އިރާން
447 ލިޔުން
ފަހުގެ
ދުނިޔެނިއުކްލިއާ ޕްރޮގްރާމް މައްސަލާގައި "ބޮޑު ކުރިއެރުމެއް"ގެ އުއްމީދު
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، މި މައްސަލައިގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ. ޕާކިސްތާނުގެ އަސްކަރީ ވަފުދަކުން ތެހެރާނަށް ޒިޔާރަތްކޮށް މެސެޖުތައް ބަދަލުކުރަމުންދާއިރު، އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުޅެނީ ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާނެ މުއްދަތަކާ މެދުގައެވެ.
ދުނިޔެސާޅީސް އަހަރަށް ފަހު އިސްރާއީލާއި ލުބުނާނުގެ ސީދާ މަޝްވަރާތަކެއް
ސާޅީސް އަހަރަށްފަހު އިސްރާއީލާއި ލުބުނާނުގެ އިސްވެރިން އެމެރިކާގެ މެދުވެރިވުމާއެކު ސީދާ މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އިސްރާއީލުން ހިޒްބުﷲގެ ހަތިޔާރު އަތުލުމަށް ބާރުއެޅިއިރު، ލުބުނާނުން އެދުނީ ހަމަލާތައް ހުއްޓާލައި އިންސާނީ ކާރިސާއަށް ހައްލެއް ހޯދުމަށެވެ. ދެ ގައުމުގެ އަމާޒުތައް ތަފާތުވި ނަމަވެސް، މި މަޝްވަރާތަކަކީ ބިނާކުރުވަނިވި ފެށުމެއްގެ ގޮތުގައި ދެ ފަރާތުންވެސް ވަނީ ސިފަކޮށްފައެވެ.
