ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރު ފުރަތަމަ ފަހަރަށް ގަދަ 16 އަށް

Jul 4, 2026, 1:55 AM
މިސްރު ކުޅުންތެރިން އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުަރަނީ.

މިސްރު ކުޅުންތެރިން އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުަރަނީ.

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ފީފާ ވޯޅްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ދަތުރުކޮށްފި އެވެ. 

މެޗުގެ ފުރިހަަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި މިސްރު މޮޅުވީ 4-2 އިންނެވެ. މިއީ، ވޯލްޑް ކަޕްގެ ނޮކައުޓް މެެޗެއްގައި އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި މިސްރުން ކުޅުުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗުން ވެސް އެ ޓީމުން ވަނީ މޮޅުވެފަ އެވެ. 

މިސްރުން ރަނގަޅު ފޯމެއްގައި ފެށި މި މެޗުގައި 13 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ކަރެމް ހަފޭޒް ދިން އޭރިއާތެރެއަށް ނެގި ހުރަހަކުން އިމާމް އަޝޫރު ބޮލުން ޖެހި ލަނޑެކެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އަޝޫރުގެ ދެ ވަަނަ ލަނޑުގެ އިތުރުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ 250 ވަނަަ ގޯލެެވެ. 

ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލި މިސްރަށް ދެ ވަަަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ވަންދެން ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. އެއީ، ދެ ވަނަ ހާފު ފަށައިގެން، 10 މިނިޓް ތެރޭ މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ގޯލުން އޮސްޓްރޭލިއާ އިން ނަތީޖާ ހަމަހަމަ ކުރި އެެވެ.  މިއީ، އޮސްޓްރޭލިއާގެ ހިލޭޖެހުމެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ގޯލެކެވެ. 

އޭގެ ފަަހުން، ނަތީޖާ ނެރެން ދެ ވަނަ ހާފުގެ ބާކީ ބަޔާއި އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. 

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، އޮސްޓްރޭލިއާ އަށް ހަތަރު ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ. ފުރަތަމަ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން، ހެރީ ސޯޓާ އަތުން ބޭކާރުވިއިރު، ހަަތަރު ވަނަ ޕެނަލްޓީ، ލޫކަސް ހެރިންޓަން ފޮނުވާލުމުން އަމާޒުވީ ހުރަސްދަނޑިއަށެވެ. އޮސްޓްރޭލިއާ އިން ޕެނަލްޓީ ކާމިޔާބުކުރީ، ޖެކްސަން އާވިން އާއި އަންވަރު މަބީލް އެވެ. 

މިސްރުން މެޗުން މޮޅުވީ، ހަަތަރު ޕެނަލްޓީ ވެސް ވައްދާލައިގެންނެވެ. އެ ޓީމުން ޕެނަލްޓީތައް ޖެހީ، މަަހުމޫދު ސަބޭރު، ރަމީ ރާބިއާ، މުހައްމަދު ސަލާހު އަދި ހަސަން އަބްދެލްމަގީދު އެވެ.

މި ނަތީޖާއާ އެކު، މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު އޭޝިއާގެ ހުރިހާ ޓީމެއް ކެޓީ އެވެ. 

މި މޮޅާ އެކު، މިސްރުން ގަދަ 16 ބުރުގައި ކުޅޭނީ، ގަދަ 32 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އާއި ކޭޕް ވާޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox