މަޖިލިސް ރައީސްގެ މުސާރަ 95،000ރ. އަށް ބޮޑުކޮށް މިނިސްޓަރުންގެ މުސާރައަށް 10،000ރ. އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އޭނާގެ އިތުރުން މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އޭނާގެ އިތުރުން މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ މިނިސްޓަރުންގެ ކާރު އެލަވަންސާއި މަޖިލީހުގެ ރައީސްގެ އެލަވެންސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު، ހަމަދު އަބްދުﷲ އެވެ.

އެ ހުށަހެޅުން ފާސްކުރަން ވޯޓުދެއްވީ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ޕީއެންސީގެ މެންބަރުންނެވެ. އެމްޑީޕީގެ ދެ މެންބަރުން އެ ހުށަހެޅުމަށް ތާއީދެއް ނުކުރައްވަ އެވެ.

Advertisement

"އަޅުގަނޑަކަށް ތައީދެއް ނުކުރެވޭ މި ދަނޑިވަޅުގައި ތި ބަދަލުތައް ގެންނާކަށް، މިހާރު ވިސްނަންޖެހޭނެ ރާއްޖެ މި އޮތް ހާލަތު، ދުނިޔެ މިއޮތް ހާލަތު، އެހެންވީމާ ދައުލަތުގެ ބަޖެޓަށް ހަމަ ތީގެ ސަބަބުން އެތައް ބައިވަރު އިމްޕްލިކޭޝަނެއް އަންނާނެ،" އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

"ދި މުސާރައެއް ނޫން، އެލަވެންސޭ ކިޔާފައި ބޮޑުކުރިޔަސް ފައިސާ ދަނީ ދައުލަތުން. އެހެންވީމާ އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ ތި އެއްވެސް ބަދަލެއް މި ވަގުތު ގެންނާކަށް."

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މިހާރު އޮންނަގޮތުން މުސާރަ އާއި އިނާޔަތްތަކާއެކު ލިބެނީ 73،000ރ. އެވެ. ސަބަބަކީ މަޖިލީހުގެ ރައީސްއަށް ކޮމިޓީތަކުގައި ބައިވެރި ނުވެވޭތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 70 ޕަސެންޓު ކޮމިޓީތަކުގައި ބައިވެރިވާ މެންބަރުންނަށް 10،000ރ. އެލަވެންސެއްގެ ގޮތުގައި ލިބެ އެވެ. އަދި، 75 ޕަސެންޓަށްވުރެ މަތިން ކޮމިޓީތަކަށް ހާޒިރުވެއްޖެ ނަމަ، 20،000ރ. ގެ އެލަވެންސެއް ލިބެ އެވެ.

ކޮމިޓީ އެލަވަންސާއެކު މަޖިލީހުގެ ނައިބުރައީސްއަށް މިހާރު ގަވާއިދު އޮންނަގޮތުން 91،000ރ. ލިބެ އެވެ.

އެހެންކަމުން، މާލިއްޔަތު ކޮމިޓީން ފާސްކުރީ މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސްއެއް ދިނުމަށެވެ. އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ސަރުކާރުގެ މިނިސްޓަރުންނަށް ދޭ ޑްރައިވާސް އެލަވެންސް ވެސް ބޮޑުކުރަން ނިންމައިފަ އެެވެ. ސަރުކާރުގެ މިނިސްޓަރުންނަށް ޑްރައިވާސް އެލަވެންސް ނުހިމަނައި މުސާރަ އާއި އިނާޔަތްތަކާއެކު މިހާރު ލިބެނީ 58،500ރ. އެވެ. ޑްރައިވާސް އެލަވެންސް ހިމެނުމުން މިނިސްޓަރުންނަށް 66،000ރ. ކޮންމެ މަހަކު ލިބެ އެވެ.

ޑްރައިވާސް އެލަވެންސްގެ ތެރޭގައި މިހާރު ހިމެނެނީ ޕެޓްރޯލް އެލަވެންސްގެ ގޮތުގައި ލިބޭ 1000ރ. އާއި ޑްރައިވިން އެލަވެންސްގެ ގޮތުގައި ލިބޭ 6500ރ. އާ އެއްކޮށް ޖުމުލަ 7500ރ. އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފައި ވަނީ  ޕެޓްރޯލް އެލަވެންސްގެ ގޮތުގައި 2000ރ. ޑްރައިވަރުންގެ މުސާރައިގެ ގޮތުގައި 12،000ރ. އަދި ޑްރައިވަރުންގެ ލިވިން އެލަވެންސްގެ ގޮތުގައި 3000ރ. މިނިސްޓަރުންނަށް ދިނުމަށެވެ. އެ ބަދަލާއެކު ސަރުކާރު މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތަކާއެކު 75،500ރ. ލިބޭނެ އެވެ.

މާލިއްޔަތު ކޮމިޓީން ނިންމި މި ނިންމުންތައް ތަޅުމަށް ހުށަހެޅި ބަހުސް ކުރާނެ އެވެ. މި ބަދަލުތައް މަޖިލީހުން ފާސްކުރަންޖެހޭނީ ތަޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox