ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް މުނީރުއާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައްދަލު ކުރައްވައިފި

Sep 24, 2026, 9:32 PM
ޕާކިސްތާނުގެ އާމީ ޗީފް މުނީރު އާއި އަބްދުއްރަހީމް: މުނީރަކީ ޕާކިސްތާނުގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ އެއް ބޭފުޅާ -- ފޮޓޯ: އެކްސް

ޕާކިސްތާނުގެ އާމީ ޗީފް މުނީރު އާއި އަބްދުއްރަހީމް: މުނީރަކީ ޕާކިސްތާނުގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ އެއް ބޭފުޅާ -- ފޮޓޯ: އެކްސް

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އަހުމަދު މުނީރު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް މިއަދު ބައްދަލު ކުރައްވައިފި އެވެ. 

ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން މުނީރަކީ ޗީފް އޮފް އާމީ ސްޓާފް އެވެ. އޭނާ މިހާރު ހުންނެވި ފީލްޑް މާޝަލް ރޭންކަކީ ޕާކިސްތާނުގައި ސިފައިންނަށް ދޭ އެންމެ މަތީ ރޭންކެވެ. 

ޕާކިސްތާނުގެ ސިފައިންގެ ޖެނެރަލް ހެޑްކުއާޓާސްގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ. 

"އެ ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހުރި ކަންކަމުގެ ވާހަކަ ދައްކާފައިވޭ. އަދި ސަރަހައްދީ ސަލާމަތާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފައިވޭ،" ރިޕޯޓުތަކުން ބުނެފައިވެ އެވެ. 

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ. 

އަބްދުއްރަހީމް ޕާކިސްތާނަށް ވަޑައިގަތީ މީގެ ދެ ދުވަސް ކުރިން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 15 މެންބަރުންގެ ވަފުދަކާއެކު އެވެ. މި ދަތުރު ހަމަޖެހިފައި ވަނީ ރައީސް މުހައްމަދު މުއިއްޒު އަންނަ މަހު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕެއިނަކަށްފަހު އެވެ. އަދި ވެރިކަމުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން އިންޑިއާއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް މުއިއްޒު ވަނީ ދެއްވައިފަ އެވެ. ޕާކިސްތާނަކީ އިންޑިއާއާ އެންމެ ވާދަވެރި ގައުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox