އޮސްޓްރޭލިއާ
115 ލިޔުން
ފަހުގެ
ލުއިއަދަދުއޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ
އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.
ދުނިޔެޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ
ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
