މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި، ވަޒީރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މަޖިލީހުގެ ރިޔާސަތުގައި: މި ބަދަލުތަކަށް އެކަނި ވެސް އަންނަ އަހަރުގެ ބަޖެޓަށް 39.5 މިލިއަން ރުފިޔާ އިތުރުވާނެ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މަޖިލީހުގެ ރިޔާސަތުގައި: މި ބަދަލުތަކަށް އެކަނި ވެސް އަންނަ އަހަރުގެ ބަޖެޓަށް 39.5 މިލިއަން ރުފިޔާ އިތުރުވާނެ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސަރުކާރުގެ ވަޒީރުން އަދި، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސަރުކާރުގެ ވަޒީރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ތާއީދާއެކު އެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވޯޓުދެއްވީ 12 މެންބަރުންނެވެ.

Advertisement

މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 73،000ރ. އިން 95،000ރ. އަށް އަދި، ވަޒީރުންނަށް ކާރު އެލަވެންެސްގެ ގޮތުގައި ލިބޭ އެލަވެންސް، 7500ރ. އިން 17،500ރ. އަށް  ބޮޑުވާނެ އެވެ. އަދި، މިއަދުން ފެށިގެން އުއްތަމަ ފަނޑިޔާރަށް ލިބޭ މުސާރަ ވެސް 91،000ރ. އިން 95،125ރ. އަށް ބޮޑުވާނެ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ ރައީސުންނާއި ނައިބު ރައީސުން އަދި، ރަށު ކައުންސިލަރުންނަށް ވެސް 5000ރ. ގެ ސާވިސް އެލަވެންސެއް ދޭން ފަށަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަދަލާއެކު ރަށު ކައުންސިލް ރައީސުންގެ މުސާރަ 25،500ރ. އިން 30،500ރ. އަށް، ނައިބު ރައީސުންގެ މުސާރަ 25،000ރ. އަށް އަދި، ކައުންސިލަރުންގެ މުސާރަ 18،000ރ. އިން 23،000ރ. އަށް ބޮޑުވާނެ އެވެ.

މަޖިލީހުން މި ބަދަލުތައް ގެނެސްފައި މި ވަނީ ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ހިޔާލުފާޅުކުރާ މީހުންގެ އަޑު ގަދަވާން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ، މި ބަދަލުތައް ގެނެސްފައި ވަނީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ދައުލަތުގެ ބާރުތަކުގެ ވެރިން ވާހަކަދައްކަވައިފާނެކަމުގެ ބިރަށް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox