ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
318 ލިޔުން
ފަހުގެ
ހަބަރުދެ ބާރުގެ ވެރިންނާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
މި ބަދަލާއެކު ދައުލަތުގެ އިސްވެރިންގެ މުސާރައަށް ބޮޑެތި ކުރިއެރުންތަކެއް އަންނައިރު، ކައުންސިލަރުންނަށް 5000 ރުފިޔާގެ ސާވިސް އެލަވެންސެއް ދޭން ވެސް ވަނީ ނިންމާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލު ގެނައީ ރަސްމާލެ މަޝްރޫއާ މެދު ދައުލަތުގެ ބާރުތަކުގެ ވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފާނެތީ އެކަން ހުއްޓުވުމަށެވެ.
ހަބަރުރައީސް ބަހުސްގައި ބައިވެރިވެވަޑައިގެން ސަރުކާރު ދިފާއުކޮށްފި
މަޖިލީހުގެ ގަވާއިދާ ހިލާފަށް، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަރުކާރުގެ ދިފާއުގައި ބަހުސްގައި ބައިވެރިވެވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އަމަލުކުރެއްވީ ޓެކްސްއަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން އިދިކޮޅު މެންބަރުން ކުރެއްވި ސުވާލުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބަހުސްގައި ބައިވެރިވެ ވަކި ފަރާތަކަށް ޖެހިވަޑައިގެން ވާހަކަދެއްކެވުމަކީ މަނާކަމެކެވެ.
