ކުޑަކުދިންގެ 7.5 ލައްކައަށް ވުރެ ގިނަ އެކައުންޓް މެޓާއިން އުވާލައިފި

Aug 14, 2026, 8:32 AM
ކުދިން ރައްކާތެރިކުރުމަށް ސޯޝަލް މީޑިއާ މަނާކުރުން

ކުދިން ރައްކާތެރިކުރުމަށް ސޯޝަލް މީޑިއާ މަނާކުރުން

އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، އެ އުމުރުފުރައިގެ ކުދިންގެ ކަމަށް ޝައްކުކުރެވޭ 750،000 އަށް ވުރެ ގިނަ އެކައުންޓް، ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި، މެޓާއިން އުވާލައިފި އެވެ.

އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ މަނާކުރި ގާނޫނަށް އަމަލުކުރަން ފެށި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، އިންސްޓަގްރާމުން ޝައްކުކުރެވޭ 462،000 އެކައުންޓް އަދި ފޭސްބުކުން 294،000 އެކައުންޓް މެޓާއިން ވަނީ އުވާލާފަ އެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން އުވާލި ކަމަށް ބުނާ އިންސްޓަގްރާމްގެ 331،000 އެކައުންޓާއި ފޭސްބުކްގެ 173،000 އެކައުންޓާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުނިން ބުނާ ގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަނީ އެ ގާނޫނަށް ފުރިހަމައަށް ބޯލެނބުމަށެވެ. ނަމަވެސް، މެޓާ އާއި އެހެނިހެން ޕްލެޓްފޯމްތަކުން ވަނީ މީގެ ކުރިން މި ގާނޫނާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފަ އެވެ. މެޓާގެ މި ބަޔާން އައިސްފައި މިވަނީ، ގާނޫނަށް އަމަލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ބުނެ، މެޓާގެ ބައެއް ޕްލެޓްފޯމްތައް ހިމެނޭހެން އެކި ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރުމަށް އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ.

މެޓާއިން ހާމަކުރި ފަދަ ތަފާސްހިސާބުތަކެއް އެހެން އެއްވެސް ޕްލެޓްފޯމަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް، އޮސްޓްރޭލިއާ ސަރުކާރުގެ ހިސާބުތަކާއި މިނިވަން ދިރާސާތަކުން ދައްކާ ގޮތުގައި، މި މަނާކުރުން ތަންފީޒުކުރަން ފެށި ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވެސް، އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ ކުދިން ދިޔައީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ.

ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އޮސްޓްރޭލިއާ ސަރުކާރުން މި ތާރީހީ ގާނޫނު ހުށަހަޅައި ތަންފީޒުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ އުމުރުގެ ހުރަސްތައް ކުރިމަތިކުރުމަށް ވިސްނަމުންދާއިރު، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ގަސްދުގައި މި ގާނޫނު ނާކާމިޔާބު ކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދޭ އެންމެ ބޮޑު އަދަބު 99 މިލިއަން އޮސްޓްރޭލިއާ ޑޮލަރަށް (69.75 މިލިއަން އެމެރިކާ ޑޮލަރު) އިތުރުކޮށް، ކުންފުނިތަކުގެ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ބާރު ރެގިއުލޭޓަރުންނަށް ދިނުމަށް އާ ގާނޫނެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox