ބެލްފާސްޓުގެ ސިޔާސީ ޓެކްސީ ދަތުރު

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް

 އުތުރު އަޔަލޭންޑަކީ އިނގިރޭސި ދައުލަތުގައި ހިމެނޭ އެންމެ ކޮންޓްރަވަރޝަލް ގައުމެވެ. އެ ގައުމުގެ ސިޔާސީ ތާރީހު ކިޔައިދޭ 'ބްލެކް ޓެކްސި ޓުއަރ' ގައި ދާދި މިދާކަށް ދުވަހު ބައިވެރިވީމެވެ. ބެލްފާސްޓްގައި ސިޔާސީ ކަންކަމާ ގުޅޭ ޓެކްސީ ޓުއަރއެއްގައި ބައިވެރިވިއިރު، އުތުރު އަޔަލޭންޑްގެ ތާރީހާ މެދު އަޅުގަނޑަށް އެނގިފައި އޮތީ ވަރަށް ކުޑަ މިންވަރެކެވެ. އައި.އާރް.އޭ (IRA) އަކީ ކޮބައިކަމާއި، ކެތޮލިކުންނާއި ޕްރޮޓެސްޓަންޓުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރި ދެ ބައެއް ކަމާއި، "ގުޑް ފްރައިޑޭ އެގްރީމަންޓް" ގެ ސަބަބުން ސުލްހަ ގާއިމުވިކަން އަޅުގަނޑަށް އެނގެ އެވެ. އުތުރު އަޔަލޭންޑްގެ ތާރީހާ ގުޅޭ ގޮތުން އޭގެ އިތުރަށް އަޅުގަނޑަށް އެނގިފައި އޮތީ ވަކިވަކި ނަންތަކާއި ހާދިސާތަކެކެވެ. ޖުމުލަ ވާހަކައެއް ތަރުތީބުކޮށްލެވޭ ވަރަށް މައުލޫމާތު ލިބުނީ މި ދަތުރުންނެވެ.

މި ޓެކްސީ ޓުއަރގެ ސަބަބުން އުތުރު އަޔަލޭންޑުގެ ހަމަނުޖެހުމުގެ ހުރިހާ ކަމެއް ކުއްލިއަކަށް ސާފުވެގެން ދިޔައޭ ބުނުމަކީ އަމިއްލަ ނަފުސަށް ހަދާ ދޮގަކަށް މެނުވީ ނުވާނެ އެވެ. ހަގީގަތަށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ގައިޑު އަދި ޑްރައިވަރު ކިޔައިދިން ތަފުސީލީ މައުލޫމާތުތަކުގެ ތެރެއިން އަޅުގަނޑަށް އެވަގުތު ސާފުވީ ކުޑަ މިންވަރެކެވެ. އެކަމަކު "ފޯލްސް ރޯޑް" އާއި "ޝެންކިލް ރޯޑް" ގައި ދަތުރުކޮށް، އެކި ތަންތަނުގައި ކުރަހާފައިވާ ކުރެހުންތަކާއި ހަނދާނީ ބިނާތައް ބަލައި، "ޕީސް ވޯލްސް" ނުވަތަ ސުލްހައިގެ ފާރުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިޔަ ހުރަސްތަކުގެ ކައިރީގައި މަޑުކޮށްލުމުން، ކުރިން އަޅުގަނޑަށް ނޭނގޭ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ އެވެ.

ދަތުރުގެ ތެރޭގައި އަޅުގަނޑުމެންގެ ޑްރައިވަރު ބުނި އެއް ވާހަކައެއް އަޅުގަނޑުގެ ހަނދާނުގައި ވަރަށް ބޮޑަށް ހަރުލި އެވެ. އޭނާ ބުނި ގޮތުގައި، މި ހަމަނުޖެހުމަށް "ދަ ޓްރަބަލްސް" (ނުތަނަވަސްކަން) އޭ ކިޔާތީ އޭނާ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މިއީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވަންދެން ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް އާންމުކޮށް ކިޔާ ނަމެވެ. ނަމަވެސް އޭނާ އެކަމާ ނުރުހެނީ ކީއްވެގެންކަން އަޅުގަނޑަށް ވިސްނުނެވެ. 3,500 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ޒަހަމުވި ހަމަނުޖެހުމެއް ސިފަކުރުމަށް "ޓްރަބަލްސް" އަކީ ހަގީގަތުގައި ވެސް އެކަށީގެންވާ ބަހެއް ނޫނެވެ. ބެލްފާސްޓަށް ޒިޔާރަތްކުރާ މީހަކަށް މިއީ ތާރީހީ ލޭބަލެއް ކަމުގައި ވިޔަސް، ބޮންގޮއްވުމާއި، ބަޑިޖެހުމާއި، އާއިލާގެ މީހުންނާއި އަވަށްޓެރިން މަރުވުމުގެ ހިތްދަތިކަން ތަހައްމަލުކުރި ބަޔަކަށް 'ޓްރަބަލްސް' އެއީ އެ ހާދިސާގެ ސިފަކުރުމަށް ފުދޭ ބަހަކަށް ނުވާނެ އެވެ.

ހިތައިގެން މިއުޅެނީ މި ޓެކްސީ ދަތުރުގެ ސަބަބުން އަޅުގަނޑަށް ލިބުނު މައުލޫމާތު އެއް ރޮއްޖަކަށް އަމުނާލުމަށެވެ. ބޭނުމަކީ އަޅުގަނޑާއި ކިޔުންތެރިންގެ ވެސް މައުލޫމާތު އިތުރަށް މުއްސަނދިކުރުމެވެ.

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު ބައެއް މަންޒަރުތައް

އުތުރު އަޔަލޭންޑް ޔުނައިޓެޑް ކިންގްޑަމްގެ ބަޔަކަށްވީ ގޮތް

އަޔަލޭންޑްގެ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވަދެފައިވަނީ މީގެ އެތައް ގަރުނެއް ކުރިންނެވެ. އޭގެ ތެރޭގައި 17 ވަނަ ގަރުނުގައި ހިނގި ހަމަނުޖެހުންތަކަކީ ފަހުގެ ސިޔާސީ އަދި ދީނީ ވަކިވަކި ޝަހުސުތައް ބައްޓަންވުމަށް މެދުވެރިވި ސަބަބުތަކެވެ. ވަކިން ހާއްސަކޮށް، 1690 ވަނަ އަހަރު ހިނގި 'ބެޓްލް އޮފް ދަ ބޮއިން' ގައި ކެތޮލިކް ރަސްގެފާނު ޖޭމްސް ދެވަނައިގެ މައްޗަށް، ޕްރޮޓެސްޓަންޓް ރަސްގެފާނު ވިލިއަމް ތިންވަނަ (ޕްރިންސް އޮފް އޮރެންޖް) ހޯއްދެވި ކާމިޔާބީއަކީ ޔޫނިއަނިސްޓުންނާއި ލޯޔަލިސްޓުންގެ ސަގާފަތުގެ ބިންގާ ކަމުގައި ވެގެންދިޔަ އެވެ. ވިލިއަމްގެ މި ކާމިޔާބީއާއެކު އަޔަލޭންޑްގެ ސިޔާސީ ބާރުވެރިކަން ޕްރޮޓެސްޓަންޓުންގެ އަތްމައްޗަށް ފުރޮޅިގެން ދިޔަ އެވެ. އަދި މިއަދުވެސް ނޮދަން އަޔަލޭންޑްގައި އޮރެންޖް އޯޑަރާއި ލޯޔަލިސްޓުން ބާއްވާ ހިނގާލުންތަކުން މި ކާމިޔާބީ ފާހަގަކުރެ އެވެ.

އަށާރަވަނަ ގަރުނާ ހަމައަށް އައިއިރު، އަޔަލޭންޑްގައި އަމިއްލަ ގާނޫނު ހަދާ މަޖިލީހެއް އޮތް ނަމަވެސް، އެ ގައުމު އޮތީ އަމަލީ ގޮތުން އިނގިރޭސިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. 1801 ވަނަ އަހަރު އަމަލުކުރަން ފެށި 'އެކްޓްސް އޮފް ޔޫނިއަން' ގެ ދަށުން އަޔަލޭންޑާއި ގްރޭޓް ބްރިޓަން ރަސްމީކޮށް އެއްކޮށްލައި، 'ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް އަޔަލޭންޑް' އުފެދުނެވެ. އެ ހިސާބުން ފެށިގެން މިއަދުގެ ނޮދަން އަޔަލޭންޑްގައި ހިމެނޭ ހަ ކައުންޓީ ހިމެނޭހެން، މުޅި އަޔަލޭންޑަކީ ގާނޫނީ ގޮތުން ޔުނައިޓެޑް ކިންގްޑަމްގެ ބައެކެވެ.

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނުމަންޒަރުތައް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނުމަންޒަރުތައް

އެހެންނަމަވެސް، އިނގިރޭސިންގެ ވެރިކަމަކީ އަޔަލޭންޑްގެ އެންމެން ރުހުނު ވެރިކަމެއް ނޫނެވެ. ނަވާރަވަނަ ގަރުނުގެ ތެރޭގައި އަޔަލޭންޑްގައި އަމިއްލަ ސަރުކާރެއް އުފެއްދުމަށް ގޮވާލާ އަޑުތައް ގަދަވެ، ފަހުން އެކަން ފުރިހަމަ މިނިވަންކަމަށް ވަކާލާތުކުރާ ހަރަކާތްތަކަކަށް ބަދަލުވި އެވެ. އަޔަލޭންޑްގެ އުތުރު-އިރުމަތީ ސަރަހައްދުގައި މި ހާލަތު އޮތީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. އަލްސްޓާ ސަރަހައްދުގައި ގިނަ އަދަދަކަށް ޕްރޮޓެސްޓަންޓުން ދިރިއުޅެމުން ދިޔަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުރީގެ ގަރުނުތަކުގައި އެ ސަރަހައްދުގައި ވަޒަންވެރިވި އިނގިރޭސި، އަދި ސްކޮޓްލޭންޑްގެ ދަރިކޮޅުތަކެވެ. އެމީހުން އަމިއްލައަށް ދެކުނީ އެއީ އިނގިރޭސިންގެ ގޮތުގަ އެވެ. އަދި ޔުނައިޓެޑް ކިންގްޑަމްގެ ބައެއްގެ ގޮތުގައި ދެމިތިބުމަށް އެމީހުން ބޭނުންވި އެވެ. މީގެ ސަބަބުން އިނގިރޭސިވިލާތާއެކު އޮތް ގުޅުން ދަމަހައްޓަން ބޭނުންވާތީ އެމީހުންނަށް 'ޔޫނިއަނިސްޓުން' ގެ ނަމުން ނިސްބަތްކުރެވެން ފެށުނެވެ. މީގެ އިދިކޮޅަށް، އަޔަލޭންޑްގެ ނޭޝަނަލިސްޓުން ގަބޫލުކުރި ގޮތުގައި އުތުރު އަޔަލޭންޑްގައި އޮންނަންވާނީ އަމިއްލަ ވެރިކަމެކެވެ. އަދި ރިޕަބްލިކަން ވިންގުން ބޭނުންވީ އެއްކޮށް މިނިވަންވެފައިވާ އަޔަލޭންޑްގެ ޖުމްހޫރިއްޔާއެއް އުފެއްދުމަށެވެ.

މި ހާލަތުގެ ސަބަބުން ފަހުން ކުރިމަތިވި ހުރިހާ ކަމެއްގެ މައިގަނޑު މައްސަލަ އުފެދުނެވެ. އަޔަލޭންޑަށް މިނިވަންކަން ލިބިއްޖެނަމަ، އަމިއްލައަށް އިނގިރޭސީން ކަމަށް ދެކޭ އަދި ޔުނައިޓެޑް ކިންގްޑަމް ދޫކޮށްލަން ބޭނުންނުވާ އުތުރުގެ އެތައް ލައްކަ ބަޔަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އުތުރުގެ ސަރަހައްދު އިނގިރޭސިންގެ ބައެއްގެ ގޮތުގައި އޮވެއްޖެނަމަ، އެތަނުގައި ދިރިއުޅޭ، އަދި ގައުމު ބައިކުރުމުން އެމީހުންގެ ގައުމު ވަކިވެގެންދިޔަ ކަމަށް ގަބޫލުކުރާ ގިނަ އަދަދެއްގެ ކެތޮލިކް ނޭޝަނަލިސްޓުންނަށް ވާނީ ކިހިނެއް ހެއްޔެވެ؟

އަޔަލޭންޑް ބައިކުރުމާއި އުތުރު އަޔަލޭންޑް އުފެދުން

މި ހިޔާލު ތަފާތުވުންތަކާއެކު، ވިހިވަނަ ގަރުނުގެ ކުރީކޮޅު ސިޔާސީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވި އެވެ. ނަވާރަ ސަތޭކަ ސޯޅަ ވަނަ އަހަރު ޑަބްލިންގައި ހިނގި "އީސްޓަރ ރައިޒިންގ" ހަރަކާތާއި، އަދި 1918 ގެ އާންމު އިންތިހާބަށްފަހު، ސިން ފޭން (Sinn Féin) ގެ މެންބަރުން އިނގިރޭސި ޕާލަމެންޓުގައި ބައިވެރިވުމަށް އިންކާރުކޮށް، އަމިއްލަ ޕާލަމެންޓެއްގެ ގޮތުގައި "ޑާލް އޭރަން" (Dáil Éireann) އުފެއްދުމާއެކު މި ހަމަނުޖެހުންތަކުގެ ހުޅުގަނޑު ފަޅައިގެން ދިޔަ އެވެ. އަޔަލޭންޑްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުނީ މިހާ ހިސާބުންނެވެ. އިނގިރޭސިން މަސައްކަތްކުރީ 1920 ވަނަ އަހަރުގެ "ގަވަރމަންޓް އޮފް އަޔަލޭންޑް އެކްޓް" ގެ ދަށުން އަޔަލޭންޑް ދެބައިކޮށްލާށެވެ. އެއީ ހަ ކައުންޓީގެ މައްޗަށް އެކުލެވޭ އުތުރު އަޔަލޭންޑާއި، ބާކީ އޮތް ސައްބީސް ކައުންޓީގެ މައްޗަށް އެކުލެވޭ ދެކުނު އަޔަލޭންޑެވެ.

އެންމެ ހަ ކައުންޓީގެ މައްޗަށް އުތުރު އަޔަލޭންޑް އެކުލަވާލުމަކީ އިނގިރޭސި ދައުލަތުން ނިންމި ސިޔާސީ މުހިންމު ނިންމުމެކެވެ. އަލްސްޓާ ސަރަހައްދުގައި ހަގީގަތުގައި ނުވަ ކައުންޓީ އޮވެ އެވެ. ނަމަވެސް އެ ހުރިހާ ކައުންޓީއެއް އުތުރު އަޔަލޭންޑުގައި ހިމެނިނަމަ ޔޫނިއަނިސްޓުންގެ އަގުލަބިއްޔަތު ކުޑަވީހެވެ.

އެތައް އަހަރެއްގެ ސިޔާސީ މަޝްވަރާތަކަށްފަހު، 1921 ވަނަ އަހަރުގެ "އެންގްލޯ-އައިރިޝް ޓްރީޓީ" އިން "އައިރިޝް ފްރީ ސްޓޭޓް" އުފެއްދުމަށް މި ހަމަނުޖެހުމުގެ ބައިވެރިން އެއްބަސްވި އެވެ. އަދި އުތުރު އަޔަލޭންޑަށް، އެ އައު ދައުލަތާ ވަކިވެ، ޔުނައިޓެޑް ކިންގްޑަމްގެ ތެރޭގައި ދެމިތިބުމުގެ އިހުތިޔާރު ދެވުނެވެ. އުތުރު އަޔަލޭންޑްގެ ޕާލަމެންޓުގައި ޔޫނިއަނިސްޓުންގެ އަގުލަބިއްޔަތު އޮތުމުން، ނަތީޖާ ނުކުތީ ހީކުރި ގޮތަށެވެ. 1922 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އުތުރު އަޔަލޭންޑުން އެ އިހުތިޔާރުގެ ބޭނުންހިފާ، ޔުނައިޓެޑް ކިންގްޑަމްގެ ތެރޭގައި މަޑުކުރި އެވެ.

މިގޮތަށް ގައުމު ބައިކޮށްލުމުން، ނިސްބަތްވާ ތަނާމެދު މުޅިން ވިސްނުން އިދިކީލި ދެބަޔަކު އެއް ގައުމިއްޔަތަކަށް ތަބާވުމަށް މަޖުބޫރުވި އެވެ. އޭރުގެ ހާލަތަށް ބަލާއިރު ގިނަ ޕްރޮޓެސްޓަންޓުންނަކީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ތިބެން ބޭނުންވާ ޔޫނިއަނިސްޓުންނެވެ. ގިނަ ކެތޮލިކުންނަކީ އަޔަލޭންޑާ ގުޅެން ބޭނުންވާ ނޭޝަނަލިސްޓުންނެވެ. މި ދެ ޖަމާއަތް ދެނެގަތުމަށް ދީނަކީ އެންމެ ފަސޭހަ ގޮތް ކަމުގައި ވިޔަސް، އަސްލު ހަމަނުޖެހުމުގެ ބިންގަލަކީ ދީނީ ހިޔާލުތަފާތުވުމެއް ނޫނެވެ. އެއީ ގައުމީ އައިޑެންޓިޓީއާއި، ސިޔާސީ ބާރުވެރިކަމާއި، ސިޔާދަތާ ގުޅުންހުރި މައްސަލައެކެވެ.

ތަފާތުކުރުންތަކުން ހަމަނުޖެހުމާ ހަމައަށް

ގައުމު ބައިކުރި ފަހުން ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވަންދެން، އުތުރު އަޔަލޭންޑްގެ ސިޔާސީ ބާރު އޮތީ ޔޫނިއަނިސްޓުންގެ އަތްދަށުގަ އެވެ. މަދު އަދަދެއްގެ ކެތޮލިކުންނާއި ނޭޝަނަލިސްޓުންނަށް ބޯހިޔާވަހިކަމާއި، ވަޒީފާއާއި، އަދި ސިޔާސީ ބާރުވެރިކަމުގައި ބޮޑެތި ތަފާތުކުރުންތަކަކާ ކުރިމަތިލާން ޖެހުނެވެ. 1960 ގެ އަހަރުތަކުގައި، އެމެރިކާގެ ސިވިލް ރައިޓްސް ހަރަކާތުން ހިތްވަރު ލިބިގެން، އުތުރު އަޔަލޭންޑުގައި ވެސް "ސިވިލް ރައިޓްސް" ހަރަކާތެއް އުފެދުނެވެ. މި ހަރަކާތުގެ މައިގަނޑު ވަކާލާތަކީ ހަމަހަމަކަން ގާއިމުކުރުމެވެ.

ނަމަވެސް، މި ހަރަކާތުގެ މުޒާހަރާތަކާ ދެކޮޅަށް ހަރުކަށި މީހުން ނުކުތުމާއި، އެ ހަރަކާތްތައް ކޮންޓްރޯލްކުރަން ފުލުހުންގެ ހިންގި ބައެއް ހަރަކާތްތަކުގެ ސަބަބުން ސިޔާސީ ހާލަތު އިންތިހާއަށް ގޯސްވި އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމުން، 1969 ގައި އިނގިރޭސި ސަރުކާރުން އެތަނަށް ސިފައިން ފޮނުވި އެވެ. ފާހަގަކޮށްލެވޭ ކަމަކީ ބައެއް ކެތޮލިކް އާއިލާތަކުން ވެސް އިނގިރޭސި ސިފައިންނަށް ފުރަތަމަ މަރުހަބާ ކީކަމެވެ. އެއީ ހަރުކަށި ޔޫނިއަނިސްޓުންގެ ކިބައިން އެ މީހުން ރައްކާތެރިކޮށްދޭނެ ކަމުގެ އުންމީދުގަ އެވެ. އެހެންނަމަވެސް، އިނގިރޭސި ސިފައިންނާއި ކެތޮލިކް މުޖުތަމައާ އޮތް ގުޅުން ވަރަށް އަވަހަށް ގޯސްވެގެން ދިޔަ އެވެ.

ކަންތައްތައް އިތުރަށް ގޯސްވާން ދިމާވި ބައެއް ހާދިސާތަކުގެ ތެރޭގައި، 1971 ގައި ޝަރީއަތަކާ ނުލައި މީހުން ހައްޔަރުކުރުން ހިމެނެ އެވެ. އޭގެ ފަހުން 30 ޖެނުއަރީ 1972 ގައި ހިނގި "ބްލަޑީ ސަންޑޭ" ހާދިސާގައި، އިނގިރޭސި ސިފައިން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑިޖަހައި 13 މީހުން މަރާލި އެވެ. މި ހާދިސާއަކީ މުޅި ހަމަނުޖެހުމުގެ މިސްރާބު ބަދަލުކޮށްލި ކަމަކަށް ވި އެވެ.

ހަމަނުޖެހުންތަކުގައި މަރާލި މީހުންގެ ހަނދާންތައް
ހަމަނުޖެހުންތަކުގައި މަރާލި މީހުންގެ ހަނދާންތައް

މި ހިސާބަށް އައިއިރު، މިއީ ހަމައެކަނި ސިވިލް ރައިޓްސް މުޒާހަރާތަކެއް ނޫނެވެ. އައި.އާރް.އޭ އިން އިނގިރޭސި ވެރިކަން ނިންމުމަށް ހަތިޔާރު އެޅި ހަރަކާތެއް ފެށި އެވެ. އަނެއްކޮޅުން ޔޫނިއަނިސްޓް ހަރުކަށި ޖަމާއަތްތަކުން އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހަނގުރާމަ ފެށި އެވެ. އާދައިގެ ކެތޮލިކުންނާއި ޕްރޮޓެސްޓަންޓުން ތިބީ މި ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި ތާށިވެފަ އެވެ.

މި ހަނގުރާމައަކީ ކޮން ކަމަކާ ގުޅޭ ހަނގުރާމައެއް؟

ޓެކްސީ ޓުއަރއަށްފަހު އަޅުގަނޑަށް އެންމެ ބޮޑަށް ސާފުވި ކަމަކީ މި އެވެ. މި ހަމަނުޖެހުމަކީ ހަމައެކަނި ކެތޮލިކުންނާއި ޕްރޮޓެސްޓަންޓުންގެ މެދުގައި ހިނގި ދީނީ ހަނގުރާމައެއް ކަމަށް ބުނުމަކީ މައްސަލައިގެ އަސްލު އޮޅޭ، މާ ތިލަ މައުލޫމާތެކެވެ. މިއީ ހަގީގަތުގައި ބޮޑު ސިންގާ ދުސްތޫރީ މައްސަލައެކެވެ. މައްސަލައިގެ ބޮޑު ސުވާލަކީ އުތުރު އަޔަލޭންޑް އޮންނަންވާނީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައިތޯ ނުވަތަ އަޔަލޭންޑްގެ ބައެއްގެ ގޮތުގައިތޯ އުފެދުނު ސުވާލެވެ.

ރިޕަބްލިކަނުންގެ ނަޒަރުގައި އިނގިރޭސިން ވަނީ އަޔަލޭންޑްގެ ބިން ފޭރިގަނެ، އެ ގައުމު ބައިކޮށްލާފަ އެވެ. އެހެންކަމުން އެ މީހުންގެ ހަނގުރާމައަކީ މިނިވަންކަމުގެ ޖިހާދެކެވެ. ޔޫނިއަނިސްޓުންގެ ނަޒަރުގައި އުތުރު އަޔަލޭންޑަކީ އެ މީހުންގެ ވަޒަނެވެ. އެ މީހުންނަކީ އިނގިރޭސި ރައްޔިތުންނެވެ. އަދި އެ މީހުންގެ ނުރުހުމުގައި އަޔަލޭންޑާ ގުޅުވުމަކީ އެ މީހުންގެ އަމިއްލަ ނިންމުން ނިންމުމުގެ ހައްގަށް އަރައިގަތުމެވެ.

ބެލްފާސްޓަށް ދިޔުމުގެ ކުރިން އަޅުގަނޑަށް ފާހަގަނުކުރެވޭ ކަމަކީ، އެއް މަގުތަކަކަށް ބަލައިގެން، ދެ ބަޔަކަށް ފެންނަނީ މުޅިން ތަފާތު ދެ ގައުމެއް ކަމެވެ. އެއް ބަޔަކު "މިއީ އަޔަލޭންޑް" އޭ ބުނާއިރު، އަނެއް ބަޔަކު ބުނަނީ "މިއީ އިނގިރޭސިވިލާތް" ކަމަށެވެ. ބިމަކީ އެކައްޗެކެވެ. އެކަމަކު އެ ބިމާ މެދު ކުރާ ތަސައްވުރު ތަފާތެވެ.

ތިރީސް އަހަރުގެ އަނިޔާވެރިކަން

މި ހަމަނުޖެހުން ތިރީހަކަށް އަހަރަށް ދެމިގެން ދިޔަ އެވެ. މި މުއްދަތުގެ ތެރޭގައި އައި.އާރް.އޭ އިން އިނގިރޭސި ސިފައިންނާއި، ފުލުހުންނާއި، ސިޔާސީ މީހުންނަށް އަމާޒުކޮށް ބޮންގޮއްވުމާއި ބަޑިޖެހުމުގެ އެތައް ހާދިސާތައް ހިނގި އެވެ. މީގެ ސަބަބުން އެތައް އާދައިގެ ރައްޔިތުންނެއްވެސް މަރުވި އެވެ. އަނެއްކޮޅުން، ޔޫނިއަނިސްޓް ހަރުކަށި ޖަމާއަތްތަކުން ކެތޮލިކް ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ އެވެ. އިނގިރޭސި ސިފައިންނާ މެދުވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.

މި މުއްދަތުގައި މަރުވި މީހުންގެ އަދަދު 3,500 އަށްވުރެ ގިނަ އެވެ. އަދި 1981 ގެ "ހަންގަރ ސްޓްރައިކް" ނުވަތަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވީ ބޮބީ ސޭންޑްސް އެވެ. އޭނާ މަރުވީ 66 ދުވަސް ވަންދެން ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގަ އެވެ. އޭނާގެ ފޮޓޯ ބެލްފާސްޓްގެ ފާރުތަކުގައި ކުރަހާފައި ހުރެ އެވެ. ހަމައެކަނި ރީތި ކުރެހުމެއްގެ ގޮތުގައި އެއް ނޫނެވެ. މިއީ އެ މީހުންގެ ތާރީހާއި، ގައުމަށްޓަކައި ވީ ގުރުބާނީގެ ރަމްޒެކެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވުނީ ކިހިނެއް؟

މި ހަނގުރާމައިގައި އަސްކަރީ ގޮތުން އެއްވެސް ބަޔަކަށް ސީދާ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އިނގިރޭސިވިލާތަށް އަޔަލޭންޑްގެ ނޭޝަނަލިޒަމް ބައްޔެއް ނުކުރެވުނެވެ. އައި.އާރް.އޭ އަށް އިނގިރޭސިން ނޮދަން އަޔަލޭންޑުން ބޭރެއް ނުކުރެވުނެވެ. އަދި ލޯޔަލިސްޓުންނަށް ރިޕަބްލިކަން ފިކުރު ފޮހެލެވޭ ގޮތެއް ނުވި އެވެ. އޭގެ ބަދަލުގައި، އިނގިރޭސި ސަރުކާރާއި އަޔަލޭންޑް ސަރުކާރާ ދެމެދު އެތައް އަހަރެއް ވަންދެން ސިއްރިއްޔާތުގައި ކުރެވުނު މުއާމަލާތްތަކާއި، ސިޔާސީ މަޝްވަރާތަކުގެ ސަބަބުން، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު މަޑުމަޑުން ހުޅުވިގެންދިޔަ އެވެ.

މިކަމުގައި އެންމެ މުހިންމު ކުރިއެރުމަކަށްވީ، ބާރުގެ ބޭނުންކޮށްގެން ދުސްތޫރީ މައްސަލަތައް ހައްލުނުކުރެވޭނެކަން ގަބޫލުކުރުމެވެ. ރިޕަބްލިކަން ފިކުރުގެ މީހުން އިންތިހާބީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެމީހުންގެ މަގުސަދުތައް ހާސިލުކުރަން ފެށި އެވެ. އަދި ނޮދަން އަޔަލޭންޑުގެ ރައްޔިތުން ޑިމޮކްރެޓިކް އުސޫލުން އަޔަލޭންޑް އެއްބައިވަންތަ ކުރަން ބޭނުންވެއްޖެ ނަމަ، އެކަން ހުއްޓުވުމުގެ އެއްވެސް ސްޓްރެޓީޖިކް މަސްލަހަތެއް ނެތްކަން އިނގިރޭސި ސަރުކާރުން ގަބޫލުކުރި އެވެ. މިފަދަ ވަރަށް ގިނަ އިބްތިދާއީ އެއްބަސްވުންތަކަށް ފަހު، 1990 ގެ އަހަރުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާދިނުން ހުއްޓާލުމުން މަޝްވަރާތަކަށް ފުރުސަތު ލިބުނެވެ.

އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން 10 އޭޕްރީލް 1998 ގައި "ބެލްފާސްޓް އެގްރީމަންޓް" ނުވަތަ އާންމު ނަމުން ނަމަ "ގުޑް ފްރައިޑޭ އެގްރީމަންޓް" އެކުލަވައިލެވުނެވެ. މި އެއްބަސްވުމަށް އަޔަލޭންޑް ބޯޑަރުގެ ދެފަރާތުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ހޯދި އެވެ. މި އެއްބަސްވުމަކީ ފަހަރެއްގައި ވެސް ތާރީހީ ގޮތުން ރަނގަޅީ ޔޫނިއަނިސްޓުންތޯ ނުވަތަ ނޭޝަނަލިސްޓުންތޯ ނިންމި އެއްބަސްވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މި އެއްބަސްވުމުން ކުރި ކަމަކީ، އެ ހިޔާލުތަފާތުވުންތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު މަންޒަރެއް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު މަންޒަރެއް

"ގުޑް ފްރައިޑޭ އެގްރީމަންޓް" އިން ގާއިމުކުރި ސުލްހަ

މި އެއްބަސްވުން ދެނެގަތުމަށްޓަކައި އެންމެ މުހިންމު އަސާސަކީ "ރުހުމުގެ އަސާސް" އެވެ. ނޮދަން އަޔަލޭންޑަކީ ޔުނައިޓެޑް ކިންގްޑަމް (ޔޫ.ކޭ) ގެ ބައެއްގެ ގޮތުގައި ދެމިއޮތީ، އެ ގައުމުގެ އަގުލަބިއްޔަތު ރައްޔިތުން މިހާރު އެގޮތަށް ރުހޭތީ އެވެ. ނަމަވެސް، އަޔަލޭންޑްގެ ރައްޔިތުން ފަހުގެ މުސްތަގުބަލެއްގައި އަޔަލޭންޑާ އަލުން ގުޅުމަށް ނިންމަފާނެކަން މި އެއްބަސްވުމުގައި ބަލައިގަނެ އެވެ. ނޮދަން އަޔަލޭންޑްގެ އަގުލަބިއްޔަތުން އެކުވެފައިވާ އަޔަލޭންޑަކަށް ވޯޓުދީފިނަމަ، އެ ނިންމުމަށް އަމަލުކުރުމަށް އިނގިރޭސި ސަރުކާރަށް މި އެއްވުން ލާޒިމު ކުރެ އެވެ.

މީގެ މާނައަކީ އެއްވެސް ބަޔަކު ބޭނުންވި ހުރިހާ ކަމެއް ހާސިލެއް ނުވެޔޭ އެވެ. 'ޔޫނިއަނިސްޓުން' (ޔޫ.ކޭ އާއެކު ތިބެން ބޭނުންވާ ފަރާތްތައް) ބޭނުންވި ފަދައިން، އަގުލަބިއްޔަތު ރައްޔިތުންގެ ނިންމުމާ ހިލާފަށް ނޮދަން އަޔަލޭންޑް ޔޫ.ކޭ އިން ވަކިނުކުރެވޭނެކަން ކަށަވަރުވި އެވެ. އަދި 'ނޭޝަނަލިސްޓުން' (އަޔަލޭންޑާ ގުޅެން ބޭނުންވާ ފަރާތްތައް) ބޭނުންވި ފަދައިން، މި ވަކިވުމަކީ ދާއިމީ ކަމެއް ނޫން ކަމާއި، އަޔަލޭންޑާ އަލުން ގުޅުމުގެ ދިމިގްރާތީ މަގެއް އޮތްކަން ވެސް މި އެއްބަސްވުމުން އެކަށައެޅި އެވެ. އެންމެ މުހިންމު ކަމަކީ، މި ދެ ފަރާތުންވެސް ގައުމުގެ މުސްތަގުބަލު ކަނޑައަޅާނީ ހަތިޔާރުގެ ބާރުގެ ބަދަލުގައި ދިމިގްރާތީ ރުހުމުން ކަމަށް އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން ނޮދަން އަޔަލޭންޑް އެސެމްބްލީއަކާއި، ބާރުތައް ހިއްސާކުރާ އެގްޒެކެޓިވްއެއް އުފެއްދިގެން ދިޔަ އެވެ. މިއީ އެއްވެސް ޖަމާއަތަކުން ސިޔާސީ ބާރު އެކަނި މުށުތެރެއަށްލުން ހުއްޓުވުމަށް އެކުލަވާލެވުނު ނިޒާމެކެވެ. މީގެ އިތުރުން ނޮދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑާ ދެމެދުގައާއި، އިނގިރޭސި އަދި އަޔަލޭންޑް ސަރުކާރާ ދެމެދު އެއްބާރުލުން ދިނުމުގެ މުއައްސަސާތައް އުފެދުނެވެ. އަދި ނޮދަން އަޔަލޭންޑްގެ ރައްޔިތުންނަކީ އިނގިރޭސިން ކަމުގައި ނުވަތަ އަޔަލޭންޑް މީހުން ކަމުގައި، ނުވަތަ މި ދެ ބައި ހިމެނޭ ބައެއްގެ ގޮތުގައި އަމިއްލައަށް ކަނޑައެޅުމުގެ ހައްގާއި، އެގޮތުގެ މަތިން އިނގިރޭސި ނުވަތަ އަޔަލޭންޑްގެ ރައްޔިތަކަށް ވުމުގެ ހައްގު ލިބިގެންވާކަމަށް ވެސް އެ އެއްބަސްވުމުގައި ކަނޑައެޅުނެވެ. މީގެ އިތުރުން، ފުލުހުންގެ ހިދުމަތާއި، ސަލާމަތީ ކަންކަމާއި، ކުށްވެރިންނާއި، ހަތިޔާރު ނައްތާލުމާ ގުޅޭ ކަންކަންވެސް މި ސުލްހައިގެ އެއްބަސްވުމުގައި ހިމެނުނެވެ.

މި އެއްބަސްވުމުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ނޮދަން އަޔަލޭންޑްގެ އެންމެންނަކީ އެއް ބައެއް ކަމަށް ދައްކަން މަސައްކަތްކޮށް، އަމިއްލަ ތަފާތުތައް ހަނދާން ނައްތާލަން ނާންގާ ކަމެވެ. އޭގެ ބަދަލުގައި، މި އެއްބަސްވުމުން ކުރި ކަމަކީ އެކި ތަފާތު ވިސްނުންތަކާއި އަމިއްލަވަންތަކަން އެކުގައި ދެމިއޮތުމަށް ސިޔާސީ ފުރުސަތު ފަހިކޮށްދިނުމެވެ.

ނޮދަން އަޔަލޭންޑް ފަހުން އަޔަލޭންޑާ ގުޅިދާނެބާ؟

މިއީ ހަމައެކަނި ހިޔާލީ ވާހަކައެއް ނޫނެވެ. މިއީ ގާނޫނީ ގޮތުން ކަނޑައެޅޭނެ ގޮތެއް އޮންނަ ކަމެކެވެ. މިއަށް އާންމުކޮށް ކިޔަނީ "ބޯޑަރ ޕޯލް" އެވެ. ނޮދަން އަޔަލޭންޑް އެކްޓް 1998 ގެ ދަށުން، ނޮދަން އަޔަލޭންޑް ޔޫ.ކޭ ގައި ދެމިއޮންނާނީތޯ ނުވަތަ އަޔަލޭންޑާ ގުޅޭނީތޯ ބެލުމަށް ރެފަރެންޑަމެއް ބޭއްވުމުގެ ބާރު އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓަށް ލިބިގެން ވެ އެވެ. ނޮދަން އަޔަލޭންޑްގެ އަގުލަބިއްޔަތު ރައްޔިތުން އަޔަލޭންޑާ ގުޅެން ބޭނުންވާކަމަށް ފެންނަނަމަ، މިފަދަ ރެފަރެންޑަމެއް ބޭއްވުމަށް ސެކްރެޓަރީ އޮފް ސްޓޭޓްގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ވެ އެވެ. ނަމަވެސް، މިއީ އޮޓޮމެޓިކުން ވާނެ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީއަކަށް ގިނަ ގޮނޑި ލިބުމަކުން، ނުވަތަ ވަކި ދީނެއްގެ މީހުން ގިނަވުމަކުން، ނުވަތަ އެންމެ ހިޔާލު ހޯދުމަކުން ރެފަރެންޑަމެއް ނުބޭއްވޭނެ އެވެ. ގާނޫނީ މިންގަނޑަކީ، ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އަޔަލޭންޑާ ގުޅެން ބޭނުންވާނެކަން ސެކްރެޓަރީ އޮފް ސްޓޭޓަށް ގަބޫލުކުރެވުމެވެ.

މި 'ގަބޫލުކުރެވުން' އޮންނާނީ އަޅުގަނޑުމެންގެ ރާއްޖޭގައި 'ފެނިވަޑައިގަތުމުގެ އުސޫލު' އޮންނަ ގޮތަކަށް ނޫނެވެ. ސެކްރެޓަރީ އޮފް ސްޓޭޓްގެ ނިންމުން ބިނާކުރާނީ ސިޔާސީ ޕޯލްތަކުގެ މައްޗަށާއި، އާބާދީއަށް އަންނަ ބަދަލާއި އިންތިހާބުތަކުގެ ނަތީޖާ ފަދަ ހުއްޖަތުތަކުގެ މައްޗަށެވެ. އޭނާގެ ނިންމުމަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކުޅަ ނިންމުމެއް ކަމަށް ނުފެންނަނަމަ އެކަމެއް ކޯޓުގައި ތައުނުކުރުމުގެ ހައްގު ވެސް އަޔަލޭންޑްގެ ރައްޔިތުންނަށް ލިބިގެން ވެ އެވެ.

ރެފަރެންޑަމެއް ބާއްވައި، ޔޫ.ކޭ ގައި ދެމިއޮތުމަށް ރައްޔިތުން ނިންމައިފިނަމަ، ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި އިތުރު ރެފަރެންޑަމެއް ނުބޭއްވޭނެ އެވެ. ނަމަވެސް، އަޔަލޭންޑާ ގުޅެން ނިންމައިފިނަމަ، އެ ނިންމުމަށް އަމަލުކުރުމަށްޓަކައި އަޔަލޭންޑް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އިނގިރޭސި ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމު ވެ އެވެ.

ހަގީގަތުގައި މި އެއްބަސްވުމުން، ޒަމާންތަކެއް ވަންދެން އޮތް މައިގަނޑު ދުސްތޫރީ މައްސަލައެއް ހައްލެއް ނުކުރެ އެވެ. އަދިވެސް އަޔަލޭންޑާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ވަކާލާތު ކުރެވޭނެ އެވެ. އަދި ޔޫ.ކޭ އާއެކު ތިބެން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު އެބައޮތެވެ. ބަދަލުވީ ކަންކަން ނިންމުމަށް އެންމެން އެއްބަސްވި ގޮތެވެ. ހަނގުރާމައިގެ މައިދާނުގެ ބަދަލުގައި، މި އެއްބަސްވުމަށް ފަހު ކަންކަން ނިންމާން ވާނީ ވޯޓު ފޮށިންނެވެ.

ބެލްފާސްޓަކީ މިހާރު ހަގީގަތުގައިވެސް އަމާން ތަނެއްބާ؟

ބެލްފާސްޓްގެ 'ސުލްހައިގެ ފާރުތައް' ކައިރީގައި ހުންނައިރު، ބޮޑު ސުވާލެއް އުފެދެ އެވެ. ސުލްހައިގެ މަސައްކަތް ކާމިޔާބުވިނަމަ، އަދިވެސް ކެތަލިކް އަދި ޕްރޮޓެސްޓަންޓް އަވަށްތައް ވަކިކުރުމަށް ބޮޑެތި ފާރުތައް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ މި އެއްބަސްވުމަށް ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، ބައެއް ފާރުތައް އަދިވެސް އެބަހުއްޓެވެ. އަދި ސިޔާސީ ކުރެހުންތަކާއި، ދިދަތަކާއި، ހަނދާނީ ބިނާތަކުން އެއީ ކޮން ބައެއްގެ އަވަށްތަކެއްކަން ވަރަށް ސާފުކޮށް އެނގެން ހުރެ އެވެ.

ބެލްފާސްޓްގެ މަގުމަތީ ހޮޅިދަނޑިއެއްގައި ހަރުކޮށްފައި ހުރި ސްޓިކަރއެއް. ބެލްފާސްޓްގެ އެކި ސަހަރައްދުތަކުގައި މިފަދަ ސްޓިކަރތައް ހަރުކޮށްފައިވޭ.
ބެލްފާސްޓްގެ މަގުމަތީ ހޮޅިދަނޑިއެއްގައި ހަރުކޮށްފައި ހުރި ސްޓިކަރއެއް. ބެލްފާސްޓްގެ އެކި ސަހަރައްދުތަކުގައި މިފަދަ ސްޓިކަރތައް ހަރުކޮށްފައިވޭ.

ނަމަވެސް، މިއީ ސުލްހައިގެ މަސައްކަތް ނާކާމިޔާބުވީކަމުގެ ދަލީލެއް ނޫނެވެ. މިއަދުގެ ބެލްފާސްޓަކީ ކުރީގެ ނުރައްކާތެރި ދުވަސްވަރާ އަޅާބަލާއިރު ވަރަށް ތަފާތު ތަނެކެވެ. ބޮޑެތި ހަނގުރާމަވެރި ހަރަކާތްތައް ވަނީ ހުއްޓިފަ އެވެ. އިނގިރޭސި ސިފައިން މިހާރު މަގުތަކުގައި ފޯރިމަރާކަށް ނުތިބެ އެވެ. ދުސްތޫރީ ހިޔާލުތަފާތުވުންތައް މިހާރު ކުރިއަށްދަނީ ހަމައެކަނި ސިޔާސީ އޮނިގަނޑުގެ ތެރެއިންނެވެ. ބައެއް ހަނގުރާމަވެރި ޖަމާއަތްތައް މުޅިން ނެތިގެން ނުދިޔަ ކަމުގައިވިޔަސް، އަދި ދޭތެރެއަކުން ހަމަނުޖެހުން ހިނގި ކަމުގައިވިޔަސް، މިއީ ކުރީގެ ހަނގުރާމައާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

އަޅުގަނޑު ޓެކްސީއެއްގައި ކުރި ދަތުރުން މި ބަދަލު ވަރަށް ސާދާކޮށް ފެނުނެވެ. ޒިޔާރަތްކުރި މީހެއްގެ ގޮތުގައި، އަޅުގަނޑަށް އެކި އަވަށްތަކަށް ދެވި، ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅުންހުރި މީހުންގެ ކުރެހުންތައް ބަލައި، ހަނގުރާމައާ ގުޅޭ ސުވާލުތައް ފާޅުގައި ކުރެވުނެވެ. ކުރިން ނުރައްކާތެރި ތަންތަނުގެ ގޮތުގައި ބެލެވުނު ސަރަހައްދުތަކަކީ މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ މަގުތަކެވެ. މި އާދައިގެ ހާލަތަކީ ކުޑަ ބަދަލެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.

ޓެކްސީ ދަތުރުން ދަސްވި ފިލާވަޅުތައް

އެންމެ ދުވަހެއްގެ ޓެކްސީ ދަތުރަކުން ނޮދަން އަޔަލޭންޑްގެ މުޅި ތާރީހު ދަސްވެއްޖެ ކަމަކަށް އަޅުގަނޑު ދައުވާއެއް ނުކުރަމެވެ. ކޮން ޖަމާއަތަކީ ކޮން ފަޅިއެއްގެ ބައެއްކަން، އަދި ކޮން ސިޔާސީ ޕާޓީއަކީ ކޮން ވިސްނުމެއްގެ ބައެއްކަން، ނުވަތަ އެއް ހާދިސާ އަނެއް ހާދިސާއާ ގުޅެނީ ކިހިނެއްކަން ދެނެގަންނަން ދަތިވެގެން އުޅެންޖެހުނީ މަދެއްކޮށެއް ނޫނެވެ. އެކި އަވަށްތަކުގެ މެދުގައި ދަތުރުކުރަމުން، ފާރުތަކުގައި ހުރި ކުރެހުންތަކަށް ބަލަމުން އެހައި ގިނަ މައުލޫމާތު އެއްފަހަރާ އޮޅުންފިލުވުމަކީ ފަސޭހަ ކަމަކަށް ވެސް ނުވި އެވެ.

ނަމަވެސް، އެ ދަތުރުން އަޅުގަނޑަށް ލިބުނީ މިއަށްވުރެ އަސާސީ، އެކަމަކު މާ މުހިންމު ފްރޭމްވޯކެއް ނުވަތަ ވިސްނުމުގެ އޮނިގަނޑެކެވެ. މި ހަމަނުޖެހުމަކީ އަސްލު ކެތަލިކުންނާއި ޕްރޮޓެސްޓަންޓުންނާ ދެމެދު އޮތް ދީނީ ހަނގުރާމައެއް ނޫންކަމާއި މިއީ އެއް ބިމެއްގައި ދިރިއުޅޭ، ނަމަވެސް މިނިވަންކަމާއި ނިސްބަތްވާ ގައުމާ މެދު ތަފާތު ދެ ވިސްނުމެއް ގެންގުޅޭ ދެ ގައުމީ ޖަމާއަތެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްކަން ދެނެގަތުމަކީ ފުރަތަމަ ފިޔަވަޅެވެ. 'ޔޫނިއަނިސްޓުން' ނޮދަން އަޔަލޭންޑް ދެކުނީ އެމީހުންގެ އިނގިރޭސި ވަތަނުގެ ބައެއްގެ ގޮތުގަ އެވެ. 'ނޭޝަނަލިސްޓުން' އެ ބިން ދެކުނީ އަޔަލޭންޑްގެ ބައެއްގެ ގޮތުގަ އެވެ. ތާރީހީ ގޮތުން ކުރެވުނު ތަފާތުކުރުންތަކާއި، ސިޔާސީ ހަމަހަމަކަން ގެއްލުމާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަނިޔާވެރިކަމުގެ ސަބަބުން، ދުސްތޫރީ އެ ހިޔާލުތަފާތުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވީ އެވެ.

މިކަން ވިސްނުމުން، ފާރުތަކުގައި އެހުރި ކުރެހުންތަކުގެ މާނަ ވެސް މާ ބޮޑަށް ސާފުވި އެވެ. ދިދަތަކާއި ސުލްހައިގެ ފާރުގައި ހުރި ކުރެހުންތަކާއި މެސެޖުތަކަކީ ހަމައެކަނި ހަތިޔާރު ބެހެއްޓުމުން ފިލައިގެންދާނެ އެއްޗެއް ނޫނެވެ. އެ ކުރެހުން ތަކުން ދޭ ސާފު މެސެޖަކީ، މިގައުމުގައި މިތިބީ ދެބަސްވުމަށް އެއްބަސްވެގެން ތިބި ސުލްހަވެރި ރައްޔިތެއް ކަމެވެ.

އަޅުގަނޑުގެ ޑްރައިވަރު "ދަ ޓްރަބަލްސް" (The Troubles) އޭ ކިޔުމަށް ނުރުހުންވި ސަބަބުވެސް އޭގެ ފަހުން އަޅުގަނޑަށް ވިސްނުނެވެ. ބޭރުން ބަލާ މީހަކަށް އެއީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ސުލްހައިގެ އެއްބަސްވުމާ ހަމައަށް ހިނގި ތާރީހީ ދުވަސްވަރަކަށް ކިޔާ ނަމެކެވެ. ނަމަވެސް އެ ދުވަސްވަރު ދިރިއުޅުނު މީހުންނަށް އެއީ ހަމައެކަނި ތާރީހެއް ނޫނެވެ. ބޮން ގޮއްވުމާއި، ބަޑިޖެހުމާއި، ހުރިހައި މަރުތަކެއް ހިނގީ އެމީހުން ދިރިއުޅޭ މަގުތަކުގަ އެވެ. އަދި އެކަމުގެ އަސަރު އެމީހުންގެ އާއިލާތަކަށާއި މުޖުތަމައުއަށް ކޮށްފައިވާއިރު، އެ ހަނދާންތައް އަދިވެސް ހުރީ ވަރަށް ތާޒާކޮށެވެ.

ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު މަންޒަރެއް
ބެލްފާސްޓުގެ ޕޮލިޓިކަލް ޓެކްސީ ޓުއަރގެ ތެރެއިން ފާހަކޮށްލެވުނު މަންޒަރެއް

ބެލްފާސްޓުން އަޅުގަނޑަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސުލްހަވެރިކަމަކީ އެންމެން އެއް ކަމަކަށް އެއްބަސްވުމަށް ކިޔާ ނަމެއް ނޫންކަމެވެ. ގުޑް ފްރައިޑޭ އެގްރީމަންޓުން ސުލްހަ ގާއިމުކުރީ އެންމެން އެއްގަލަކަށް އަރުވައިގެނެއް ނޫނެވެ. ޔޫނިއަނިސްޓުން އަދިވެސް ތިބީ އިނގިރޭސިންގެ ގޮތުގަ އެވެ. އަދި ނޭޝަނަލިސްޓުން އެކުވެފައިވާ އަޔަލޭންޑެއްގެ އުންމީދު ދޫކޮށެއް ވެސް ނުލަ އެވެ. އޭގެ ބަދަލުގައި، މި އެއްބަސްވުމުން އުފެއްދީ މި ދެ ވިސްނުމަށްވެސް ގާނޫނީ ހައިސިއްޔަތެއްގެ ތެރެއިން ދެމިއޮތުމުގެ ނިޒާމެކެވެ. އަދި އެންމެ ފަހުގެ ނިންމުން ދިމިގްރާތީ ރުހުމަށް ދޫކޮށްލީ އެވެ.

ނޮދަން އަޔަލޭންޑަކީ މިއަދު ހަގީގަތުގައިވެސް އަމާން ތަނެއްތޯ ކުރެވޭ ސުވާލުގެ އެންމެ ރަނގަޅު ޖަވާބަކީވެސް މިއީ ކަމަށް ވެދާނެ އެވެ. އެއީ އަމާން ތަނެކެވެ. ނަމަވެސް އެންމެންގެ މެދުގައި ފުރިހަމަ ސުލްހަވެރިކަމެއް އަދި ނެތެވެ. ސިޔާސީ ހިޔާލުތަފާތުވުން އެބައޮތެވެ. އަމިއްލަވަންތަކަން ވެސް އެބައޮތެވެ. އަސާސީ ގޮތުން ބަދަލުވީ އެ ހިޔާލުތަފާތުވުން ފާޅުކުރާ ގޮތެވެ. ބެލްފާސްޓުން އެ ދައްކުވައި ދެނީ އަމިއްލަ ވިސްނުމެއް ގެންގުޅުމަކީ އިންސާނާގެ ތަބީއަތާ ވަކިނުކުރެވޭނޭ ސިފައެއް ކަމާއި، ހަގީގީ ސުލްހަވެރިކަމަކީ އިންސާނީ އެ ފިތުރަތު ބަލައިގަނެ، އެ މައްޗަށް ރުހުން ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

ނޫސްވެރިންނަށް ދޮރު ބަންދުކުރީ މުއިއްޒުގެ ނާގާބިލުކަން ފޮރުވަން

ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، މީޑިއާތައް ކޮންޓްރޯލްކުރުމަށް ގާނޫނުތަކަށް ބަދަލުތައް ގެންނަމުންދާކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ދޭ އިސްތިހާރުތައް ހުއްޓާލުމާއި، މީޑިއާ ކޮމިޝަން މެދުވެރިކޮށް ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވުމަކީ ވެރިކަމުގެ ނާގާބިލުކަމާއި ހުދުމުހުތާރުކަން ހާމަވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ ހައްގު ދެނެގަތުން

މި ލިޔުމަކީ ދައުލަތުގެ އިދާރާއަކުން ގަވާއިދާ ހިލާފަށް ނިންމި ނިންމުމަކާ ގުޅިގެން، އެކަމުގެ ގާނޫނީ ބާރުވެރިކަމާ މެދު ސިޔާސީ ލީޑަރަކާ ކުރެވުނު ބަހުސެއްގެ މައްޗަށް ބިނާވެފައިވާ ލިޔުމެކެވެ. މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގާނޫނުގައި މަނާކޮށްފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަމުގެ ފަލްސަފާއާ މެދުގަ އެވެ.

ރާއްޖެއިން ފެންނަންވީ އިސްލާމްދީނެވެ. އިސްލާމީ ބޯޑުތަކެއް ނޫނެވެ.

އިސްލާމްވިތާ ނުވަސަތޭކަ އެތައް އަހަރެއް ވެފައިވާކަމަށް ބުނާ ދިވެހިރާއްޖެއިން ފެންނަންވީ އިސްލާމީ ބޯޑުތަކެއް ނޫނެވެ. އިސްލާމްދީނެވެ. އެދީން ގެނެސްދިން ފުރިހަމަ މަންހަޖެވެ. އެކަން އެހެންވީމާ އެނގޭނެ އެވެ. މީހުންގެ ޝަކުވާ ހުއްޓޭނެ އެވެ. އެންމެންގެ މޫނުމަތީން އުފާވެރިކަން ފެންނާނެ އެވެ.

Newsletter

Get the latest news delivered straight to your inbox