އެމެރިކާގެ "މާލީ ހަމަލާ" އާއެކު އިރާނާއެކު އޮތް ވިޔަފާރި ދިފާއުކުރަން ޗައިނާއިން ތެދުވެއްޖެ

Aug 26, 2026, 6:30 AM
ހޮރްމުޒް ކަނޑުއޮޅީގައި އޮތް ގޭސް ޓޭންކަރެއް. -- ފޮޓޯ: އޭއެފްޕީ

ހޮރްމުޒް ކަނޑުއޮޅީގައި އޮތް ގޭސް ޓޭންކަރެއް. -- ފޮޓޯ: އޭއެފްޕީ

އިރާނާއި އެ ގައުމުގެ ވިޔަފާރީގެ ބައިވެރިންނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރަން އެމެރިކާއިން ނިންމުމާ ގުޅިގެން، ޗައިނާގެ މަސްލަހަތު ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފި އެވެ. 

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، އެމެރިކާއިން އަޅަމުންދާ "ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ" ޗައިނާއިން ދެކޮޅު ހަދާ ކަމަށެވެ. އަދި ޗައިނާގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ "ހުރިހާ ފިޔަވަޅެއް" އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތައް ޗައިނާއިން ދައްކާފައި މިވަނީ، އިރާނާއެކު މާލީ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމެއް އެކަހެރި ކުރާނެ ކަމުގެ އިންޒާރު ދެއްވައި، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިދިޔަ ހޯމަ ދުވަހު އާ ފިޔަވަޅުތަކެއް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

Advertisement

އިރާނުގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ދަށްވެފައިވީ ނަމަވެސް، ޗައިނާއަކީ އަދިވެސް އިރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ.

ލިން ޖިއާން ވިދާޅުވި ގޮތުގައި ޗައިނާ އާއި އިރާނާ ދެމެދު އޮންނަ އެއްބާރުލުމަކީ އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން ހިންގާ މުއާމަލާތްތަކެކެވެ. އެހެންކަމުން އެ ގުޅުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެސެންޓް ވަނީ މި ފިޔަވަޅުތަކަކީ އިރާނާ ދެކޮޅަށް މިހާތަނަށް ހިންގާ "އެންމެ ވަރުގަދަ މާލީ ހަމަލާ" ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިރާނާއެކު އޮންނަ ގުޅުންތައް ކަނޑާލުމަށް އިންކާރުކުރާ ބޭންކުތަކާއި ވިޔަފާރިތަކުން ވެސް، އިރާނަށް ކުރިމަތިވާ އެކަހެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ވަކި ގައުމުތަކެއްގެ ނަން ފާހަގަކުރެއްވުމުގެ ބަދަލުގައި ބެސެންޓް ވިދާޅުވީ، އިރާނުގެ ސަރުކާރާއެކު ބާއްވާ މުއާމަލާތްތައް ހުއްޓާލުމަށް އެދިވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ލީޑަރުންނަށް ފޯނުން ގުޅުއްވާނެ ކަމަށެވެ.

އެހެން ނަމަވެސް، ޗައިނާގެ ބޭންކުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

މި އިއުލާންތައް އައިސްފައި މިވަނީ، އަންނަ މަހު ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ދުނިޔޭގެ "ރެއާ އާތު" ނުވަތަ މަދުން ނޫނީ ނުފެންނަ މައުދަނުތަކާއި، ހައި-ޓެކް އުފެއްދުންތަކަށް ބޭނުންވާ މުހިންމު މައުދަނުތަކުގެ ބޮޑު ބައެއް ޗައިނާއިން ސަޕްލައި ކުރާތީ، އެ ގައުމުން ރައްދުގައި އަޅާނެ ފިޔަވަޅަކަށް ވޮޝިންޓަނުން ސަމާލުވާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން އެމެރިކާއާއެކު ކުރެވުނު ވިޔަފާރީގެ މަޝްވަރާތަކުގެ ތެރެއިން ވެސް، ޗައިނާއިން ވަނީ މިފަދަ މައުދަނުތައް ބޭރުކުރުން ކޮންޓްރޯލްކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox