މުއިއްޒަށް 2028 ކާމިޔާބުކޮށްދިނުން ފިޔަވައި މުހިންމު ކަމެއް ނެތް: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން މިހާރުން ފެށިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން މިހާރުން ފެށިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ޕީއެންސީ

ރައީސް މުހައްމަދު މުއިއްޒަށް، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ފިޔަވައި މުހިންމު ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުއިއްޒަށް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ހުރިހާ އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިހާރު ކުރައްވަންވީ ކަމަކީ މިރެއިން ފެށިގެން ތިބޭފުޅުން ކަމަރު ބަންނަންވީ 2028 ގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދޭން. އެއަށްވުރެ މުހިންމު ކަމެއް ނެތް. މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއަށްވުރެ މުހިންމު ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

އަބްދުއްރަހީމް ވިދާޅުވީ މުއިއްޒު ފިޔަވައި ދެން ވެރިކަމަށް ކުރިމަތިލައްވަން ތިބީ ހުސް ފެއިލްވެފައި ތިބި ބޭފުޅުން ކަމަށާއި އެމްޑީޕީއަށް ދެފަހަރެއްގެ މަތިން ވެރިކަން ދިނުމުން މުޅި ގައުމު ހަލާކުކޮށްލި ކަމަށެވެ.

ކޮންމެ ރައްޔިތަކީވެސް އެ ރައްޔިތަކަށް ހިތްހަމަޖެހިގެން ރައްކާތެރިކަމާއެކީގައި ނިދާލެވޭނެ ކަމުގެ ޔަގީންކަން އޮތް ރައްޔިތަކަށް ހަދައިދޭންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ފުދުންތެރި ދިރިއުޅުން ހޯދައިދޭން މުއިއްޒު މަސައްކަތް ކުރައްވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން ތިން މަސް ނުވަނީސް ބަނގުރޫޓުވާނެ ކަމަށް ބުނި ނަމަވެސް، މިއަދާ ހިސާބަށް އައިއިރު ހުރިހާ ކަމެއް ދަނީ ރަނގަޅަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމަށްޓަކައި މުއިއްޒަށް ސެލިއުޓް ކުރަންޖެހޭ ކަމަށެވެ.

"ތިން އަހަރަށް ދިޔައިރު ބަނގުރޫޓެއް ނުވޭ. މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތަކެއް ބަރާބަރަށް ލިބޭ. ތަރައްގީގެ މަޝްރޫއުތައް އެބަ ހިނގަމުންދޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ. ފައިސާއެއްޗެއް ޗާޕެއް ނުކުރޭ. އެހެންވީމާ ސެލިއުޓް ކުރަންޖެހެނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް. އެހެންވެގެން 2028 އަޅުގަނޑުމެން ޑރ. މުއިއްޒަށް ކާމިޔާބުކޮށްދޭން ޖެހެނީ."

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް އަސާސީ ގިނަ ހިދުމަތްތައް ރައްޔިތުންނަށް ނުދެވި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓި، މުވައްޒަފުންނަށް މުސާރަ ދިނުމުގައިވެސް ލަސްތަކެއް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން ޑޮލަރުގެ އަގު ނުއުފުލޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިންތިހާއަށް އަގު ވަނީ އުފުލިފައެވެ. އެއާއެކު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުން އެކަމާ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox