އިމްރާން އަބްދުﷲ
194 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: އިހުތިރާމް ކެމްޕޭން، ހިޔާނާތުގެ ތުހުމަތު
މުޖުތަމައުގައި އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ގައުމީ މަޝްރޫއެއް ފަށާފައިވާއިރު، މި ހަރަކާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރި ކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ރަސްމާލެ މަޝްރޫއުގައި ހިޔާނާތް އެކުލެވޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނިކޮށް، އަދާލަތު ޕާޓީން ވަނީ ސަރުކާރަށް ތާއިދުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އޭއައި ކުންފުންޏެއް ކަމަށްވާ "ސިނެޓެކްސް" އިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރަން ވަނީ ފަށާފައެވެ.
ހަބަރުއުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި
ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
