ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ޔާމީންގެ ތާއިދު ސޯބެއަށް

އެމްޑީޕީގެ ދެ ސަރުކާރުގައި ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ނަޝީދު އާއި ސޯލިހުގެ މެދުގައި ޔާމީން. އިދިކޮޅު ދެ ޕާޓީ ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ފަށާފައި —— ފޮޓޯ: މުހައްމަދު ޝަރުހާން

އެމްޑީޕީގެ ދެ ސަރުކާރުގައި ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ނަޝީދު އާއި ސޯލިހުގެ މެދުގައި ޔާމީން. އިދިކޮޅު ދެ ޕާޓީ ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ފަށާފައި —— ފޮޓޯ: މުހައްމަދު ޝަރުހާން

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަބްދުالله ސޯދިގަށް ވޯޓު ދިނުމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އެދިވަޑައިގެންފި އެވެ. 

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ސޯބެ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ  އަހްމަދު ސައީދު އެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ސައީދަށް ލިބުނުއިރު ސޯބެގެ ނަންބަރަކީ ދޭކެވެ. 

"ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދެއްވާށޭ، އެ ތަނުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު، އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށްވަންޏާ، ކުރީގަ އިލްތިމާސް ކުރި ގޮތަށް ޕީއެންސީގެ ކެންޑިޑޭޓަށް ވުރެން އަޅުގަނޑު އިހުތިޔާރު ކުރަނީ އެ ތަނުގައި އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަކީ ހަމަ ރަނގަޅު ކަމެއް،" ރޭ ޕީއެންއެފް އޮފީހުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ. 

ޔާމީން މިކަން ހާމަކުރެއްވިއިރު އިދިކޮޅުގައި އޮތް ދެ ޕާޓީން އަންނަނީ އެކުގައި މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަުމުންނެވެ. އެ ދެ ޕާޓީގައި ތިއްބެވި ވެރިކަން ކުރެއްވި ތިން ރައީސުންގެ ބައްދަލުވުމެއް މިދިޔަ މަހު ބޭއްވިއިރު ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ ދަށުން ހަރަކާތްތަކެއް ފެށުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. 

2011 ވަނަ އަހަރު ސޯބެ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް ހިތަދޫ އުތުރު ދާއިރާއިންނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އިންތިހާބުގައި ވެސް ތަނަވަސް އަގުލަބިއްޔަތަކުން އެ ގޮނޑި ސޯބެ ދިފާއުކުރެއްވި އެވެ. 2014 ވަނަ އަހަރު 1،147 ވޯޓު ސޯބެއަށް ލިބިވަޑައިގެންނެވިއިރު 2017 ވަނަ އަހަރު 1،376 ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ. 

ނަވާރަވަނަ މަޖިލީހުގައި ދެ ބައި-އިލެކްޝަނެއް ބޭއްވި އެވެ. އެއީ ކޮމަންޑޫ ދާއިރާ އާއި މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅުން ނިޔާވުމުން ބޭއްވި ބައި-އިލެކްޝަންތަކެކެވެ. އެ ދެ އިންތިހާބު ވެސް ކާމިޔާބުކުރީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. 

ގޮނޑި ގެއްލުމުން ބައި-އިލެކްޝަންގައި ވާދަކުރައްވަން ޕީއެންސީގެ ޕްރައިމަރީގައި ސައީދުގެ މައްޗަށް ސިނާނު ކުރި ހޯއްދެވި އެވެ. ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބުނުއިރު، ސައީދަށް ލިބުނީ 187 ވޯޓެވެ. 

ނަމަވެސް ޕީއެންސީން ވަނީ ފަހު ވަގުތު ސިނާން އަތުން ޓިކެޓު އަތުލައި ސައީދުއަށް އެ ޓިކެޓު ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން ސިނާން ވިދާޅުވީ ބައ-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ އެއީ އިންތިހާބު ކާމިޔާބުކުރަން ޕާޓީއަށް އެންމެ ފަހި ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. 

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox