ފުލުހުންގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި

Jun 2, 2026, 10:29 AM
ޕޮލިސް ކޮމިޝަނަރާއެކު ބައެއް ސީނިއާ އޮފިސަރުންތަކެއް

ޕޮލިސް ކޮމިޝަނަރާއެކު ބައެއް ސީނިއާ އޮފިސަރުންތަކެއް

ފުލުހުންގެ އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ. 

މި ބަދަލުތައް ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ. މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. 

އައު އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ކޮމިޝަނާސް އޮފީސް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން، ޕްރޮފެޝަނަލް ސްޓެންޑާޑްސް، ނޭޝަނަލް އިންޓެލިޖެންސް ސާވިސް، އަދި އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް ހިމެނެ އެވެ.

Advertisement

އޭގެ އިތުރުން ފޮރެންސިކް ސާވިސަސް، ސެންޓްރަލް އިންވެސްޓިގޭޝަންސް، މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ނޮދަން ޕޮލިސް، ސަދަން ޕޮލިސް، ސާވިސް ޑިވެލޮޕްމަންޓް، ސާވިސް ސަޕޯޓް އަދި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ހިމެނެ އެވެ. 

އެ މަގާމުތަކަށް އައްޔަނުކުރަނީ ކޮން އޮފިސަރުންތަކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

މި އޮނިގަނޑާ އެއްގޮތަށް ހންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ވަނީ މުޅިން އައު ކޮމިޝަނަރެއް އައްޔަނުކޮށްފަ އެވެ. އެއީ ފުލުހުންގެ ވަޒީފާއިން މީގެކުރިން ކަނޑާލާފައި ހުރި އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. މި ބަދަލުތަކަކީ ޓޫފޯ އެ މަގާމާ ހަވާލުވުމަށް ފަހު އިދާރީ ހިންގުމަށް ގެންނަ އެންމެ ބޮޑެތި ބަދަލުތަކެވެ. 

މިދިޔަ ސަރުކާރުގައި ޓޫފޯ މަގާމުން ވަކި ކުރީ، ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ ފުލުހުންގެ ސީނިއާ އޮފިސަރުން މަގާމުން ވަކި ކުރަންޖެހޭނެ ކަމަށް ފުލުހުންގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުންނެވެ. 

ފުލުހުންގެ ލޯންޗުތަކެއް ގަތުމުގައި ޓޫފޯ ކޮރަޕްޝަން ހިންގައި ފައިސާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ބެލި އެވެ. އެ މައްސަލަ މިފަހުން އަނެއްކާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށްނުދެ އެވެ.

ފުލުހުންގެ ހިދުމަތުން އޭނާ ވަކިކުރަން އޯގަސްޓު 9، 2021، ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައަށް ވެސް ރިއާތަތް ކުރުމަށްފަހު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021، ގަ އެވެ.

އައު އޮނިގަނޑަކަށް އަމަލުކުރަން ފުލުހުން ފަށާފައިވާއިރު އެ އިދާރާއަށް އަމާޒުވަމުންދާ ފާޑުކިޔުން ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox