އޮސްޓްރޭލިއާގައި އެއްމާބަނޑު ހަތަރު އަންހެން ކުދިން ވިހައިފި

Jul 21, 2026, 8:30 AM
އޮސްޓްރޭލިއާގައި މި މަހުގެ 14 ވަނަ ދުވަހު ވިހެއި އެއްމާބަނޑު ހަތަރު ކުދިން

އޮސްޓްރޭލިއާގައި މި މަހުގެ 14 ވަނަ ދުވަހު ވިހެއި އެއްމާބަނޑު ހަތަރު ކުދިން

އޮސްޓްރޭލިއާގެ އަންހެނަކު އެއްމާބަނޑު ހަތަރު އަންހެން ކުދިން ވިހައިފި އެވެ.

ޖުލައި 14 ވަނަ ދުވަހު ސީ-ސެކްޝަން ހަދައިގެން މި ހަތަރު ކުދިން ވިއްސާފައި ވަނީ ބަނޑަށް 28 ހަފުތާއާ ހަތަރު ދުވަހުގަ އެވެ. މިއީ އެއް ބިސް ފާޓިލައިޒްވުމަށްފަހު ހަތަރު އެމްބްރިއޯއަށް ބެހިގެން އުފެދިފައިވާ "މޮނޯޒައިގޯޓިކް" ނުވަތަ ގުދުރަތީ ގޮތުން އެއްގޮތް ހަތަރު ކުދިންނެވެ.

އުމުރުން 34 އަހަރުގެ ޖެނިޓާ ނާއާމޯނާ އާއި އޭނާގެ ފިރިމީހާ ޖޯތަމްގެ ކުރިންވެސް ހަތަރު ކުދިން ތިބި އިރު، އެއްފަހަރާ ހަތަރު ކުދިން ލިބެން އުޅޭކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް މާބަނޑު ދުވަސްވަރުގެ ފެށުނީއްސުރެ ޖެނިޓާއަށް ފަރުވާ ދެއްވި މެޓާނަލް ފީޓަލް މެޑިސިންެ ސްޕެޝަލިސްޓް އަދި އޮބްސްޓެޓްރިޝަން، ޑރ. އަލެކްސާ ބެންޑާލް ވިދާޅުވި އެވެ. 

ގުދުރަތީ ގޮތުން އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. 

މި މާބަނޑުވުމަކީ ވަރަށް ނުރައްކާތެރި މާބަނޑުވުމަކަށް ވާތީ، 25 ހަފުތާގައި ޖެނިޓާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، މޮނިޓަރު ކުރަން ފަށާފަ އެވެ.

އެއްމާބަނޑު ހަތަރު ކުދިން މިވަގުތު ތިބީ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައެވެ. އަދި ކުދިންގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މި ދެމަފިރިންގެ އަނެއް ހަތަރު ކުދިންގެ އުމުރަކީ 1 އަހަރާއި 10 އަހަރާ ދެމެދެވެ. ހަތަރު ނިއުބޯން ކުދިންނާއެކު އާއިލާ ބޮޑުވުމުން، މަދުވެގެން 10 ސީޓުގެ ވޭނެއް ގަތުމަށްޓަކައި ޖެނިޓާ ވަނީ އޮންލައިންކޮށް ފަންޑްރެއިޒިން ކެމްޕޭނެއް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ގިޓަރިސްޓް އެންޑީ ޓޭލާ އުމުރުން 65 އަހަރުގައި މަރުވެއްޖެ

މަޝްހޫރު ޕޮޕް ބޭންޑް "ޑުރަން ޑުރަން" ގެ ގިޓަރިސްޓް އެންޑީ ޓޭލާ، ޕްރޮސްޓޭޓް ކެންސަރު ބަލީގައި އުމުރުން 65 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ އެ ބޭންޑުގެ އެންމެ މަގުބޫލު ގިނަ ލަވަތަކެއް އުފެއްދުމުގައި ބައިވެރިވި، އަދި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އާއިލާގެ ގާތުގައި އަމާންކަމާއެކު އޭނާ މަރުވިއިރު، އޭނާގެ ވަކިވުމަކީ މިއުޒިކީ ދާއިރާއަށާއި އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްސަލަ ނިންމައިފި

ފްރާންސްގެ މޭބިސްކަދުރު ދަނޑުގެ ހިއްސާ ވިއްކާލި މައްސަލައިގައި ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީއާ ދެމެދު ކުރިއަށްދިޔަ ގާނޫނީ ހަނގުރާމަ، ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސް މިހާރު ވަނީ ނިންމާލައިފަ އެވެ. އާއިލާގެ މަސްލަހަތަށްޓަކައި ދެ ފަރާތުން އެކަކު އަނެކަކާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދަން ނިންމާފައިވާއިރު، މީގެ ކުރިން ދެ ތަރިން ވަނީ ވިޔަފާރީގެ މައްސަލަތަކާއި ގެވެށި އަނިޔާގެ ސީリアސް ތުހުމަތުތަކެއް އެކަކު އަނެކަކަށް ކޮށްފަ އެވެ.

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox