އިރާގުން އެމެރިކާ ސިފައިން ފައިބައިފި

Sep 30, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިރާގުގައި އެމެރިކާ ސިފައިން ތިބި އެންމެ ފަހު އަސްކަރީ މަރުކަޒުތަކުން ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ފައުޖުތައް ބޭލުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިހި އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި އެމެރިކާގެ 4،500 ސިފައިން މަރުވި އިރާގުން އެމެރިކާ ސިފައިން ފޭބުމަކީ، އެ ގައުމުގައި މިހާރު ބޮޑު ނުފޫޒެއް އޮތް އީރާނާއި އީރާނަށް ތާއީދުކުރާ ފަރާތްތަކުން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

އިރާގުގެ ސަލާމަތީ މާހިރުން ވިދާޅުވާ ގޮތުގައި، 2024 ވަނަ އަހަރު ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި އެއްބަސްވެ، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތަންފީޒުކުރަމުންދާ މި ނިންމުމުގެ ސަބަބުން، އީރާނާއި އެ ގައުމަށް ތާއީދުކުރާ ފަރާތްތަކަށް އިރާގުގެ ތެރޭގައި އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން، އެމެރިކާގެ ދުޝްމަނުން ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތަކުން އަލުން ބާރުވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް މާހިރުން އިންޒާރު ދެއެވެ.

Advertisement

އީރާނަށް ތާއީދުކުރާ ޝިއައީ ހަތިޔާރުއެޅި ޖަމާއަތްތަކާ ބެހޭ ދިރާސާތައް ކުރައްވާ އިރާގުގެ ސަލާމަތީ މާހިރު ޖާސިމް އަލް ބަހާދްލީ ވިދާޅުވީ، އިއްތިހާދުގެ ފައުޖުތައް އިރާގުން ފޭބުމަކީ އީރާނަށް ލިބޭނެ ސްޓްރެޓީޖިކް ކުރިއެރުމެއް ކަމަށެވެ. ސަބަބަކީ އިރާގުގައި އީރާނުން ފަތުރަމުންދިޔަ ނުފޫޒު ހުއްޓުވުމަށް އެތައް އަހަރެއް ވަންދެން އޮތް އެމެރިކާގެ އަސްކަރީ ބާރު އެ ގައުމުން ނެތިގެންދާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ލަފާކުރެއްވި ގޮތުގައި، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން އެމެރިކާ ސިފައިން ފޭބުން ސިފަކުރާނީ އެ މީހުންގެ ހަރަކާތަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި އެ ކާމިޔާބީގެ ބޭނުން ހިފައި، އިރާގުގެ ސަލާމަތީ ކަންކަމާއި ސިޔާސީ ނިންމުންތަކުގެ މައްޗަށް އޮތް ނުފޫޒު އިތުރަށް ވަރުގަދަކުރުމަށް އެ ޖަމާއަތްތަކުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ މަދަދުލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ "އިސްލާމިކް ރެސިސްޓެންސް އިން އިރާގު" ގެ ކޮމާންޑަރެއް ކަމަށްވާ އަބޫ މުޖްތަބާ އަލް ޔާސިރީ، އެމެރިކާ ސިފައިން ފޭބުން ސިފަކުރެއްވީ އިރާގުގެ އިސްލާމީ ޖަމާއަތްތަކަށާއި އިރާގުގެ އަބުރުވެރި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި މިއީ އެމެރިކާގެ މަޝްރޫއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އޭނާ ބުނީ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ފާހަގަކުރާނީ އިރާގުގެ ތާރީޚުން ކަޅު ސަފުހާއެއް ނިމިގެންދާ ދުވަސް ކަމަށާއި، އެއީ އިރާގުގެ މައްޗަށް ބާރު ފޯރުވުމަށް ބޭރުގެ އިސްތިއުމާރީ ބާރުތަކުން ކުރި މަސައްކަތް ނާކާމިޔާބުވި ދުވަސް ކަމަށެވެ. އަދި އިރާގުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ ބޭރުގެ ފައުޖުތަކަށް ނޫން ކަމަށާއި، އެކަން ކުރެވޭނީ ގައުމުގެ ރައްޔިތުންގެ އަޒުމާއި މުގާވަމާގެ ސަބަބުންކަން އިރާގުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox