ޑިއެގޯ ގާސިއާގައި ހިމާޔަތް ހޯދި ތަމަޅަ ގްރޫޕުގެ ފަހު މީހާ ރާއްޖެއަށް ގެނެސްފި

Apr 10, 2026, 10:11 AM
ޑިއެގޯ ގާސިއާގައި ތިބި ތަމަޅައިގެން ކުރި މުޒާހަރާއެއްގެ ތެރެއިން: ރާއްޖެ ގެނައި މީހާ އިނގިރޭސިވިލާތަށް ކުރިން ނުފޮނުވީ ޖިނާއީ ދެ މައްސަލައެއް ސާބިތުވެފައި އޮތުމުން -- ފޮޓޯ: ބީބީސީ

ޑިއެގޯ ގާސިއާގައި ތިބި ތަމަޅައިގެން ކުރި މުޒާހަރާއެއްގެ ތެރެއިން: ރާއްޖެ ގެނައި މީހާ އިނގިރޭސިވިލާތަށް ކުރިން ނުފޮނުވީ ޖިނާއީ ދެ މައްސަލައެއް ސާބިތުވެފައި އޮތުމުން -- ފޮޓޯ: ބީބީސީ

ސްރީ ލަންކާގެ ސިފައިން އަނިޔާ ކުރާތީ ބޯޓެއްގައި އެ ގައުމުން ފިލި 60 ތަމަޅައިގެން ގްރޫޕުގައި ހިމެނޭ އެންމެ ފަހު މީހާ ޑިއެގޯ ގާސިއާއިން ދިވެހިރާއްޖެއަށް ގެނެސްފި އެވެ.  

މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރު ލަންކާއިން ފިލި ގްރޫޕު ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިއްބާ ސަލާމަތްކޮށްގެން ޑިއެގޯ ގާސިއާއަށް ގެންދިޔައީ އިނގިރޭސި މަނަވަރަކުންނެވެ. 

ޑިއެގޯ ގާސިއާއަށް އެމީހުން ގެންދިޔުމުން އެތަނުގައި ހިމާޔަތް ހޯދި އެވެ. އަދި ދިވެހިރާއްޖެ ގެނައި ކޭޕީ، 34، ފިޔަވައި އެހެން އެންމެން އިނގިރޭސިވިލާތަށް ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުން އެއްބަސްވި އެވެ. 

Advertisement

އެމީހުންނާއެކު ކޭޕީ އިނގިރޭސިވިލާތުން ބަލައިނުގަތީ އޭނާއާ ދެކޮޅަށް ހުޅުޖެހުމުގެ މައްސައަކާއި ޖިންސީ ކުށުގެ މައްސަލައެއް ސާބިތުވެފައިވާތީ އެވެ. 

ކޭޕީ ރާއްޖެ ގެނައީ މިދިޔަ މާޗު މަހުގެ ތެރޭގައި، އިނގިރޭސި ސަރުކާރާއެކު ވި އެއްބަސްވުމެއްގެ ދަށުން ކަމަށް ޓެލެގްރާފް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. އޭނާގެ ހުރިހާ ހަރަދުބަރަދެއް ބަލަހައްޓާނީ އިނގިރޭސި ސަރުކާރުންނެވެ.

ޑިއެގޯ ގާސިއާއިން ކޭޕީ ބޭލުމުގެ މަސައްކަތް ފެށީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ޑިއެގޯ ގާސިއާއަށް ބޮން އަޅަން އިރާނުން މަސައްކަތް ކުރުމުންނެވެ.

އެ ރަށުގައި ހަރަކާތްތެރިވާ ވަރަށް ގިނަ މުވައްޒަފުން އެ ތަން ދޫކޮށް ދިޔުމަށް ވެސް އިނގިރޭސި ސަރުކާރުން ވަނީ އަންގައިފަ އެވެ. 

އޭނާ ދިވެހިރާއްޖެއަށް ގެނައީ ލަންކާއަށް ނުފޮނުވާލާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދިނުމުން ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox