ހުލާސާކޮށް އިއްޔެ: ހުކުރު ދުވަހު އޮންނަ "އިންޑިއާ އައުޓް" ހުއްޓުވާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުން

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމެއްގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމެއްގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ ހިނގާލުން ފުލުހުން ހުއްޓުވާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވީ އިއްޔެ އެވެ.

އޭނާ މިހެން ވިދާޅުވީ ތ. އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަޑައިގެންނެވެ.

އެ ޖަލްސާގައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނު ފުލުހުން ނުހުއްޓުވަނީ ކީއްވެގެންތޯ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން އިއްޔެ ވިދާޅުވީ، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ހަރަކާތެއް ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް އިދިކޮޅު ކޯލިޝަނަށް އަންގާފައިވާނެ ކަމަށް އިމްރާން އިއްޔެ ވިދާޅުވި އެވެ.

"އެ ބޭފުޅުންނާ ވެސް ވާހަކަ ދެކެވިފައިވޭ. ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވާނީ އަންގާފައި،" އޭނާ އިއްޔެ ވިދާޅުވި އެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ އެކި ފަހަރުމަތިން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އިންޑިއާ އައުޓާ ގުޅިގެން ހޫނު ބަހުގެ ހަމަލާތަކެއް

އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އުތުރުތިލަފަޅަކީ އެގައުމުގެ ސިފައިންގެ އަސްކަރީ ބޭސްއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ ނޫސް ބަޔާނެއް ވެސް ނެރުނެވެ.

ޔާމީން ވަނީ އުތުރު ތިލަފަޅަކީ އިންޑިއާގެ ސިފައިން ތިބޭ އެގައުމުގެ އަސްކަރީ ބޭސްއެއް ކަމަށާއި އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަންނަން ހުއްދަ ނަގަން ނުޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެ ކެމްޕޭނުގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ވެސް ކުރެއްވި އެވެ. ރާއްޖޭން އިންޑިއާ އާ އެކު ވެފައިވާ އެއްބަސްވުންތަކުން އެފަދަ ހުއްދަތަކެއް އިންޑިއާއަށް ނުދޭ ކަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރި ދިރާސާތަކުން އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތުގައި އެއްބަސްވުންތަކާ ގުޅިގެން ނަޝީދު ހިމެނޭ ގޮތަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ގޮންޖައްސަވާ އެއްބަސްވުންތަކުގައި ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމަށް ވިދާޅުވަނީ އެކަން އެނގޭތީ ކަމަށް ވިދާޅުވެފަ އެވެ. ޔާމީން ވަނީ މިއީ އިންޑިއާގެ "ގޮނޑިކޮއްކޮ ސަރުކާރެއް" ކަމަށާއި މި ސަރުކާރުގައި ތިބީ އިންޑިއާގެ "އަޅުންތަކެއް" ކަމަށް ވެސް ވިދާޅުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކްރިމިނަލް ކޯޓުން މަހުލޫފުގެ މައްސަލަ ބޭރުކޮށްލީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކަކަށް ރިޔާއަތް ނުކޮށް ކަމަށް ކަނޑައަޅާ، އެ ދައުވާ ކުރިއަށް ގެންދިއުމަށް ހައިކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ގަސްދުގައި ގޯސް ހަދާ ފުލުހުންގެ މައްސަލައެއް ރިޕޯޓުކޮށްފައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުންޏަކުން އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގަމުންދިޔަ ސްކީމުގައި، މަކަރުން ފައިސާ ހޯދާ ޕޮންޒީ ސްކީމާ ވައްތަރު ކަންކަން ހުރުމުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅަމުން ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ވަނީ:

"މަދަނީ މިންގަނޑުން ބަލާއިރު، އަހްމަދު މަހުލޫފްގެ މައްޗަށް މި ދައުވާ ކުރެވެން އޮތް ކަމަށް ގަބޫލުކުރެވޭތީ، މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމުގައި ކަނޑައަޅާ، މި ދައުވާ ބެލުމަށް އަންގަން ޖެހޭނެ ކަމަށް ދެކެން,"

ދުވަހުގެ ފޮޓޯ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ. ތިމަރަފުށިން ޒޯން ފަހެއްގެ ތަށި ދިފާއުކުރީ ފ. ބިލެއްދޫ 15-0 އިން ބަލި ކުރުމަށް ފަހު -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ. ތިމަރަފުށިން ޒޯން ފަހެއްގެ ތަށި ދިފާއުކުރީ ފ. ބިލެއްދޫ 15-0 އިން ބަލި ކުރުމަށް ފަހު -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ. ތިމަރަފުށިން ޒޯން ފަހެއްގެ ތަށި ދިފާއުކުރީ ފ. ބިލެއްދޫ 15-0 އިން ބަލި ކުރުމަށް ފަހު -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ދިރާސާތަކުން ކިޔާލުމަށް

"ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ރިޕޯޓް 2020"

މިއީ ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ދަށުން މީހުން ބަލަހައްޓާ ދައުލަތުގެ އެކި ތަންތަނަށް ޒިޔާރަތްކުރުމަށް ފަހު އެތަންތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާ އަދި އެތަންތަނުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox