ޖުރަސިކް ޕާކް" ގެ ތަރި ސޭމް ނީލް ކުއްލި ގޮތަކަށް މަރުވެއްޖެ

Jul 13, 2026, 8:35 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ޖުރަސިކް ޕާކް" ގައި ޑރ. އެލަން ގްރާންޓްގެ ރޯލުން ފެނިގެންދިޔަ އަދި 50 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ނިއުޒީލެންޑުގެ މަޝްހޫރު އެކްޓަރު ސޭމް ނީލް، އުމުރުން 78 އަހަރުގައި މަރުވެއްޖެ އެވެ.

ނީލްގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިޑްނީގައި އޭނާ މަރުވީ ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް، އޭނާ މަރުވިއިރު ކެންސަރު ބަލިން މުޅިން ރަނގަޅުވެފައި ހުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އާއިލާއިން ފާހަގަކުރި އެވެ. ލޭގެ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު، އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށް ނީލް އިއުލާން ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ނީލް ވަނީ ތަފާތު އެކި ގިންތިތަކުގެ ފިލްމުތަކުގައި މުހިންމު ރޯލުތައް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި 1990 ވަނަ އަހަރުގެ އެކްޝަން ތުރިލާ "ދަ ހަންޓް ފޯ ރެޑް އޮކްޓޯބާ" ގައި ކުޅުނު ރޯލާއި، 1981 ވަނަ އަހަރުގެ "އޯމެން III" ގައި ކުޅުނު ރޯލު ހިމެނެ އެވެ.

Advertisement

މީގެ އިތުރުން، އޭނާ ވަނީ ހިތްދަތި ދިރިއުޅުމެއް ދައްކުވައިދޭ ގިނަ ރޯލުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި އޮސްކާ އެވޯޑް ލިބުނު 1993 ވަނަ އަހަރުގެ ފިލްމު "ދަ ޕިއާނޯ" ގައި ހޮލީ ހަންޓާއާ އެކު އަދި 1988 ވަނަ އަހަރުގެ "އީވިލް އެންޖެލްސް" ގައި މެރީލް ސްޓްރީޕާ އެކު އޭނާ ކުޅުނު ރޯލުތައް ފާހަގަކޮށްލެވެ އެވެ.

އުތުރު އަޔަލެންޑުގެ އޮމާގް ނަމަކަށް ކިޔާ ރަށަކަށް އުފަން ނައިޖަލް ޖޯން ޑާމޮޓް ނީލް، ނިއުޒީލެންޑަށް ބަދަލުވީ އޭނާގެ އުމުރުން ހަތް އަހަރުގަ އެވެ. އެއީ ނިއުޒީލެންޑަށް ނިސްބަތްވާ އޭނާގެ ބައްޕަ އަސްކަރިއްޔާއިން ރިޓަޔާކޮށް، އެނބުރި ގައުމަށް ދާން ބޭނުންވުމުންނެވެ.

އޭނާގެ ނަން "ސޭމް" އަށް ބަދަލުކުރީ އުމުރުން 11 އަހަރުގަ އެވެ. 2023 ވަނަ އަހަރު ނެރުނު އޭނާގެ ހަނދާންތައް ބަޔާންކުރާ ފޮތް "ޑިޑް އައި އެވާ ޓެލް ޔޫ ދިސް؟" ގައި އޭނާ ލިޔެފައިވާ ގޮތުގައި، "ނައިޖަލް"ގެ ނަމުގައި ޕްރައިމަރީ ސްކޫލަކަށް ދިއުމަކީ އޭނާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

އޭނާ ލިޔެފައިވާ ގޮތުގައި "ސޭމް" އަކީ ކިޔަން ފަސޭހަ، ރައްޓެހި ގޮތެއް ހުންނަ، އަދި ފިރިހެންވަންތަ ނަމެކެވެ.

ނީލްއަށް ފިލްމީ ދާއިރާގައި ބޮޑު ކުރިއެރުމެއް ލިބުނީ 1977 ވަނަ އަހަރު ނިއުޒީލެންޑުން އުފެއްދި ކުޑަ ބަޖެޓް ފިލްމު "ސްލީޕިންގް ޑޮގްސް" އިންނެވެ. މި ފިލްމުން ލިބުނު މަގުބޫލުކަމާއެކު، އަވަށްޓެރި އޮސްޓްރޭލިއާގެ ބޮޑު ބަޖެޓް ފިލްމުތަކުން އޭނާއަށް ފުރުސަތުތައް ލިބެން ފެށި އެވެ.

ނީލް ވަނީ ތިން ގޯލްޑަން ގްލޯބް އެވޯޑަށާއި ދެ ޕްރައިމްޓައިމް އެމީ އެވޯޑަށް ނޮމިނޭޓްވެފަ އެވެ. އަދި އޮސްޓްރޭލިއާގެ ޓީވީ އެވޯޑް ތިން ފަހަރު ހޯދާފައިވެ އެވެ.

ފިލްމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދޭ "ނައިޓްހޫޑް" ލަގަބު، އެތައް އަހަރެއް ވަންދެން އިންކާރު ކުރުމަށް ފަހު އޭނާ ގަބޫލުކުރީ 2022 ވަނަ އަހަރު އެވެ. 

ދެ ކައިވެންޏެއްކޮށް، ދެ ކައިވެނި ވެސް ރޫޅިފައިވާ މި އެކްޓަރު، އޭނާގެ ހަޔާތުގެ ފަހު އަހަރުތަކުގެ ބޮޑު ބައެއް ހޭދަކުރީ އޮސްޓްރޭލިއާގަ އެވެ. 

ނީލް މަރުވިއިރު، އޭނާގެ ދެ ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox