކުރިއެރުމާ އެކީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ މިދިޔަ ހަފްތާގަ އެވެ. މީރާއިން އާންމުކޮށްފައިވާ ބޭރު ފައިސާ އާމްދަނީގެ ރެވެނިޔު ސީރީސްގައި ހުރި އަދަދުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 374 މިލިއަން އެމެރިކާ ޑޮލަރު (5.7 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި އާ ރައީސަކު އިންތިހާބުކުރުން
  • ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަރަދު ކުރާ ގޮތް އީސީން ބަލަން ފެށުން
  • އިޔާޒުއަށް ވަޒީފާ އަނބުރާ ދިނުމަށް ޓްރިބިއުނަލުން އަމުރުކުރުން
  • ކުޅުދުއްފުށީގެ 10 އަހަރުވީ ރޯހައުސްތައް ހަވާލުކުރަނީ
  • ދަނޑުގައި ހަމަނުޖެހުން ހިންގީ ސަރުކާރުން ރާވައިގެން ކަމަށް ތުހުމަތު ކުރުން
  • އެންމެ ފަހުން ބާ އިމްތިހާން ނޮވެމްބަރު މަހަށް ފަސްކުރުން
  • މަހުލޫފަށް މަރުގެ އިންޒާރު ދިނުމުން މައްސަލަ ފުލުހަށް ހުށަހެޅުން
  • ތެޔޮ ލީޓަރަކުން 2ރ. ބޮޑުކުރުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  • މަތީ ތައުލީމު ހާސިލް ކުރުމަށް ދޫކުރާ "ސްޓޫޑެންޓް ލޯން" ނުދައްކާ މައްސަލައާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މި ރިޕޯޓު މެދުވެރިކޮށް ފާތިމަތު އަޖުފާން ވަނީ ގެނެސްދީފަ އެވެ.
  • ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާއިރު އެ އިސްލާހުތަކާ އެކު އަންނާނެ އިންގިލާބީ ބަދަލުތަކުގެ ތަފްސީލުތައް މި ރިޕޯޓުގައި ނާޒިމް ހަސަން ވަނީ ގެނެސްދީފަ އެވެ. ގާނޫނާއެކު އަންނާނޭ ބައެއް ބަދަލުތަކުގެ ތެރޭގައި، ޑިސްޓްރިކްޓް ކޯޓު އުފެދުމާއި، މިހާރު ހިންގަމުންދާ މެޖިސްޓްރޭޓް ކޯޓުތަކަށް އަންނަ ބަދަލުތައް ހިމެނެ އެވެ.
  • މިއީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު މި ގާނޫނާ އެކު ޝަރީއަތް ކުރުމަށް އަންނާނެ ބަދަލުތަކާއި އެ ގާނޫނުގެ ސަބަބުން ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކާ ގުޅޭގޮތުން މުހައްމަދު އުޝާމް ގެނެސްދީފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox