އިރާން ޔުނިވާސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދީފި

Mar 28, 2026, 4:34 AM
އިރާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ

އިރާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ

އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިރާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އެމެރިކާ އާއި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޔުނިވާސިޓީއަށް ހަމަލާ ދިނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

މި ހަމަލާގައި ޔުނިވާސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވުނު ނަމަވެސް، ލިބުނު ގެއްލުމުގެ ތަފުސީލާއި މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތު އިރާން ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

މިއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށިފަހުން އިރާނުގެ މުހިންމު ޔުނިވާސިޓީތަކަށް އަމާޒުކޮށް ދިން ދެވަނަ ހަމަލާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިސްފަހާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއަށް ހަމަލާދީފައިވެ އެވެ.

ޔުނިވާސިޓީ ފަދަ ތައުލީމީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަކަށް ވިޔަސް، އިރާނުގެ ދެ ސްކޫލަކަށް ބޮން އަޅައި ގިނަ އަދަދެއްގެ ދަރިވަރުން މަރާލާފައިވެ އެވެ.

ހަނގުރާމައިގައި މިހާތަނަށް އިރާނުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން އިރާނުން ވެސް ދަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ދަނީ ރައްދު ހަމަލާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރިޔާދަށް ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް ހޫތީން ބުނެފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް މިސައިލްތައް ސައުދީން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ރިޔާދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޖެމިނައި އިން ތިން ކުންފުންޏެއް ހެކްކޮށްފި

ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލްގެ ސައިބަރ ސެކިއުރިޓީ ޓެސްޓެއްގެ ތެރެއިން، އެ މޮޑެލް އަމިއްލައަށް ތިން ކުންފުންޏެއްގެ ސިސްޓަމްތައް ހެކްކޮށްފައިވާކަން ހާމަވެއްޖެއެވެ. މިއީ އޭއައި މޮޑެލްއަކުން އަމިއްލައަށް ޕާސްވޯޑް އަންދާޒާކޮށްގެން މިފަދަ އަމަލެއް ހިންގި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ހާދިސާއާ ގުޅިގެން އޭއައިގެ ނުރައްކާތަކާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ނަޖީބު ގޭބަންދަށް ބަދަލުކުރާތީ މިނިސްޓަރެއް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށްލާފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ނިންމުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރުގެ ހަމަޖެހުމަށްޓަކައި އޭނާ ނިސްބަތްވާ ޑީއޭޕީގެ އެހެން މިނިސްޓަރުން ކެބިނެޓުގައި ދެމިތިއްބަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް "އޭއައި ފޯސް" އެއް އުފައްދަވަނީ

އެމެރިކާގައި "އޭއައި ފޯސް" އެއް އުފައްދަވައި، އެ ދާއިރާ ބެލެހެއްޓުމަށް އިސްވެރިއަކު އައްޔަންކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އޭއައި ސިނާއަތުގެ ކުރިއެރުމަށް ހުރަސްނާޅުއްވާނެ ކަމަށާއި، އަމާޒަކީ މި ދާއިރާއިން ޗައިނާއަށްވުރެ ކުރިހޯދައި އެމެރިކާގެ އިގުތިސާދު ވަރުގަދަކުރުން ކަމަށެވެ.

ޕާކިސްތާނުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 21 މަރު

ޕާކިސްތާނުގެ ކޯހާޓް ސިޓީގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. ޓީޓީޕީން ދިން ކަމަށް ތުހުމަތުކުރެވޭ މި ހަމަލާގައި ގިނަ އަދަދެއްގެ ފުލުހުން މަރުވެފައިވާއިރު، ޕާކިސްތާނުގެ ރައީސާއި އދ. އިން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox