ވިނަރެސް ފްލެޓުތަކާ އެޗްޑީސީން ހަވާލުވެއްޖެ; އަންނަ މަހު ވިއްކަން ފަށަނީ

ވިނަރެސް ފްލެޓުތައް: މިއީ މެދު ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ފްލެޓުތަކެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިނަރެސް ފްލެޓުތައް: މިއީ މެދު ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ފްލެޓުތަކެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވާ އަދި ގިނަ ވަޒީރުންތަކާއި ޗައިނާ އެމްބަސީގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން މި ފްލެޓުތަކާ ހަވާލުވެވަޑައިގެންނެވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ހިންގި މި މަޝްރޫއުގެ ދަށުން އަޅާފައިވާ 13-11 ބުރީގެ 10 ޓަވަރުގެ އެކްސްޓީރިއާ އެއްކޮށް ނިމި އިންޓީރިއާ މަސައްކަތުގެ ބޮޑު ބައި ނިމުނު ނަމަވެސް މިއަދު އެޗްޑީސީއާ ހަވާލުކުރީ ދެ ޓަވަރެވެ.

ބާކީ ހުރި ޓަވަރުތަށް ވެސް ވަރަށް އަވަހަށް އެޗްޑީސީއާ ހަވާލުކުރާނެ އެވެ.

ވިނަރެސް ފްލެޓުތަކާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ހަވާލުވެވަޑައިގަންނަވަނީ:
ވިނަރެސް ފްލެޓުތަކާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ހަވާލުވެވަޑައިގަންނަވަނީ:

ވިނަރެސް ފްލެޓުތަކާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ހަވާލުވެވަޑައިގަންނަވަނީ: ވިނަރެސްއަކީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު ދެވަނައަށް އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ޓަވަރުތަކުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓު ހުރެ އެވެ. މިއީ މެދު ފަންތީގެ އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްފައިވާ "މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" ތަކެވެ. މިތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.

ވިނަރެސް ފްލެޓުތަކާ ގުޅޭ މުހިންމު މައުލޫމާތު

  • އެޕާޓްމަންޓެއްގެ އަގު އުޅެނީ 2.5-3 މިލިއަން ރުފިޔާއާ ދެމެދު
  • ޝަރުތަކީ 18 އަހަރުފުރިފައިވާ މާލޭ ރަށްވެއްސަކަށް ވުން
  • މާލޭގެ ރަށްވެއްސެއް ނޫނަސް ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 އެޕާޓްމަންޓު
  • އެއްވެސް ބިމެއް ނޫނީ އެޕާޓްމަންޓެއް މީގެ ކުރިން ގަނެފައިވާނަމަ ކުރިމަތި ނުލެވޭނެ
  • ސަރުކާރުގެ މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ
  • މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 61،000ރ. އަށް ވުރެ ބޮޑު ވާނަމަ ބައިވެރި ނުވެވޭނެ
  • އެޕާޓްމަންޓަށް ފައިސާ ދައްކަމުން ގޮސް ތަން އަމިއްލަކުރެވޭ (ހަޔާ ޕާޗޭސް މޮޑެލް)
  • އެއް ފަހަރާ ފައިސާ ދެއްކައިގެންނާއި ބޭންކުތައް ފަދަ މާލީ އިދާރާއެއް މެދުވެރިކޮށް (އެންޑް ޔޫސާ ފައިނޭންސް ޕޭމަންޓް މޮޑެލް) ފައިސާ ދެއްކޭ

މިހާރު އެޗްޑީސީން އަންނަނީ މި އެޕާޓްމަންޓުތައް ގަންނަން ޝައުގުވެެރިކަން ހުރި މީހުންނަށް މޮކް އަޕް އެޕާޓްމަންޓު ދައްކާލަމުންނެވެ.

މިކަަމަށް ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ވިނަރެސް އެޕާޓްމަންޓު ބަލާލަން ކުރިން ހުޅުވާލި މުއްދަތުގައި ބުކިންތައް ފުލް ވެގެން އެޗްޑީސީން ވަނީ މި މަހުގެ ނިޔަލަށް އެ މުއްދަތު ދައްމާލާފަ އެވެ.

ފްލެޓުތަކާ ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އަންނަ މަހު މި އެޕާޓްމަންޓުތައް އާންމުންނަށް ވިއްކަން ހުޅުވާލާނެ އެވެ.

އެޗްޑީސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ ތެރޭގައި މި އެޕާޓްމަންޓުތަކަށް މީހުންނަށް ވަދެވޭ ވަރު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox