ރަސްމާލެ މައްސަލައިގައި ރިފަރެންޑަމަކަށް ދާން ގޮވާލައި ގަރާރު ހުށަހެޅިތާ 20 ދުވަސް، މަޖިލިސް ގަވާއިދާ އެއްގޮތަށް އަމަލެއް ނުކުރި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރިފަރެންޑަމް ގާނޫނުގެ ދަށުން ހުށަހަޅައިފި ނަމަ، މަޖިލީހުގެ ތަޅުމުގައި އެ ގަރާރު އިއުލާނު ކުރުމަށްފަހު، ބަހުސް ކުރުމަކާ ނުލައި ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަންޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރިފަރެންޑަމް ގާނޫނުގެ ދަށުން ހުށަހަޅައިފި ނަމަ، މަޖިލީހުގެ ތަޅުމުގައި އެ ގަރާރު އިއުލާނު ކުރުމަށްފަހު، ބަހުސް ކުރުމަކާ ނުލައި ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަންޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި މަޝްރޫއުއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރާމެދު އަމަލުކުރަން ލާޒިމުކުރާ ގޮތަށް ފަރުވާލެއް ނެތި ބާއްވައިފައި އޮންނަތާ 20 ދުވަސް ފާއިތުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، މަޖިލީހަށް ގަރާރެއް ހުށަހެޅީ މި މަހުގެ 2، ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ގަރާރު މަޖިލީހަށް ލިބުނުކަން މަޖިލީހުގެ ތަޅުމުގައި އިއުލާނު ވެސް ނުކުރެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ.

Advertisement

އެ ގާނޫނާ ގުޅިގެން އަމަލުކުރަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-2 މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

އެ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.

އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެކަން މަޖިލީހުގައި އިއުލާނު ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި އެ ގަރާރު ދިރާސާކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ހަމަ އެ މާއްދާގެ ނ. ގައި ބަޔާންކޮށްފައި އޮވެ އެވެ.

އެފަދަ ގަރާރެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ގޮތް ބަޔާން ކޮށްފައި އޮންނަނީ މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގަ އެވެ. ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ހުށަހަޅާ ގަރާރެއް ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށް އެ މާއްދާގެ ހ. އަދި ށ. ގައި ބަޔާންކޮށްފައި އޮވެ އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައި އޮތް ގޮތަށް އަމަލު ނުކުރާ ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމައެއް ނުކުރެ އެެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި މަޖިލީހަށް ހުށާހަޅައިފައިވާ ގަރާރާމެދު އަމަލުކުރަން އޮންނަ ގޮތަށް އަމަލުނުކޮށް ބާއްވާފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހިމަނައިފައިވާ ރިއަލް އެސްޓޭޓް ބިލު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައި، ބަހުސް ކުރުމަށްފަހު، ދިރާސާކުރަން ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ.

ރަސްމާލެ މަޝްރޫއުއާ ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ އަޑުއުފުލަމުންނެވެ. ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox